އިރާގުގެ ކުރީގެ ރައީސް ސައްދާމް ހުސައިން ޝަރީއަތުގެ މަޖިލީހުގައި. --ފޮޓޯ:އަލް ޖަޒީރާ
02 ޖެނުއަރީ 2019 - 11:58
އައްމާން (ޖެނުއަރީ 2) - އިރާގުގެ ކުރީގެ ރައީސް ސައްދާމް ހުސައިން ދަންޖައްސާ އަވަހާރަކޮށްލުމުގެ ކުރިން ރައްޔިތުންނަށް ދެއްވި މެސެޖުގެ ބައެއް ދަރިކަނބަލުން ރަޣާދު ހުސައިން ޓްވިޓާގައި އާއްމު ކުރައްވައިފި އެވެ.
އެމެރިކާ ސިފައިން 2003 ވަނަ އަހަރު އިރާގަށް އެރި ފަހުން ޖޯޑަންގައި ދިރިއުޅުއްވާ ރަޣާދު، ބައްޕާފުޅުގެ މެސެޖް އާއްމުކުރެއްވި ސައްދާމު އަވާހަރަކޮށްލިތާ 12 އަހަރު ފުރުނު މުނާސަބަތާ ދިމާކޮށެވެ.
ޖޯޑަންގައި ދިރިއުޅޭ ސައްދާމުގެ ދަރިކަނބަލުން. --ފޮޓޯ:އަލް ޖަޒީރާ
ދަރިކަނބަލުންގެ ޓްވީޓްގައި ހިމަނާފައިވާ ބައިގައި، އިރާގުގެ ރައްޔިތުންނާ މުޚާތަބް ކުރައްވާ، މާތްﷲ އަށް ހަމްދުކުރާ ހާލު ސައްދާމު ވިދާޅުވެފައި ވަނީ ތެދުވެރި، އިމާންތެރިއަކު އެކަލާނގެ މާޔޫސް ނުކުރައްވާނެ ކަމަށެވެ. އޭގެ ފަހުން މެސެޖް ނިއްމަވާލައްވާފައި ވަނީ ﷲ އަކްބަރު މި ކަލިމައިންނެވެ. މި މެސެޖުގައި ވަނީ އިރާގުގެ ރައީސް އަދި އިރާގު ސިފައިންގެ ކޮމާންޑަ-އިން-ޗީފްގެ ސޮއި ހިމަނައިފަ އެވެ.
ސައްދާމް ދަންޖައްސާފައި ވަނީ ޑިސެމްބަރު 30، 2006 ގަ އެވެ. އެއީ އެ އަހަރުގެ ބޮޑު އީދު ދުވަހު އެވެ.
ސައްދާމު ދަންޖެއްސުމުގެ ހަތަރު ދުވަސް ކުރިން ދެއްވި މެސެޖްގައި ވަނީ އެމެރިކާ އާއި އީރާނާ ދެކޮޅަށް ރައްޔިތުން އެއްބައިވުމަށް ގޮވާލައްވައިފަ އެވެ. ދުޝްމަނުންނަށް އިރާގުގައި އޮތް އެންމެ ބޮޑު ހުރަހަކީ ރައްޔިތުންގެ އެއްބައިވަންތަކަން ކަން ހަނދާން ކޮށްދެއްވައިފައިވެ އެވެ. އަދި އޭނާ ދުނިޔެ ދޫކޮށް ދަނީ ޝަހީދެއްގެ ގޮތުގައި ކަމަށް ވިދާޅުވެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މަލިކާ
03 January 2019
ހިސްޓްރީގައި ވާގޮތުގައި ސައްދާމް އަކީ 2 ބޮޑު ހަނގުތާމާގައި ރަޝިޔާ އިން ނިކުތް ވަރުގަދަ ލީޑަރ ޖޯސެޕް ސްޓާރލިންގެ ކާފަދަރިއެކެވެ. ސްޓާލިން ގެ ދަރިފުޅު ހަންގުރާމަ ތެރޭގައި ފިލައިގެން ގޮސް ގަލްފްގެ ރަށަކުން އިން މީހަކަށް ލިބުނު ކުއްޖެކެވެ. އެހެންވީމާ އެމެރިކާ މީހުން އޭނަ ދުނިޔާގައި ބަހައްޓަން ޖެހިލުންވާނެއެވެ.
ާއެމްއެމްއައި
02 January 2019
އެކަކަށް ދޫކުރާ އަނެކަކީ ކާކު؟ މިއަދު ޔަމަނުގައި މުސްލިމުން އެމަރަނީ ދެހަރަމުގެ ޚާދިމުން ކަމުގައިވާ އާލުސަލޫލުން. ޝާމުގައި މުސްލިމުން މަރަމުންދާ ދިއުމަށް ކާފަރުންނެކޭ އެއްފަދައިން މުސްލިމުންވެސް ޒިންމާވާންޖެހޭ. މީސްތަކުން ކާތަކެއްޗަށް އަރައިގަންނަ ފަދައިން މިއުއްމަތުގެ މައްޗަށް މިވަނީ އަރައިގެންފައި. ފަހަރުގައިވެސް ބައިމަދީކީ ނޫން. އެހެނެއްކަމަކު އަހަރުމެންވެފައި މިވަނީ އޮއިގައިދެމޭ ކުނިފުންޏަކަށްވެފައި. ކާމިޔާބުވުން އޮތީ ނަބަވީ އިރުޝާދުގައި.
ލޮކިމަސް
02 January 2019
ސައްދާމް ހުސެއިން ނެތި ދިއުމަކީ އިސްލާމީ އުންމަތަށް ލިބުނު ދެރައެއް. މިއަދު މިފަދަ ލީޑަރެއް އިސްލާމީ އުންމަތުގައި ނެތް.
ދެރަ
02 January 2019
އެމެރިކާ ކިތައް މުސްލިމް ގައުމަށްއަރާ ކިތައްމީހުން މަރައިފިތަ? އެކަމަކު އެމެރިކާގެ ރައީސެއް ދަންޖައްސާ ނުމަރާ. ސައްދާމް މެރީ މުސްލިމުން ނިކަމެތިކުރަން. އިރާގަށް އަދި ލީބިޔާއަށް ދުވަހަކުވެސް ހަމަޖެހުމެއްނުލިބޭ.
ސައްދާމު
02 January 2019
ސައްދާމުގެ ދަރިފުޅުގެ މި ޓްވީޓްވެސް ވީ އެމެރިކާއަށް ބޮޑު ބިރަކަށް. ޓްވިޓަރއިން ވަނީ އެ އެކައުންޓް ސަސްޕެންޑުވެސް ކޮށްފައި. އެ މެސެޖު މީހުންނަށް ފެނިދާނެތީ
ސަޅިބައިސާ
02 January 2019
ސައްދާމު ޙުސައިނަށް ބަޔަކު އެހާވަރަށް ތަޢުރީފުކުރާ ސަބަބެއް ނުވިސްނުނު. ވެރިކަމުގާ މުޅިންވެސް ކުރިކަމަކީ މުސްލިމު ގައުމުތަކާ ހަނގުރާމަކޮށް ލޭ އޮހޮރުވުން. އޭނާގެ ސަބަބުން އިސްލާމީ އުންމަތަށް ލިބުނު މޮޅެއް މަންފާއެއް ނޯންނާނެ. ވަރުގަދަ ބަސްބުނެގެން މީހަކު މޮޅުވާނަމަ އެއީ މޮޅު މީހެއް.
ީ23456
02 January 2019
ޞައްދާމަށް ކަލޭ ނަފުރަތުކުރާ ސަބަބެއް ނުވިސްނުނު!!! ﷲ ގެ ދުޝްމަން ބޮޑެތި ކާފަރުންނަށް ދުނިޔެތަނަވަސްވެ، ފާގަތިކަން ލިބިފައިވާ ސަބަބު ކަލެއަށް ވިސްނޭބާ! ޞައްދާމު މަރުވެ ދިޔައިމާ ޢިރާގާއި ޢަރަބި އުންމަތައް ވަމުންދާގޮތް ކަލެއަށް ނުވިސްނުނު ސަބަބެސް އަހަރެންނަކަށް ނުވިސްނުނު! އަހަރުމެން ދެމީހުން ވިސްނަން ހަދާނީ ކިހިނެއްބާ!
ރަދީފް
02 January 2019
ސަޅިބައިސާ އަށް.ގައްޒާފީ ނެތިގެން ދިޔައީމަ ލީބިޔާއަށް ލިބުނި ކޮން މޮޅެއްތަ؟ ސައްދާމެއްނެތް ، ނަމަވެސް އިރާގަށް ލިބުނީ ކޮން ހަމަޖެހުމެއް؟؟ ޔަމަންގެ ސޯލިހެއް ވެސް ނެތް؟؟ ހަމަޖެހުމެއް އެބައޮތްތަ؟؟ ވެޕަންސް އޮފް މާސް ޑިސްޓްރަކްޝަނޭ ކޮމާނޑެ ކިޔައިގެން އިރާގަށް އެރި މީހުންނަށް (ބައިގަނޑަށް) އެބުނާ ކެމިކަލްއެއް / ހަތިޔާރެއް ފެނުނުތަ؟؟ ސައދާމް ކުވޭތަށް އަރަންޖެހުނީ ކީއްވެ؟؟ މިސުވާލުތަކުގެ ޖަވާބު ގޫގުލްއިން ކިޔާބަލަ.އޭރުން އެއްޗެއް ވިސްނޭނެ.ވ.ވެދުން
ފުނާ
02 January 2019
ސަޅިބައިސާ ދެން ޖޯޖު ބުސް އަށް ތައުރީފު ކުރަން ވީނުން
ފުލައްބަރޭ
02 January 2019
ޝީއީންނާ އެމެރިކާ އަޑީގަތިބެގެން ބޮޑު އީދު ދުވަހު ސައްދާމް ދަންޖައްސާ މަރާލުން އެއީ މުސްލިމުންނަށް ކުރި ވަރައްބޮޑު މަލާމާތެއް..
ބުރުހާނު
02 January 2019
ސައްދާމަކީ ދުނިޔެދުއް ވަރުގަދަ ލީޑަރެއް..ސައްދާމް ކުވެއިތް އަށް އަރާގަތުމަކީ ސައްދާމް ބަލިކަށިވެގެން ދިޔަ އެއްމެބޮޑު އެއްސަބަބު!!ސައްދާމް ކުރެއްވި ވަރައްބޮޑު ގޯހެއް އެއީ..
ވިސްނާލާ
02 January 2019
ސައްދާމް ކުވައިތު އަށް އެރި ސަބަބުވެސް ދެނެގަނެވޭނީ ބަލާބަލަ.