ހިމާޔަތް ކުރި ހދ. ކޭލަކުނު: މި ރަށުގެ ފަޅާއި ފަރުތައް ވެސް ވަނީ ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް ކަމަށް ކަނޑައަޅައިފަ -- މިހާރު ފައިލް ފޮޓޯ
25 ޑިސެމްބަރ 2018 - 17:46
ހއ. ބާރަށު ކުޅި އާއި ހދ. ނޭކުރަންދޫ ކުޅި އާއި ހދ. ކޭލަކުނަކީ ހިމާޔަތް ކޮށްފައިވާ ތަންތަނުގެ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ކަނޑައަޅުއްވައިފި އެވެ.
ރައީސް އޮފީހުން ބުނީ ހިމާޔަތް ކޮށްފައިވާ ސަރަހައްދުތައް ކަނޑައަޅާފައި ވަނީ އެންވަޔަރަމަންޓު މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހުށަހެޅުއްވި ކަރުދާސްތަކެއްގެ މައްޗަށް ބިނާކޮށް، ތިމާވެށި ރައްކާތެރި ކުރުމާ ބެހޭ ގާނޫނުގެ ދަށުން ކަމަށެވެ.
ނޭކުރެންދޫ ކުޅީގެ އިތުރުން އެ ރަށު ފަލާއި ޗަސް ބިންތައް ވެސް ވަނީ ހިމާޔަތްކޮށްފަ އެވެ. ބާރަށުގެ ފަލާއި ޗަސްބިންތައް ވެސް ވަނީ ހިމާޔަތްކޮށްފަ އެވެ.
ކޭލަކުނު ހިމާޔަތް ކުރުމުގެ އިތުރުން އެ ރަށުގެ ފަޅާއި ފަރުތައް ވެސް ވަނީ ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކެއްގެ ގޮތުގައި ކަނޑައަޅައިފަ އެވެ.
ރާއްޖޭގެ ކޮންމެ އަތޮޅަކުން މަދުވެގެން އެއް ރަށާއި ފަރަކާއި ކަނޑޫފަލެއް ހިމާޔަތް ކުރުމަކީ ސަރުކާރުގެ ވައުދެކެވެ. ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް ހިމާޔަތް ކުރާނީ ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފެތޭ ގޮތަށް ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޏ ޢަތޮޅު
26 December 2018
ޏ. ޢަތޮޅުން ފުވައްމުލައް ހިމާޔަތް ކުރުމުން ވާނީ ކިހިނެތް
ގާދިރު
26 December 2018
ށ.މިލަންދޫގަވެސްއޮންނާނެކަނޑޫފަލެއްއެތަންވެސްޖެހޭނެކުރަންލ.މާވަށުވެސްކަނޑޫފަލެއް އޮންނާނެ
ހާދާލު
25 December 2018
ހަނިމާދޫ ކުއްޅަވައް ފާ ވެސް ހިމާޔަތް ކުރައްވާ......އެތަނުގެ އަަސްލު މާހައުލު މިހާރުދަނީ ހަލާކު ކުރަމުން.
ހަކީމް
25 December 2018
ވަރަސް އުފާވެރި ހަބަރެއް ... މުޅި ރާއްޖެ ހިމާޔަތް ކުރާދުވަހު އުފަލުން ރޮވޭނެ ... ރާއްޖެ - ރާއްޖެ ގޮތުގަ މާއަގުބޮޑުކޮއް ވިއްކޭނެ. ފަޅު ތަކާ ކުޅިތަށް ހިއްކާ ހަލާކު ކުރާކަށް ނުޖެހޭ .. މިއީ އެތަށް ސަތޭކަ އަހަރުގެ އުފެއްދުމެއް ... މިއީ ނަކަލު ނުކުރެވޭނެ ރައްތަކެއް.
ކުޅުދުއްފުށީ މީހާ
25 December 2018
ކުޅުދުއްފުށި ކުޅި ސަލާމަތްވިނަމައޭ ހިތައްއަރާ..
ގަންހޯ
25 December 2018
ހަބޭސް އީޕީއޭ - ކަމެއް ނުވިޔަސް ތިކަން ކުރާތި! ތިޔޮތީވެފާ