މަޖީދީމަގުން މަޒާދާކުރިމަތީގައި ހެދި އޮޅިގަނޑު.- ފޮޓޯ؛ މާލެ ސިޓީ ކައުންސިލް
16 ޖެނުއަރީ 2019 - 18:50
ނަމޫނާ ރޭމްޕުގެ ޑިޒައިން ބަދަލުކޮށް އާ "ރޭމްޕެއް" މާލެ ސިޓީ ކައުންސިލުން އިއްޔެ ހަދައިފި އެވެ.
މާލޭގެ މަގުތަކުގައި ބަހައްޓާފައި ހުރި ޕެލެޓުތައް ނަގައި ސިޓީ ކައުންސިލުން ނިންމީ ކޮންމެ ދުވާރެއް ކައިރީގައި ރޭމްޕް ހަދާށެވެ. ނަމަވެސް އަޖުމަ ބެލުމަށް ހެދި ފުރަތަމަ ރޭމްޕުގައި ވެސް ޕާކުކުރަން ފެށުމުން އޭގެ ޑިޒައިން ބަދަލުކުރަން ނިންމީ އެވެ.
ސިޓީ ކައުންސިިލުން މިހާރު ވަނީ މަޖީދީމަގުން މަޒާޑާ ކެފޭ ކުރިމަތީގައި ސިމެންތިން އުސްކޮށް އޮޅިގަނޑެއް ގޮތަށް ހަދައިފަ އެވެ. މިހާާރު ހަދާފައި ހުރި ގޮތުން ސައިކަލުތަކަކަށް ޕާކެއް ނުކުރެވޭނެ އެވެ.
އެ ކައުންސިލްގެ މެމްބަރު ހުސެއިން ޝަރީފު ވިދާޅުވީ ޕާކުނުކުރެވޭ ގޮތަށް ބަދަލުކުރި އާ ޑިޒައިން ރަނގަޅު ކަމަށެވެ. ނަމަވެސް ހަމައެކަނި މައްސަލައަކީ އެތަނަށް ފުރޮޅުލީގޮނޑީގައި ބޭނުން ނުކުރެވުން ކަމަށާއި ތިރިކޮށް ހަދައިފިނަމަ ސައިކަލުތައް ޕާކުކުރަން ފަށާނެ ކަމަށް ވިދާޅުވި އެވެ.
މަޖީދީމަގުން މަޒާދާކުރިމަތީގައި ހެދި އޮޅިގަނޑު.- ފޮޓޯ؛ މާލެ ސިޓީ ކައުންސިލް
އޭނާ ވިދާޅުވީ މަޖީދީމަގުގައި ކޮންމެ ކަނަކާ ދިމާލުން ފުރޮޅުލީގޮނޑި ބޭނުންކުރެވޭ ގޮތް ހަދާފައިވާ ކަމަށެވެ.
މިދިޔަ ހަފުތާގައި މާލޭގެ އެކި ސަރަހައްދުތަކުން 600 އަށްވުރެ ގިނަ ޕެލެޓު ނަގާފައިވެ އެވެ. އެ އެއްޗެހިތައް ނެގުމަށްފަހު، ކްލިނިކް ފަދަ ތަންތަނުގައި ސިމެންތިން ރޭމްްޕް ހަދަން ކައުންސިލުން ވަނީ ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ދިލް
22 January 2019
އަޅަންވީ ރޭމްޕް ތަކެއް ނޫން، އަޅަންވީ ފިޔަވަޅު. ނުގަވައިދުން ޕާކް ކުރާ ފަރާތްތަކަށް. ބޮޑެތި އަދަދުން ޖޫރިމަނާ ކުރަންވީ. ޓޯ ކުރުމަކީވެސް މި ދިވެހި ރާއްޖޭގައި ފަސޭހަ ކަމެއް ނޫން، ޓޯކުރަން ލޮރީ ހުއްޓާ އިރަށް ފަހަތުން އަޅާ ބަރުގޮނާ ހެދި ޓޯ އޭ ޓޯ އޭ ކިޔާ ގުރޫޕް ބަރުގޮނޭ ބަރުކޮނޭ ކިޔަންފަށާނެ. މިކަމަކީ ސަރުކާރުން އެކަނި އުޅެގެން ހައްލު ގެނެވޭނެ ކަމެއްވެސް ނޫން، ތަހުޒީބު ވިސްނުމާއި ފަރުދީ ޒިންމާ އިސް ކުރަން ވަރަށް މުހިއްމު.
ހަބީބު މޫސާ
17 January 2019
ކަމަކު ނުދޭ، ކުރިމަތިން ސައިކަލަށް ވައްދާލެވޭގޮތަށް ހުންނަންވާނީ، ދެފަރާތް އުސްކޮށް، ކުރިމަތީގައި ސައިކަލް ފުރޮޅެއްވަރުގެ ތަނެއް ހުންނަންވާނީ ތިރިކޮށް
ޢަލީ ހަމަދު
17 January 2019
އަޅެ ހާދަ ލޯބި ޑިޒައިނެއް! ސޯ ކޮމްޕްލިކޭޓެޑް ޔެޓް ސޯ ސިމްޕްލް އޯލްމޯސްޓް ލުކްސް ލައިކް އަ ސްކުއާރ، ބަޓް އިޓްސް ނޮޓް، ސޯ ކްލެވާރ. އޯ އެއް ޖީ. އައި ތިންކް އަމް އިން ލަވް. ހާޓް އައިސް އިމޯޖީ
ޒިޔާޕު
17 January 2019
ހަހަ. ޙަމަ އެކައްޗެއްނޫންތަ މިހެދުނީ. ގަލު ޕެލެޓެއް. މީގެން ފުރޮޅުލީ ގޮނޑީގައި އަރާނެ ގޮތެއް ބުނެބަލަ
ކަތުރުފަނި
17 January 2019
ނިރޮޅުމަގުގައި ހުންނަ އެންޓިފަޔަރ އޮފީސް ހުންނަ އިމާރާތުގެ ކުރިމަތީގައި ވެސް ލަކުޑި ޕެލެޓްއެއް އެބައޮތް. އެއީ ސަރުކާރުގެ ހުއްދަ ލިބިގެންތޯ؟؟؟؟
ބޯބި
17 January 2019
ރޭންޕަށް ވުރެން ކުރިން ތަރައްޤީ ވާންޖެހޭނީ އިންސާނާގެ ބުއްދި އާއި ވިސްނުން.
ނުޒުފާ
17 January 2019
ކޮންމެ ކަނަކާ ދިމާލުން ފުރޮޅުލީ ގޮނޑި ބޭނުންކުރެވޭ ގޮތަށް ހަދައިދިނީ މުއިއްޒު. ކައުންސިލްގެ ދަށުން ކުރިނަމަ ނުކުރެވުނީސް. އެވަރުގެ ސިކުނޑިއެއް ތިޔަ ތާކު ނެތް. ތިޔަ ރޭމްޕެއްވެސް ދެފަހަރު. ޑިޒައިން ޔޫޒަރފްރެންޑްލީއެއް ނޫން
ކޯހި
17 January 2019
ނުޒުފާގެ ބުއްދި ތިހުރީ މުއިއްޒު ވެފަތަ؟
ބޯލާ
17 January 2019
މަޖީދީމަގުގައި ކޮންމެ ކަނަކާ ދިމާލުން ފުރޮޅުލީގޮނޑި ބޭނުންކުރެވޭ ގޮތް ހަދާފައިވާ ތަނުން ހިނގާ މީހުންނަށްވެސް އެރޭނެވެ. ވީމާ މަޖީދީމަގު ތިޔަ ރޭޕް ހެދުމުގެ ބޭނުމެއް ނެތެވެ. ނަމަވެސް ޕޭމަންޓް ނެތް މަގުތަކާއި ކުލިނިކު ތަކާއި ސްކޫލްތައް ކައިރީގައި ރޭޕް ހެދުން ރަގަޅެވެ. އެންމެ ރަގަޅު ގޮތަކީ ޕާކު ނުކުރެވޭކަން އެންގުމަށް ކްރޮސް ރޮނގު ކުރެހުމަށްފަހު ޕާކު ކުރާނަމަ ޓޯ ކުރުމެވެ. ވެހިކަލް ދުއްވާ މީހުން ޑިސިޕްލިން ކުރަންޖެހެވެ.
އަބްދުﷲ
17 January 2019
މަގެއްގައި ދެތިން ގާކޮޅު ބާއްވާފައި އެވާހަކަ ޚަބަރަކަށް ހެދުން ނޫން ކަމެއް މިސަރުކާރަކަށް ނުކުރެވޭނީބާ؟
ހަލޫނާ
17 January 2019
އެކަހަލަ މުހިންމު އަދި ބޭނުންތެރި އެތައް "ދެތިން ގާކޮޅު" އެއްވެގެން ފުރިހަމަ ވެއްޓެއް ބިނާވާނީ. ތަރައްޤީ އަކީ ހަމައެކަނި ބިޔަ ބޮޑު މަޝްރޫޢުތަކެއް ނޫން.
އަލީ!
17 January 2019
ތަރަށްގީ އަކީ ކޮންކުރީޓެއްނޫން.
ކޮވެލި
17 January 2019
މީގައި އޮތް ހަމައެކަނި ހައްލަކީ މި ފަދަ އަސާސީ ބޭނުމަށް ( ގޭގެއަށް އަށާއި ފިހާރަތަކާއި ކުލިނިކު ފަދަ ތަންތަނަށް ވަދެ ނުމެ އުޅުމަށް) ޕާކު ނުކުރެވޭނެ ކަމަށް ފާހަގަ ކޮށްފައިވާ ތަންތަނުގައި ޕާކު ކުރުމުން ވަގުތުން ޓޯ ކުރުން. މިކަމަކީ މާ ބޮޑު ޚަަރަދެއް ހިނގާނެ ކަމެއްވެސް މުޅި މާލެ ކަވަރު ކުރުމަށް ދެ ތިން ލޮރީއާއި ހަތަރު ފަސް މީހުންން ތިބީމަ ފުދޭނެއެވެ.