ޚަބަރު / އަހުމަދު މަހުލޫފް، ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު

މަހްލޫފް އެކަހެރިކޮށްފައި ބަހައްޓާ މައްސަލަ އާއިލާ އިން އެޗުއާސީއެމަށް ހުށަހަޅައިފި

ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތަކަށް ފަހު، މަހްލޫފް ކޯޓުން ނެރެގެން ގެންދަނީ. މަހްލޫފް އެހެން ގައިދީންނާ ވަކިން އެކަހެރިކޮށްފައި ބަހައްޓާތީ އާއިލާއިން ވަނީ ކަންބޮޑުވެފައި..-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް މާފުށީ ޖަލުގައި އެކަހެރިކޮށްފައި ބަހައްޓާތީ އާއި ޖަލުން ލިބޭ ބައެއް ހިދުމަތްތަކާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް މަހްލޫފްގެ އާއިލާ އިން އެ މައްސަލަ އެޗްއާރުސީއެމަށް ހުށަހަޅައިފި އެވެ.

މަހްލޫފްގެ އާއިލާއިން އެޗްއާރުސީއެމަށް ހުށަހެޅީ މައިގަނޑު ދެ މައްސަލައެކެވެ. އެއް މައްސަލައަކީ އެހެން ގައިދީންނާ ވަކިން މަހްލޫފް އެކަހެރިކޮށްފައި ވަކި ތަނެއްގައި ބެހެއްޓުމެވެ. ދެވަނަ ކަމަކަށް ހުށަހެޅީ ސިއްހީ ގޮތުން ގެއްލުން ލިބިދާނެ ފަދަ ކާބޯތަކެތި މަހްލޫފަށް ފޯރުކޮށްދޭ ކަމަށް ބުނާ މައްސަލަ އެވެ.

މަހްލޫފްގެ އަނބިކަނބަލުން ނަޒްރާ ނަސީމް (ނަޒޫ) މިއަދު ވިދާޅުވީ ސިޔާސީ ހުކުމެއްގައި ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ މަހްލޫފް ހުންނަވާ ތަނަށާއި ކެއުން ބުއިމަށް ދަތި ކުރަމުންދާ ކަމަށެވެ. އަދި އޭނާ ބަހައްޓާފައި ހުންނަނީ ވަރަށް ބާވެފައި ހުރި ކޮޓަރިގަނޑެއްގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މަހުލޫފަށް ހުކުމް ކުރުމުގެ ޝަރީއަތުގެ މަޖިލީހެއް ކުރިއަށް ދިޔައިރު އޭނާގެ އަނބިކަނބަލުން (މ) ކޯޓު ބޭރުގައި -- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

"ޖަލުގައި ހުރުމަށާއި ކެއުން ބުއިމަށް ދަތިކުރުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން،" ނަޒޫ ވިދާޅުވި އެވެ.

އެކަހެރި ބައްދަލުވުންތަކަށް ދިޔައިރު، މަހްލޫފް ހުންނަ ކޮޓަރި ވަރަށް ބޮޑަށް ބާވުމާއި ފާހަނާ ހަޑިކޮށް ހުރުމާއި ބޭރު ފެންނަ ގޮތަށް ހުރުމާއި މަހްލޫފަށް ގެންނަ ކާ އެއްޗިއްސަށް "ހިނި އާއި އިސްތަށި" އަޅާފައި ހުރުން ފާހަގަ ކުރެއްވުނު ކަމަށް ވެސް ނަޒޫ ވިދާޅުވި އެވެ.

"މަހްލޫފް އެލާޖިކްވުމަށް މެދުވެރިވަނީ ޖަލުން ދެމުން އަންނަ ކާއެއްޗެހީގެ ސަބަބުން. ރޫމްތެރެ ވަރަށް ބޮޑަށް ބަންދުކޮށްލާފައި ހުންނަނީ،" އޭނާ ވިދާޅުވި އެވެ.

"ގޮދަނޑިއަކާއި ބެޑްޝީޓެއް ވެސް އޮވޭ ދީފައި. އެކަމަކު އެ ވެސް ވަރަށް ބާވެ، ގިނަ އަހަރުތަކެއް ވެފައި ހުރިކަން ރަނގަޅަށް ބަލާލީމަ އެނގޭ."

ޖަލުގައި ހުރުމަށާއި ކެއުން ބުއިމަށް ދަތިކުރުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން، --ނަޒޫ

ނަޒޫ ވިދާޅުވި ގޮތުގައި މަހްލޫފް ކައިރީގައި ހޭދަކުރައްވަން ކުރިން ދެ ގަޑިއިރު ލިބޭއިރު، މިހާރު އެ ވަގުތު އެއް ގަޑިއިރަށް ވަނީ ކުޑަކޮށްފަ އެވެ. ނަޒޫ ތުހުމަތުކުރެއްވި ގޮތުގައި އެއީ ބަޔަކު ރާވައިގެން މަހްލޫފް "މޮޔަ" ކޮށްލުމަށް ކުރާ ކަންކަމެވެ.

މަހްލޫފްގެ މަންމަ (މ) ކްރިމިނަލް ކޯޓު ކައިރީގައި މަޑުކޮށްލައިގެން: ޖަލުގައި މަހްލޫފާ މެދު ކަންތައް ކުރާ ގޮތާ މެދު އާއިލާ އިން ހިތްހަމައެއް ނުޖެހޭ -- ފޮޓޯ: މުހަންމަދު ޝަރުހާން/ މިހާރު

މަހްލޫފް ވަނީ ދެ ފަހަރެއްގެ މަތިން މާލެ ގެނެސް އައިޖީއެމްއެޗްގެ ޑޮކްޓަރުންނަށް ދައްކައިފަ އެވެ. އޭނާ އައިޖީއެމްއެޗަށް ގެނައީ ކަށީގެ ޑޮކްޓަރަކަށާއި ހަމުގެ ޑޮކްޓަރަކަށް ދެއްކުމަށެވެ. އަދި އޭނާގެ ބައެއް ޓެސްޓްތައް ވެސް ވަނީ ހަދައިފަ އެވެ.

މަހްލޫފްގެ އަނބިކަނބަލުންގެ ވާހަކަތައް ދޮގުކޮށް ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ މަހްލޫފް ހުންނަވަނީ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓެއްގެ ގޮޅިއެއްގައި ކަމަށެވެ. މަހްލޫފް އެކަހެރިކޮށްފައި ހުންނަ ކަމަށް ދެކެވޭ ވާހަކަތައް ވެސް އޭނާ ދޮގުކުރެއްވި އެވެ.

"އެކަހެރި މިކުރަނީ ޖަލުގައި މައްސަލައެއް ދިމާވެގެން. އެކަހަލަ ހާލަތެއް ނޫން މިއީކީ. ހާއްސަ ހިމާޔަތެއްގެ ދަށުން ގޮޅިއެއްގައި މަހްލޫފް އިންނަވަނީ، އެއީ އެކަހެރި ކުރުމެއް ނޫން،" އޭނާ ވިދާޅުވި އެވެ.

އެންމެ ފަހުން ހެދި ގޮޅިތަކުން ގޮޅިއެއްގައި މަހްލޫފް ހުންނަވަނީ، މަހްލޫފަށް ޖަލުން ދޭ ހިދުމަތާ މެދު ހިތްހަމަނުޖެހިގެން ބަޔަކު ޝަކުވާއެއް ވެސް ނުކުރޭ، -ކަރެކްޝަންސް

މީޑިއާ އޮފިޝަލް ވިދާޅުވީ އެހެން ގައިދީންނާ ވަކިން މަހްލޫފް ގޮޅިއެއްގައި ބެހެއްޓި ނަމަވެސް، އޭނާގެ ކަންކަން ބަރާބަރަށް ބެލެހެއްޓުމަށް ކެމެރާއެއް ވެސް ހުންނާނެ ކަމަށެވެ. އަދި މަހްލޫފް ހުންނަވަނީ އެންމެ ފަހުން ޖަލުގައި ހެދި ގޮޅިއެއްގައި ކަމަށާއި އެތަނުގެ ފެންވަރު ރަނގަޅުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެންމެ ފަހުން ހެދި ގޮޅިތަކުން ގޮޅިއެއްގައި މަހްލޫފް ހުންނަވަނީ، މަހްލޫފަށް ޖަލުން ދޭ ހިދުމަތާ މެދު ހިތްހަމަނުޖެހިގެން ބަޔަކު ޝަކުވާއެއް ވެސް ނުކުރޭ،" މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ޖަލުން މަހްލޫފަށް ކާބޯތަކެތި ފޯރުކޮށްދޭ ގޮތާ އާއިލާއިން ކުރާ ޝަކުވާތަކާ ގުޅިގެން މީޑިއާ އޮފިޝަލް ވިދާޅުވީ ގައިދީން ބަލަހައްޓަމުން ދަނީ އިންސާނީ ކަރާމަތާއި އިހްތިރާމާއެކު ކަމަށެވެ. އަދި ސިއްހީ ގޮތުން ގެއްލުން ލިބިދާނެ ފަދަ ގޮތަކަށް ހުންނަ ކާބޯތަކެތި މަހްލޫފަށް ފޯރުނުކޮށްދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މަހްލޫފް އެލާޖިކްވުމަށް މެދުވެރިވަނީ ޖަލުން ދެމުން އަންނަ ކާއެއްޗެހީގެ ސަބަބުން. ރޫމް ތެރެ ވަރަށް ބޮޑަށް ބަންދުކޮށްލާފައި ހުންނަނީ،" -- ނަޒޫ

މަހްލޫފް ޖަލަށް ލި މައްސަލަ އދ. ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނަށް ވަނީ ހުށަހަޅައިފަ އެވެ. ދިވެހި ސަރުކާރަށް ރައްދުވާ ގޮތަށް އެ މައްސަލަ ވޯކިން ގްރޫޕަށް ހުށަހެޅީ މަހްލޫފްގެ އަނބިކަނބަލުންނާއި ވަކީލާއި މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކްގެ ނަމުގަ އެވެ.

އިދިކޮޅު ފަރާތްތައް ހިމެނޭ ކޯލިޝަންގެ ތަރުޖަމާނު ކަން ވެސް ކުރައްވާ މަހްލޫފް 10 މަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކުރީ ފުލުހުންނަށް ހުރަސް އެޅި ކަމަށް ބުނެ އޭނާގެ މައްޗަށް ކުރި ދެ ދައުވާއެއް ސާބިތުވުމުންނެވެ. ފުރަތަމަ މައްސަލާގައި ހަތަރު މަހާއި 24 ދުވަހު ހުކުމެއް އިއްވިއިރު ދެވަނަ މައްސަލާގައި އިއްވީ ހަ މަހުގެ ޖަލު ހުކުމެކެވެ.

އެ މައްސަލަ ވޯކިން ގްރޫޕަށް ހުށަހެޅިއިރު މަހްލޫފަށް ވަކިވަކިން އިއްވި ދެ ހުކުމްގެ މައްސަލަ އޮތީ ހައި ކޯޓަށް އިސްތިއުނާފަށް ހުށަހަޅައިފަ އެވެ. އެކަމަކު އެ ދެ މައްސަލައިގެ އަޑުއެހުންތައް ހައި ކޯޓަކުން އަދި ނުފަށަ އެވެ.

10 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 100%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އިބޫ

23 August 2016

ހާއްސަ ހިމާޔަތެއްގެ ދަށުން ގޮޅިއެއްގައި މަހްލޫފް އިންނަވަނީ، އެއީ އެކަހެރި ކުރުމެއް ނޫން،" މީޑިއާ އޮފިޝަލް ވިދާޅުވީ އެހެން ގައިދީންނާ ވަކިން މަހްލޫފް ގޮޅިއެއްގައި ބެހެއްޓި ނަމަވެސް، އޭނާގެ ކަންކަން ބަރާބަރަށް ބެލެހެއްޓުމަށް ކެމެރާއެއް ވެސް ހުންނާނެ . މިއީ ހަމަ އެ އޮފިޝަލް ގެ ބަސް، ދެން ކޮބައިތަ އެކަހެރި ކުރުމަކީ އަޅޭ!!!!

The name is already taken The name is available. Register?

ލާ

23 August 2016

ތި ކެމެރާ ގެ ފޫޓެޖް ބެލީމަތާ އެނގޭނީ

The name is already taken The name is available. Register?

ޢަހުމަދު

23 August 2016

މަހުލޫފަކީ ހިތްވަރުގަދަ މީހެއް..ޔާމީންގެ ސަރުކާރަކަށް މަޙުލޫފުމެން ކަހަލަ މީހުން ނުހުއްޓުވޭނެ..

The name is already taken The name is available. Register?

މަމެން

23 August 2016

މަހޭ އިތުރަށް މޮޔަކޮށްލަން ކުރެވޭނެ ކަމެއްނޯންނާނެ. އޭނާއަށް ވޯޓުދިންމީހުން އޮޅި، މައިންބަފައިން އޮޅި، ދުޝްމަނުންނާ ރައްޓެހިންއޮޅޭނީ ވަރަށް މޮޔަވީމަ.

The name is already taken The name is available. Register?

ޖެއިލަރު ސާހަބް

23 August 2016

މިވަގުތަކީ އިދިކޮޅު ސިޔާސީފިކުރުގެ ވީހާ ގިނަ ބަޔަކު ފިސާރި ކެރިގެން "ކުށަކާނުލާ" ޖަލަށް ވަންނަންވީ ވަގުތު. ސިޔާސީގޮތުން ކުފޫ ހަމަވާ އެއްވެސް ބަޔަކު މި ފުރުސަތު ނަގައެއްނުލާނެ. މިނިވަންކަމާ ހައްގަކީ ގުރުބާނީގެ ގަހުގަ އަޅާ ފޮނި މޭވާއެއް. ބިރުން ފިލާތިބެގެނެއް އެކަންކަމެއް ނުލިބޭނެ.

The name is already taken The name is available. Register?

އަލީ

23 August 2016

ހިމާޔަތް ދިންލެއް ބޮޑުކަމުން މީހަކު 9 މަސްވަންދެން އެކަހެރިކޮށްފައި ބަހައްޓަވަން ތިޔަ އުޅުއްވަނީ؟ ތިޔަ ގޮތަށް ރަގަޅުވާނީ ހިމާޔަތް ނުދިނިއްޔާ!

The name is already taken The name is available. Register?

ޖަލުމީހާ

23 August 2016

ތިޔައީ އެ.މް.ޑީ.ޕީ މީހުން މަހުލޫފަށް ދިން ހަދިޔާއެއް. އެމީހުން ކަލެއަށް ބޭރުފުށުން ތަޢުރީފްކޮށް ތިޔައީ ވަރަށް ގަޓުހުރި މީހެއް ކަމަށްބުނެ އެންމެ ކުރިޔަށް ނެރުނީމަ ކަލެއަށް ހީވީ އަލްހާނަށް، ނާޒިމަށް، އިމްރާނަށް، އަލީވަހީދަށް ވީހެން ދެން ވެރިކަމަށް އަންނާނީ ތިމަންނާއޭ. އެހެން ހިތައި ވަރަށް ވެނބޫ ހެދިފައި ހުރީ. މިއަދު އެމް.ޑީ.ޕީ. މީހުން އެތިބެނީ ބޭރުފުށުން ކަލޭ ސަލާމަތްކުރާށޭ ކިޔާފައި އެތެރެފުށުން ހިނިއައިސް ބަންޑުން ޖެހިފައި. ދެން ޖަލުގައި އެކަނިހުރޭ. ތިޔަތަނުގައި ނުޖެހޭ ކޮންމެހެން ބަޔެއްގެ ތެރޭގައި ބަހައްޓާކަށް. ތިޔަތަނަށް ކިޔަނީ ޖަލު. ޖަލަކީ މުޖުތަމަޢުގެ އަފުރަދުންނާއި އެކަހެރިވުމެއް. ދެން ބޭނުންހާ އެއްޗެއް ކާކަށް ދޭކަށް ނުޖެހޭނެ. ތިޔައީ ޖަލު. ތިޔަތަނުން ކެވޭނީ ޖަލުކޮއްތު. ތިޔަތަނަށް ދިޔައީ ގެއިން ކާންނުލިބިގެން ދަޢުލަތުން މީރު ކާއެއްޗެތި އަގުބޮޑުކޮށް ކާންވެގެންތަ؟؟

The name is already taken The name is available. Register?

ނުފެންނަ އެކުވެރިޔާ

23 August 2016

އަޅުގަޑު ބުނެލާން އޮތީ ކެއްކޮލާށޭ މަހުލޫފްއޭ އިރާދަ ކުރެއްވީޔާ ތިއީ ހެޔޮފާލެކޭ މިގައުމުގަ ވެރިކަންކޮށްލަން ލިބޭ އެކަމުގެ ހެއްކަކީ މިގައުމުގަ އެންމެފަހުން ވެރިކަންކުރި ތިންރައީސުންވެސް ތިގޮތަށް ސިޔާސީ ހަރަކާތުގަ ހައްޔަރުކޮށް އޮތުމޭ މަހުލޫފަށް ވަރަށްސަލާން

The name is already taken The name is available. Register?

ހީނާ

23 August 2016

ޖަލަކީ ފަސްތަރީގެ ހޮޓަލެއްނޫން.......... އިންސާނީ ކަރާމާތް ހިފަހަށްޓަން ޖެހޭކަން ގަބޫލްކުރަން...... ޖަލުގޮޅިޔަށް ވަނުމަށްފަހު އައްބެއެކޭ ޗާރޭކޭ މަހޫ އެކޭ ވާނީ ހަމަހަމަ ..... އަމިއްލަ ގޭގަ އަހަރުމެން މިތިބެނީ އެހެންވެގެން .... މަންޑޭލާ އޮންނެވި ގޮޅިޔާ ރައީސް ނަޝީދު އޮންނެވި ގޮޅީގެ ފޮޓޯއެއް ނާޒްއަށް ދެއްކުން އެދެން

The name is already taken The name is available. Register?

ގޮމަފުޅު

23 August 2016

ހެހެހެ ޙާއްޞަ ޙިމާޔަތުގައި. މި މީހުން ހީކުރަނީ ދިވެހީންނަކީ ހަމަ ބުއްދި ނެތް ބައެއްކަމަށް ދޯ! ފުލުހުންގެ ބެރިކޭޓް މަތިން ފުންމާލި ބުޅާ ކޮބައިތަ؟؟ މިއަދު ބޮޑު ޓައި އަޅައިގެން ތަންމިނަށް އަނގަ ހުޅުވައިގެ މަވަރުގެ މީހެއްނެތޭ ބުނާ ބީދައިން ޤައުމު ސުންނާފަތި ކުރަމުން ދާ އިރު ހީވަނީ މީ ތިމަންނަގެ އަމިއްލަ ތަރިކަ ހެން. ޚާއްޞަ ޙިމާޔަތެއް ދޭ ވާހަކަ ބުނުމުން ދޭހަވަނީ ތިޔަ ޖަލަކީ ހަމަ ޙަޤީޤަތުގައިވެސް ބިރުވެރި ނާމާން ތަނެއްކަން. ތި ތަނުގައި އިންސާނިއްޔަތާ ޚިލާފް އެތައްކަމެއް ކުރަމުން ގެންދާކަން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454