އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިރާގަށް ވަަޑައިގެން އެމެރިކާ ސިފައިންނާ ބައްދަލު ކުރައްވަނީ. --ފޮޓޯ:އޭއެފްޕީ
27 ޑިސެމްބަރ 2018 - 09:06
ބަޣުދާދު (ޑިސެމްބަރު 27) - އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އަނބިކަނބަލުން މެލަނިއާ ކުއްލި ދަތުރުފުޅެއްގައި އިރާގަށް ވަޑައިގެންފި އެވެ.
މިއީ ވެރިކަމުގައި ދެ އަހަރު ހޭދަކުރެއްވި ޓްރަމްޕް ހަނގުރާމައިގެ ޒޯނެއްގައި ތިބި އެމެރިކާ ސިފައިންނާ ބައްދަލު ކުރައްވަން ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. އިރާގުގެ އަލް އަސަދު ވައިގެ މަރުކަޒަށް ވަޑައިގެން ޓްރަމްޕް ވަނީ އެމެރިކާ ސިފައިންނާއި އަސްކަރީ ލީޑަރުންނާ ބައްދަލު ކުރައްވައިފަ އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިރާގަށް ވަަޑައިގެން އެމެރިކާ ސިފައިންނާ އެކު ސެލްފީ ނަންގަވަނީ. --ފޮޓޯ:އޭއެފްޕީ
ވައިޓް ހައުސް އިން ބުނީ ކުރިން އިއުލާންކޮށްފައި ނުވާ ދަތުރެއްގައި ކްރިސްމަސް ނައިޓްގައި ޓްރަމްޕް އިރާގަށް ވަޑައިގެންނެވީ އެމެރިކާ ސިފައިންނަށް ޝުކުރު އަދާކުރައްވަން ކަމަށެވެ. ޓްރަމްޕް ވިދާޅުވެފައި ވަނީ އިރާގުން އެމެރިކާ ސިފައިން ބޭލުމުގެ ޕްލޭނެއް ނެތް ކަމަށެވެ. ޓްރަމްޕް ދާދި ފަހުން ވަނީ ސީރިއާގައި ތިބޭ އެމެެރިކާ ސިފައިން ބާލަން ނިންމަވައި އަފްޣާނިސްތާނުން 7،000 ސިފައިން އަނބުރާ ގެންދަވަން ނިންމަވައިފަ އެވެ.
މެލަނިއާ ޓްރަމްޕް އިރާގަށް ވަަޑައިގެން އެމެރިކާ ސިފައިންނާ ބައްދަލު ކުރައްވަނީ. --ފޮޓޯ:އޭއެފްޕީ
މެލަނިއާގެ ތަރުޖަމާން ވިދާޅުވެފައި ވަނީ އެއީ އިރާގުގައި ތިބޭ އެމެރިކާގެ ހިތްވަރުގަދަ ސިފައިންނަށް ކްރިސްމަސްގެ ހެޔޮ އެދުންތައް ރައްދުކޮށް އެ މީހުންގެ ގުރުބާނީގެ އަގު ވަޒަންކުރަން ކުރި ދަތުރެއް ކަމަށެވެ.
އިރާގުގައި އެމެރިކާގެ 5،000 ސިފައިން ތިބެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy