މިދިޔަ އަހަރު އެއްބައިވަންތަކަމުގެ ދުވަސް ފާހަގަ ކުރަން ދުވާފަރުގައި ބޭއްވި ހަރާކާތްތަކުގައި ބައިވެރިވާން ރަށަށް އައި މެހްމާނުންނަށް މަރުހަބާ ކިޔަނީ. ފައިލް ފޮޓޯ
26 ޑިސެމްބަރ 2018 - 00:06
މާދަމާ ފާހަގަކުރާ ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ޖަލްސާ ރ. ދުވާފަރުގައި ބާއްވަން ތައްޔާރުވެއްޖެ އެވެ.
އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައި ޑިސެމްބަރު މަހުގެ 26 ވަނަ ދުވަސް ރާއްޖޭގައި ފާހަގަކުރަން ފެށީ 2004 ވަނަ އަހަރު ރާއްޖެއަށާއި އިންޑިއާ ކަނޑުގެ އެހެން ބައެއް ގައުމުތަކަށް ކުރިމަތިވި ވަރުގަދަ ސުނާމީގައި އެތައް ބަޔަކު ހާޅުގައި ޖެހުނުއިރު ދިވެހިން ދެއްކި އެއްބައިވަންތަކަމުގެ ހަނދާން އާކުރުމަށެވެ. ދުވާފަރަކީ އެ ސްނާމީގައި މުޅިން ވީރާނާވީ ކަނދޮޅުދޫގެ ރައްޔިތުން އާބާދުކޮށްފައިވާ ރަށެެވެ.
ހޯމް މިނިސްޓަރު ޝައިޚް އިމްރާން އަބުުދުﷲ "މިހާރު" އަށް ވިދާޅުވީ އެއްބައިވަންތަކަމުގެ ދުވަސް ރަސްމީކޮށް މިރަށުގައި ފާހަގަ ކުރަން ނިންމީ މިއީ ސުނާމީއާ ގުޅިގެން އަލަށް އާބާދުކުރި ހަމަ އެކަނި ރަށަށް ވާތީ ކަމަށެވެ. މިނިސްޓަރު މިވަގުތު ހުންނެވީ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ދުވާފަރުގައެވެ.
"މިއީ ފުރަތަމަ ފަހަރު މިރަށުގައި މި ދުވަސް ގައުމީ ފެންވަރުގައި ފާހަގަކުރާ. އަޅުގަނޑުމެން މިގޮތަށް ނިންމީ މުޅި ރާއްޖޭން ވެސް ސްނާމީއާ ގުޅިގެން އަލަށް އާބާދުވި ރަށަކީ މިއީ ކަމަށް ވާތީ. އަދި އެ ދުވަހު އެންމެ ބޮޑު ގެއްލުމެއް ލިބި، އެންމެ ހިތްދަތި ތަޖުރިބާއެއް ކުރި އެއް ބަޔަކީ މިރަށުގެ ރައްޔިތުން ކަމަށް ވާތީ،" އިމްރާން ވިދާޅުވި އެވެ.
މާދަމާ ދުވާފަރުގައި ބާއްވާ ރަސްމީ ޖަލްސާގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވެސް ބައިވެރިވަޑައިގަންނަވާނެ އެވެ.
އިންޑޮނީޝިއާގެ ސުމަޓްރާގެ ކައިރިން ބިމުގެ އަޑިއަށް އައި ބިންހެލުމަކާ ގުޅިގެން އުފެދުނު ސުނާމީގައި ކަނދޮޅުދޫން ތިން މީހުން މަރުވި އެވެ. އެ ހާދިސާގައި ރާއްޖޭގެ ގިނަ ރަށްތަކަށް ބޮޑެތި ގެއްލުންތައް ލިބި އެތައް ބަޔަކު މަރުވި އެެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަރޭމިތުރާ
26 December 2018
އެއްބައިވަންތަކަމަކީ ވަކިދުވަހަކަށް އޮންނަ ކަމަކަށް ނުހައްދަވާ! އެއްބައިވަންތަކަން އަބަދައް މިތާ ދެމިއޮތުމަކަށް ވިސްނަވާ!................ މިރާއްޖޭގައި މިހާރު އެއްބައިވަންތަކަމުގެ ސިފަ މުޅީން ގެއްލިއްޖެ! އެހީވުމާއި އެކުވެރިކަން ނެތިގޮސްފި! މިކަންކަން ރަނގަޅުކުރެވޭނީ ސަރުކާރުގެ ދައުރު މިއަށްވުރެ ބޮޑައް މިކަންކަމަށް ނަޒަރުދީގެން.
މަރޭމިތުރާ
26 December 2018
[[އެންމެން ސަލާން ކުރުމީ މިތަނުގެ ސަގާފަތު، އެންމެންގެ ހާލު އެހުމީ ދިވެހިންގެ އާދަތު]].................... ހިތާމައަކީ މިފަދަ އާދަތަކަށްވެސް ބަޔަކު މަލާމާތްކުރަމުން ގެންދާތީ!
އާރީ
26 December 2018
ހުރިހާ ރަށްއިތުން އެއްބައިވެގެން ބިދޭސީން ގެ މަންސަލަ ތައް މިގައުމުން ހައްލު ކޮށް ދިވެހިންނަށް ލިބެންޖެހޭ ހަންގު މިންވަރު ހޯދަށް އަތާ އަތް ގުޅާލަށްވީ.