ކާރާއި ބައިސްކަލް އެކްސިޑެންޓްވެފައި.
05 ޖެނުއަރީ 2019 - 08:05
ސޯޝަލް މީޑިއާގައި ވައިރަލްވެފައިވާ ފޮޓޯއެއްގައި ފެންނަނީ އާދައިގެ ބައިސްކަލެއް ކާރެއްގެ ކުރީކޮޅުގައި ޖެހިގެން، ލިބިފައި ހުރި ގެއްލުމެވެ. ގިނަ ބައެއްގެ ސަމާލުކަމަށް މި ފޮޓޯ އަށް އައީ ބައިސްކަލުން ޖެހިފައި ކާރަށް ލިބިފައި ހުރި ގެއްލުން ބޮޑުކަމުންނެވެ.
ހުދު ކުލައިގެ ކާރުގެ ކުރީ ބަމްޕަރު އެއްކޮށް އޮތީ އެކްސިޑެންޓްވެ ބަޑިވެފަ އެވެ. އެކަމަކު ބައިސްކަލަށް އެއްވެސް ގެއްލުމެއް ނުލިބެ އެވެ. އެ އޮތީ ކާރުގައި ޖެހުނުލެއް ބާރުކަމުން ރީއްޗަށް ކާރުގެ ކުރީކޮޅުގައި ހަރުލައިފަ އެވެ.
މި ފޮޓޯ އިން ފެންނަ މަންޒަރު ގަބޫލުކުރަން ދަތިވެގެން، މިއީ ހަދާފައިވާ ފޮޓޯއެއް ކަމަށް ބުނަން ފެށުމުން ހާދިސާ ހިނގި ޗައިނާގެ ޝެންޒެން އަވަށުގެ ފުލުހުން ވަނީ އެއީ ފޭކެއް ނޫން ކަމަށް ބުނެފަ އެވެ.
ފުލުހުން ބުނީ އެއީ އަސްލު ވެސް ހިނގާފައިވާ އެކްސިޑެންޓެއް ކަމަށާއި ފޮޓޯ އިން ފެންނަނީ ބައިސްކަލުން ޖެހިފައި ކާރަށް ލިބިފައި ހުރި ގެއްލުން ކަމަށެވެ.
#ICYMI You can't imagine! Car squashed in collision with bicycle pic.twitter.com/cDGWguGk0o
— CGTN (@CGTNOfficial) January 3, 2019
އަދި އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭ ކަމަށް ފުލުހުން ބުންޏެވެ.
ބައެއް މީހުން މިކަމަށް ސޯޝަލް މީޑިއާގައި ޖޯކް ޖަހައި ބުނެފައި ވަނީ "މިހާރު ނޮކިއާ އިން ބައިސްކަލް ހަދަން ފެށީ" ކަމަށެވެ. އެގޮތަށް ބުނެފައި ވަނީ ނޮކިއާގެ ވަރުގަދަ ބައްތި ފޯނުތަކަށް އިޝާރާތްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަލިފް ހ
05 January 2019
ޗައިނާ ކާރެއްވިއްޔާ ތިވަރު ކަމެއްވެދާނެ!
ގަދަ
05 January 2019
ޗައިނާ ކާރެއްގަ އިންޑިޔާ ބައިސްކަލެއް ޖެހިއްޖިޔާ ތިހެންވެދާނެ.
ވާލުސޮރު
05 January 2019
މިހާރު ބައެއް ކާރު ހަދާފަހުންނަނީ ހޫނުކޮށްލައިގެން ވަރަށް ފަސޭހައިން އަތުން ބަނޑިވެސް ފިލުވާލެވޭގޮތަށް. އެހެންވީމަ ތީ ވެދާނެ ގޮތެއް.