މާލޭ ވޯޓަ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ މެނޭޖިން ޑިރެކްޓަ އާދަމް އާޒިމް
27 ޑިސެމްބަރ 2018 - 15:43
ސަރުކާރު ހިއްސާވާ ފެން ކުންފުނި، މާލޭ ވޯޓަ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އޮތީ "ހަލާކުވެފައިވާ އިންޖީނެއް ކަނޑަށް އެއްލާލާފައި އޮއްވާ އަލުން ނަގައިގެން ހެދުން" ފަދަ ހާލަތެއް ކަމަށް އެ ކުންފުނީގެ އާ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.
"މިހާރު" އަށް ދެއްވި ހާއްސަ އިންޓަވިއުގައި އާޒިމް މިއަދު ވިދާޅުވީ، ކުންފުނީގެ މާލީ ހާލަތު އޮތީ ވަރަށް ޗެލެންޖިން ހިސާބެއްގައި ކަމަށާއި މިފާއިތުވެދިޔަ އަހަރުތަކުގައި ކުންފުނި ހިންގާފައިވަނީ އެންމެ ރަނގަޅަށް ނޫން ކަމަށެވެ. އަދި ކުންފުނިން އިންވެސްޓްކޮށްފައިވަނީ ކުންފުންޏަށް ފައިދާވާނެ ގޮތްތަކަށް ބަލައިގެން ނޫން ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އާޒިމް ވިދާޅުވީ، ކުންފުނީގެ މާލީ ހާލަތު އޮތީ ވަރަށް ދަށު ދަރަޖައެއްގައި ކަމަށާއި އެ ކުންފުނީގެ ގިނަ ސަޕްލަޔަރުންނަށް ފައިސާ ނުދެއްކިވާ ކަމަށެވެ. މިހާރު ކުންފުނިން ކުރަނީ ކޮންމެހެން ކުރަންޖެހޭ ހަރަދުތައް ކަމަށާއި ކުންފުނީގެ މާލީ ހާލަތު ރަނގަޅު ކުރުމަށްޓަކައި ފައިނޭޝިއަލް ޓީމާ އެކު މަސައްކަތްތައް ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ފަހަތަށް ޖައްސަން ޖެހޭ ކަންކަން ފަހަތަށް ޖައްސާފައި. ކޮންމެހެން މިއަދު ކުރަންޖެހޭ ކަންކަން ނޫން އިތުރު އެއްވެސް ކަމެއް މިވަގުތު، ނުކުރަން. ހަރަދު ކުރަނީ ކޮންމެހެން މަޖުބޫރު ވެގެން ކުރަންޖެހޭ ކަންކަމަށް،" އޭނާ ވިދާޅުވި އެވެ.
އާޒިމް ވިދާޅުވީ، މަސައްކަތް ކުރަނީ ބޭންކުތަކާ ވާހަކަދައްކައިގެން، ފައިސާ ދެއްކުމުގެ ކަންކަން ރަނގަޅު އުސޫލެއްގެ ތެރެއިން ކުރިއަށް ގެންދިޔުން ކަމަށެވެ. ކޮންމެ ދުވަހެއްގެ އޮޕަރޭޝަންތަކާ ގުޅޭ ހަރަދުތަކަކީ ކޮންމެހެން މަޖުބޫރު ކަމެއް ކަމަށާއި ހޯދާފައިވާ ހިދުމަތްތަކަށް ފައިސާ ދެއްކުމަކީ ވެސް ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. މިހުރިހާ ކަމެއް އެއް ވެގެންދާ އިރު، ކުންފުނީގައި ފައިސާ ނެތުމުން ވަރަށް ބޮޑަށް އުނދަގޫތަކާ ކުރިމަތިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އާޒިމް ވިދާޅުވީ، ކޭޝްފްލޯ އެހާ ގޯސްވެފައިވަނީ ލިބޭ އެއްޗަކަށް ވިސްނާ ނުލާ، ކުންފުނިން ހަރަދުތައް ކުރުމުން ކަމަށެވެ.
"ބައެއް ކަންކަމަކީ ކޮންމެހެން މިވަގުތަށް ނުކުރިޔަސް، ފަހުން ވެސް ކުރެވިދާނެ ކަންކަން. އެހެން ނަމަވެސް އެއްފަހަރާ ހުރިހާ ކަމެއް ކޮށްފިއްޔާ ކުންފުނީގެ އޮޕަރޭޝަނަށް ބޭނުންވާ ވަރަށް ފައިސާއެއް ނުހުންނާނެ. އަޅުގަނޑުމެން އެންމެ ފުރަތަމަ ކުރަންޖެހޭ ކަމެއް ނޫން މިތަނަށް ބޭނުންވާ އިމާރާތެއް އެޅުން. އެންމެ މުހިއްމީ، ރައްޔިތުން ހަވާލުކޮށްފައިވާ މެންޑޭޓް ފުރިހަމަ ކުރުން،" އޭނާ ވިދާޅުވި އެވެ.
އާޒިމް ވިދާޅުވީ، ފެނުގެ ހިދުމަތަކީ ރައްޔިތުންގެ ކޮންމެ ދުވަހަކާ ގުޅިފައިވާ ހިދުމަތަކަށްވާ އިރު އެ ކުންފުންޏާއި ކަސްޓަމަރުންނާ ވަރަށް ބީރައްޓެހި ކަމަށެވެ. ކަމެއް ދިމާވުމުން ކަސްޓަމަރުންނަށް ކުންފުންޏަށް ގުޅުމަށް ހަދަންޖެހޭ ގޮތް ވެސް ގިނަ ފަހަރަށް ނޭންގޭ ކަމަށާއި އެކަން ބަދަލު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ހަގީގަތުގައި އެމްޑަބްލިއުއެސްސީ އަކީ ރައްޔިތުންނާ އެންމެ ގާތް ކުންފުނި. ރައްޔިތުން އަޅުގަނޑުމެންގެ ހިދުމަތް ނުހޯދާ ދުވަހެއް ނުދާނެ. ރާއްޖޭގެ އާބާދީގެ ދެބައި ކުޅަ އެއްބައި މީހުން ހިދުމަތް ބޭނުން ނުކުރޭ،" އޭނާ ވިދާޅުވި އެވެ.
"ރައްޔިތުންގެ އެކުވެރިޔާ" އަށް އެ ކުންފުނި ހެދުމަކީ އެންމެ ބޮޑު އަމާޒު ކަމަށް އާޒިމް ވިދާޅުވި އެވެ. އާޒިމް ވިދާޅުވީ، ކަސްޓަމަރުންނަށް 24 ގަޑި އިރު ގުޅޭނެ ފަދަ ގޮތް ހެދުމަށް މިހާރަށްވުރެ ރަނގަޅަށް ކޯލް ސެންޓަރެއްގެ ހިދުމަތް ގާއިމް ކުރުމަށް މަސައްކަތް ކުރާ ކަމަށެވެ.
ކުންފުނީގެ ހާލަތު ދެނެގަނެ، ކުންފުނީގެ ތެރެއިން ހިނގާފައިވާ ކަންކަން ދެނެގަތުމަށްޓަކައި އިންޓާނަލް އޮޑިޓެއްގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށާއި އެއަށްފަހުގައި ކުންފުނިން ގޯސްކޮށް ހިނގާފައިވާ ކަންކަން ދެނެގަނެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެމްޑީގެ މަގާމުގައި ހުންނަވައި މަސައްކަތް ކުރައްވާނީ، ކޮންމެ މީހަކަށް ހިދުމަތް ދިން ނަމަވެސް އޭނާއަށް ނުގުޅާ ހިދުމަތް އެންމެ ފުރިހަމައަށް ހޯދޭނެ ފަދަ ނިޒާމެއް ގާއިމް ކުރުމަށް ކަމަށް އާޒިމް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަރުބަލި
29 December 2018
ކޮންމެކަމެއް ކުރުމުގެ ކުރިން ވިސްނުން މުހިންމު މިކުންފުނީގެ ހާލަތު ދިރާާސާ ކޮފައި ނުވާކަން ފާހަގަކުރެވޭ އާޓިކަލް ކިޔާ ލީމާ…..
މަގުފަހި
29 December 2018
މީނާ މިކިޔަން ފެށީ ކީކޭ؟ މިއަށް ވުރެ ބަރުދަން ހިފޭ ވާހަކަ ދަށް ކަވަން ފެނޭ.....
އަހުމަދުބެ
29 December 2018
ހަލާކުވެފަވާނަމަ މިހާރުވެސް މާލޭގަބޭނުންކުރާފެން މިކޮންތާކުންގެންނަ ފެނެއްބާ ކަނޑުގެ ލޮނުގަޑުއެއްގަމައް އަރަނީފެނައްބަދަލުވެގެންތޯ ނޫނީ އާޒިމްޖާދޫހަދަނީތޯ
ނަމަލަ
28 December 2018
ސީދާ ދޮގެއްތީ. މާ ކަންކަން ވާނޭ މީހެއްކަން ދެއްކެން ނޫޅެބަލަ. އިބޫ އައްޔަން ކުރި މީހުން ތެރެއިން މީހަކަށް ކަމެއް ކުރަން ނޭނގިގެން ފެއިލް ވެގެން އިބޫ ބޭޒާރު ވަންޏާވާނި މީނަޔާ ހެދީ.
ފަޒުލް
28 December 2018
އޭބަލަ ފަޒީލޫ ކީކޭ ތި ކިޔަނީ؟
ނަސީމް0
29 December 2018
އާޒިމަކީ އެސްޓީއޯ އެމްޑީއަކަށްހުރެގެން މުޅިގައުމުގެ މީހުންއުޅޭ ހުރިހާރަށެއްގައި ބޭސްފިހާރަހުޅުވި ވަރުގަދަކުޅަދާނަ ބޭފުޅެއް
ޥަގު
28 December 2018
ކުރުކޮށް ފޮނިކޮބުނަނީ ނަމަ މަގާމާ ހަވާލުވެގެން މިވީ ދުވަސް ކޮޅު ތަކުގައި ވެސް އިގިގެންމިދަނީ މިކަލޭގެ އަކަށް ކުން ފުނީ ގެ ފުރިހަމަ މައުލޫމާތުނޭގި މިޑިޔާގެ ކަވަރު ހޯދަން ކުރެވޭ މަސަކަތް
ވީރަށް ޕާ
28 December 2018
ތިފެން ކުންފުން ނަކީ ބޭރުގެ ގައުމު ތަކުން ބަލާގަނެ ފަވާ ކުންފުންޏެއް... ބޭރުވިލާތުން ގަބޫލް ކޮށް ފައި ވާކަމުގެ ހަގީގަތަކީ އޮސާސް ގެ މިންގަޑަށް ފެތި އަދި އައި އެސްއޯ އިން ގަބޫލު ކޮފައި ވާކަމުގެ ސެޓިފިކެޓް ހާސިލް ކޮށް ފާ ވާ ކުންފުން ނެކެވެ. ތިބޭފުޅާ ބައްލަވަންވީ ވަރަށް ނުބައް ލަވާ ހިތުހުރި ގޮތަކަށް ގަމާރުން ދަކާ ވާހަކަނުދަށްކަވާ""""
ކޮވެލި
28 December 2018
އެމްޑީ. އެސްޓީއޯ އިން ލޯންޗް ކުރި ނޫފަހި ކޮންކަހަލަ ގޭސްގަނޑެއްތޯ. އެކުންފުންޏަށް އެއިން ވީ ފައިދާ އަކީ ކޮބައިތޯ
ކެކެ
28 December 2018
ގޮއް ހުސްވީކީ ނޫން... ޔާމިނުގެ ކެންޕޭނައް ލާރި ތެޅީ. ދެން ފަޒުލް ގ ޖީބު ފުރާލީ. މީ ވަރައް ވާހަކަ.ހިތާނީ ކޭްޕައްވެސް ހސްިޔާފަ ހަރަދު ކުރި.ނުވިތާކައް 2 ފަަހަރު އެއްކަމެއް ކުރަން ނުޖެހޭ ގޮތައްއެއްކަމއްވެސް ނެއް ކުރެވިފަ
ކެކެ ގެ ބައްޕަ
28 December 2018
ޙަަސަދަ ވެރިވިޔަސް ބޮޑުވަރު ތީ! ރީތި އުޅުމެއްވެސްދަސްކޮށް ނުދެވުނު ވިއްޔަ!
ރުރީޒާ
28 December 2018
ބޭކާރުވާހަކަ ނިދައްކާބަލަ މިހާރުތިޢުޅެނީ ގޮތްހުސްވެގެން ތިމާޔަޢްޢިތުރަޢްކުރާނެކަމެޢްނޭގުނީމާ ސަޕޯޓަރުން ހިޔްރުޢްސަން ކޮންމެސް ޢެއްޗެކޭ ކިޢޭތޯބަލަނީ ބަލަތިތަނަޢް ގެނަސް އޮޔްކުރިއެރުންނުފެނޭތަ ބަލަ ތިތަންމިހާރު އޮތީ މުޅިރާއްޖެއައްވެސް ފުޅާކޮއްފަ ހާދަކުރިއަކައްޖައްސާފައޭ....މޮޔަނުގޮވާ
ރަނާ
28 December 2018
އިންޖިނޭރުން ތިބެނީ ހަލާކުވާ އިންޖީނު ހަދަން އެހެންނޫނީ މީހުން އިންޖިނޭރުކަން ކިޔެވުމުގެ ބޭނުމެއްވެސް ނެތެއްނު