މުނިފޫހިފިލުވުން / ހޮލީވުޑް

ބަފްޓާ އެވޯޑްސް: 12 ނޮމިނޭޝަނާ އެކު "ދަ ފެވަރިޓް" ކުރީގައި

"ދަ ފެވަރިޓް" ގެ މަންޒަރެއް: މި ފިލްމު 12 ކެޓަގަރީއަކުން ނޮމިނޭޓްވެފައިވޭ.

ހުކުރު ދުވަހު ބާއްވާ 72 ވަނަ ބަފްޓާ އެވޯޑްސްގެ ވަރުގަދަ ކެޓަގަރީތަކަކުން 12 ނޮމިނޭޝަން، ޑާކް ކޮމެޑީ "ދަ ފެވަރިޓް" ހޯދައި، ގޯލްޑެން ގްލޯބްސްގެ އެންމެ މޮޅު ފިލްމުގެ މަގާމު ހޯދި "ބޮހީމިއަން ރާޕްސޮޑީ" ފަހަތަށް ޖައްސާލައިފި އެވެ.

"ދަ ފެވަރިޓް" އަށް 12 ނޮމިނޭޝަން ލިބުނު އިރު ބޮހޭމިއަން "ރާޕްސޮޑީ" އާއި ބްރެޑްލީ ކޫޕާގެ "އަ ސްޓާ އިޒް ބޯން" އާއި ރަޔަން ގޮސްލިންގެ "ފަސްޓް މޭން" އާއި ގޯލްޑެން ގްލޯބްސްގެ އެންމެ މޮޅު ފޮރިން ލެންގްއޭޖް ފިލްމާއި އެންމެ މޮޅު ޑައިރެކްޓަރުގެ މަގާމު ވެސް ހޯދި މެކްސިކޯގެ "ރޯމާ" މިއިން ކޮންމެ ފިލްމަކަށް 7 ނޮނިމޭޝަން ލިބިފައިވެ އެވެ.

ދެން އެންމެ ގިނަ ނޮމިނޭޝަންތައް ލިބިފައި ވަނީ ކްރިސްޓިއަން ބޭލްގެ ވައިސް (6 ނޮމިނޭޝަން) އާއި ބްލެކްކްލަންސްމަން (5 ނޮމިނޭޝަން) އަށެވެ.

ޔޯގޮސް ލެންތިމޯސް ޑައިރެކްޓް ކުރި "ދަ ފެވަރިޓް" އަށް ލިބުނު ނޮމިނޭޝަންތަކަކީ އެންމެ މޮޅު ފިލްމު، ގޯލްޑެން ގްލޯބްސްގައި ވެސް މިއުޒިކަލް/ކޮމެޑީ ކެޓަގަރީން އެންމެ މޮޅު ބަތަލާގެ އެވޯޑް ހޯދި (އޮލީވިއާ ކޮލްމަން)، އެންމެ މޮޅު ސަޕޯޓިން ބަތަލާ (އެމާ ސްޓޯން)، އެންމެ މޮޅު ޑައިރެކްޓަރު، އައުޓްސްޓޭންޑިން ބްރިޓިޝް ފިލްމު، އެންމެ މޮޅު ސިނަމޮޓޯގްރަފީ، އޮރިޖިނަލް ސްކްރީންޕްލޭ، އެންމެ މޮޅު ޕްރޮޑަކްޝަން ޑިޒައިން، އެޑިޓިން، ކޮސްޓިއުމް ޑިޒައިން އަދި މޭކަޕް އެންޑް ހެއާ އެވެ.

* އެންމެ މޮޅު ފިލްމު

ދަ ފެވަރިޓް، ބްލެކްކްލަންސްމަން، ގްރީންބުކް، ރޯމާ، އަ ސްޓާ އިޒް ބޯން

* އެންމެ މޮޅު ބަތަލާ

ގްލެން ގްލޯޒް (ދަ ވައިފް)، ލޭޑީ ގާގާ (އަ ސްޓާ އިޒް ބޯން)، މެލީސާ މެކާތީ (ކޭން ޔޫ އެވާ ފޮގިވް މީ؟)، އޮލިވިއާ ކޮލްމަން (ދަ ފެވަރިޓް)، ވައޯލާ ޑޭވިސް (ވިޑޯސް)

* އެންމެ މޮޅު ބަތަލު

ބްރެޑްލީ ކޫޕާ (އަ ސްޓާ އިޒް ބޯން)، ރަމީ މާލިކް (ބޮހޭމިއަން ރާޕްސޮޑީ)، ކްރިސްޓިއަން ބޭލް (ވައިސް)، ސްޓީވް ކޫގަން (ސްޓޭން އެންޑް އޮލީ)، ވިގޯ މޯޓެންސެން (ގްރީން ބުކް)

* އެންމެ މޮޅު ސަޕޯޓިން ބަތަލާ

އެމީ އެޑަމްސް (ވައިސް)، ކްލެއާ ފޯއި (ފަސްޓް މޭން)، އެމާ ސްޓޯން (ދަ ފެވަރިޓް)، މާގޯ ރޮބީ (މޭރީ ކްއީން އޮފް ސްކޮޓްސް)، ރެޗެލް ވެއިޒް (ދަ ފެވަރިޓް)

* އެންމެ މޮޅު ސަޕޯޓިން ބަތަލު:

އެޑަމް ޑްރައިވާ (ބްލެކްކްލަސްމަން)، މެހެރްޝާލާ އަލީ (ގްރީން ބުކް)، ރިޗަޑް އީ ގްރާންޓް (ކޭން ޔޫ އެވާ ފޮގިވް މީ؟")، ސޭމް ރޮކްވެލް (ވައިސް)، ޓިމޮތީ ކެމަލޭ (ބިއުޓިފުލް ބޯއި)

* އެންމެ މޮޅު ޑައިރެކްޓަރު

ސްޕައިކް ލީ (ބްލެކްކްލަސްމަން)، ކޯލްޑް ވޯ (ޕަވެލް ޕޯލިކޯސްކީ)، ޔޯގޮސް ލެންތިމޯސް (ދެ ފެވަރިޓް)، ރޯމާ (އަލްފޮންސޯ ކުއަރޯ)، ބްރެޑްލީ ކޫޕާ (އަ ސްޓާ އިޒް ބޯން)

* އައުޓްސްޓޭންޑިން ބްރިޓިޝް ފިލްމު

ބީސްޓް، ބޮހޭމިއަން ރާޕްސޮޑީ،ދަ ފެވަރިޓް، މެކްއީން، ސްޓޭން އެންޑް އޮލީ، ޔޫ ވާ ނެވާ ރިއަލި ހިއާ

* އެންމެ މޮޅު ސިނަމޮޓޯގްރަފީ

ބޮހޭމިއަން ރާޕްސޮޑީ (ނިއުޓަން ތޯމަސް ސިގެލް)، ކޯލްޑް ވޯ (ލޫކަސް ޒަލް)، ދަ ފެވަރިޓް (ރޮބީ ރަޔަން)، ފަސްޓް މޭން (ލިނަސް ސެންޑްގްރެން)، ރޯމާ (އަލްފޮންސޯ ކުއަރޯން)

* އެންމެ މޮޅު ބޭރު ފިލްމު

ކެޕަނޯމް (ލުބުނާން)، ކޯލްޑް ވޯ، ޑޮގްމޭން، ޝޮފްލިފްޓާސް (ޖަޕާން)، ރޯމާ (މެކްސިކޯ)

* އެންމެ މޮޅު އޮރިޖިނަލް ސްކްރީންޕްލޭ

ވައިސް (އެޑަމް މެކޭ)، ރޯމާ (އަލްފޮންސީ ކުއަރޯ)، ގްރީން ބުކް (ބްރަޔަން ކަރީ/ޕީޓާ ފެރެލީ)

* އެންމެ މޮޅު އެޑަޕްޓެޑް ސްކްރީންޕްލޭ

ބްލެކްސްމަން (ސްޕައިކް ލީ)، ކޭން ޔޫ އެވާ ފޮގިވް މީ؟ (ނިކޮލަސް ހޮލޯފްސެނާ، ޖެފް ވިޓީ)، ފަސްޓް މޭން (ޖޯޝް ސިންގާ)، އިފް ބިއެލް ސްޓްރީޓް ކުޑް ޓޯކް (ބެރީ ޖެންކިންސް)، އަ ސްޓާ އިޒް ބޯން (ކޫޕާ، ވިލް ފެޓާޒް، އެރިކް ރޮތު)

* އެންމެ މޮޅު އެނިމޭޓެޑް ފިލްމު

އިންކްރެޑިބަލްސް 2، އައިސްލް އޮފް ޑޯގްސް، ސްޕައިޑަ-މޭން: އިންޓް ދަ ސްޕައިޑާ-ވާސް

* އެންމެ މޮޅު އެޑިޓިން

ބޮހޭމިއަން ރާޕްސޮޑީ (ޖޯން އޮޓްމަން)، ދަ ފެވަރިޓް (ޔޯގޮސް)، ފަސްޓް މޭން (ޓޮމް ކްރޮސް)، ރޯމާ (އަލްފޮންސޯ)، ވައިސް (ހޭންކް ކޯވިން)

އެންމެ މޮޅު އޮރިޖިނަލް މިއުޒިކް

ބްލެކްކްލަންސްމަން (ޓެރެންސް ބްލެންޗާޑް)، އިފް ބިއެލް ސްޓްރީޓް (ނިކޮލަސް ބްރިޓްލް)، އައިސްލް އޮފް ޑޯގްސް (އެލެގްޒެންޑާ ޑެސްޕްލަޓް)، މޭރީ ޕޮޕިން ރިޓާންސް (މާކް ޝައިމަން)، އަ ސްޓާ އިޒް ބޯން (ކޫޕާ/ ގާގާ/ލޫކަސް ނެލްސަން)

* އެންމެ މޮޅު އިނގިރޭސި ޑައިރެކްޓަރު/ޕްރޮޑިއުސަރު/ރައިޓަރު

ޑެނިއަލް ކޮކޯޖާލޯ (އެޕޯސްޓަސީ-ރައިޓަރު/ޑައިރެކްޓަރު)، މައިކަލް ޕިއާސް/ލޯރެން ޑާކް (ބީސްޓް)، ރިޗަޑް ބިލިންގަމް/ޖެކްއީ ޑޭވިސް (ރޭ އެންޑް ލިޒް)

* އެންމެ މޮޅު ސްޕެޝަން އިފެކްޓްސް

އެވެންޖާޒް: އިންފިނިޓީ ވޯ، ބްލެކް ޕެންތާ، ފެންޓާސްޓިކް ބީސްޓްސް: ދަ ކްރައިމްސް އޮފް ގްރިންޖެލްވާލްޑް، ފަސްޓް މޭން، ރެޑީ ޕްލެޔާ ވަން

* ރައިޒިން ސްޓާ

ޖެސީ ބަކްލީ، ސިންތިއާ އެރިވޯ، ބެރީ ކިއޯގަން، ލެކެއިތު ސްޓެންފީލްޑް، ލެޓީޓިއާ ރައިޓް

ލަންޑަނުގެ ރޯޔަލް އަބަލްބަޓް ހޯލްގައި ބާއްވާ 72 ވަނަ ބަފްޓާ އެވޯޑްސް މި އަހަރު ހޯސްޓް ކުރާނީ 72 އަހަރުގެ އިނގިރޭސި ބަތަލާ ޖޮއާނާ ލަމްލީ އެވެ.

0 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 0%
icon angry icon angry 50%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454