ހަބޭސް ބޮޑުބެރު ބޭންޑުން ދިން ޝޯއެއްގެ ތެރެއިން.
21 ޖެނުއަރީ 2019 - 12:26
ރާއްޖޭގެ މިއުޒިކީ ދާއިރާގެ ފަންނާނުންނަށް ހާއްސަކޮށްގެން މިރޭ ހާއްސަ ފޯރަމެއް ބާއްވަން ނިންމައިފި އެވެ
ނެޝަނަލް ސެންޓަ ފޮ ދި އާޓްސް (އެންސީއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ ފޯރަމް އޮންނާނީ ޔޫތު ސެންޓަރުގައި، މިރޭ 8:45 ގަ އެވެ.
އެންސީއޭ އިން ބުނި ގޮތުގައި މި ފޯރަމަކީ މިއުޒިކީ ދާއިރާ ކުރިއެރުވުމަށް ކުރާ މަސައްކަތަށް ދާއިރާގެ ފަންނުވެރިިންގެ ހިޔާލު ހޯދަން ބާއްވާ ފޯރަމެކެވެ. ފޯރަމްގައި މިއުޒިކީ ފަންނާނުންނާއި ސަގާފީ އަދި ޒަމާނީ މިއުޒިކް ގްރޫޕްތަކާއި ސަގާފީ އަދި ޒަމާނީ ނަށާ ގްރޫޕްތަކާއި ސްޓޫޑިއޯ ފަންނާނުންނަށް ވެސް ބައިވެރިވެވޭނެ އެވެ.
މިއީ ރާއްޖޭގެ މިއުޒިކީ ފަންނާނުންގެ ހިޔާލު ހޯދަން މިގޮތަށް ބާއްވާ ފުރަތަމަ ފޯރަމެވެ.
އެންސީއޭ އިން ބުނި ގޮތުގައި ފޯރަމްގައި ހޯދާ ހިޔާލުތަކުގެ އަލީގައި ކުރިއަށް އޮތް ތަނުގައި މި ދާއިރާގެ ކުރުއެރުމާއި ތަރައްގީ އަށް ޕްރޮގްރާމަތަކެއް ހިންގާނެ އެވެ.
އެންސީއޭ މިފަހުން އަންނަނީ ރާއްޖޭން ބޭރުގެ އެކިއެކި މިއުޒިކް ފެސްޓިވަލްތަކުން ވެސް ދިވެހި ފަންނާނުންނަށް ފުރުސަތުތައް ހޯދައި ދެމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަބީދު
21 January 2019
ދިވެހި މުނިފޫހި ފިލުވުގެ ދާއިރާ ރަގަޅުވާނީ އެއްފިލްމު ކުޅެފަ އަނެއް ފިލްމު ޑައިރެކްޓްކުރާ ސިލްސިލާ ނިމުމަކަށް އައިސްގެން. މޮޅެތި ވާހާކަ ލިއުންތެރިންނާ ޓެކްލިކަލީ އެކަމަގާބިލު ގިނަ ބަޔަކު އުފެދިގެން. ތަރިންނަކީ މީހުން ބަލައިގަންނާނެ ރަގަޅު އަޚުލާގީ މިންގަޑެއް ވަކިފެންވަރެއްގައި ހިފަހައްޓާ ބަޔަކަށް ވެގެން. އެންމެ ޓޮޕް އެކްޓަރު މަގުމަތީ ރައްޓެހިންނާއެކު ސިގިރެޓެއް ހިފައިގެން ހުރީމަ ކަމަކުނުދާނެ.
ނަގިއްޔާ
21 January 2019
އަޅުގަޑާ ދިމާވި އިންޑިއާމީހަކު އެއްދުވަހު ބުނި. މިގައުމުގެ އެއްވެސް ސަގާފަތެއް ނޯވޭދޯއޭ. ޓީވީން ފެންނަ ފިލްމުތައްވެސް އެއީ ކޮންމެވެސް ހިންދީފިލްމެއްގެ ކޮޕީއޭ. ލަވަތައްވެސް އަބަދު އަޑުއިވެނީ ހިންދީލަވައިގެ ރާގުތަކޭ. ބައެއް އެކްޓަރުންވެސް ފެންނަނީ ބޮލީވުޑް ބޮޑެތި އެކުޓަރުންގެ އެކުޓް ކޮޕީކޮއްފައި ހުންނަތަނޭ. ރާއްޖެ މީ އަސްލު އިންޑިއާގެ ބައެއްހޭ. އަޅުގަޑަށް ނޭގުނު ބުނާނެ އެއްޗެއް.
ފާތުމާ
21 January 2019
ބޭކާރު ކަމެށް
ާއަދުރޭ
21 January 2019
ނޭޝަނަލް ސެންޓަރ ފޮ ދި އާޓްސް އަކީ ސަރުކާރުން ދިވެހިންނަށް ދިވެހިއްޔަތު ގެއްލި ދިޔަ ނުދިއުމަށްޓަކާ ދިވެހިންގެ ހުނަރު ޑްރާމާ ޔާ މިއުޒިކް ފިލްމު މިހުރިހާ ކަމެއްގެ ތެރޭން ދިރުވާ އާލާ ކުރުމަށް އުފައްދަވާފައިވާ މަރުކަޒެއް. ޝައްކެތް ނެތް ގޮތުގައި މިނިވަންކަން ދެމި އޮތުމަށްޓަކާ އެބައެއްގެ ވައްޓަފާޅިއާ ހުނަރު ދިރުވަންޖެހޭ އިންޑިޔާ ފަދަ ޤަވުމު ތަކުން ބޮޑު ޚަރަދު ކޮއްގެން އެ ޤަވްމު ތަކުގެ ކަލްޗަރަލް ސެންޓަރ ތައްވެސް އެހެން ތަންތަނުގައި ހިންގަނީ މިހެންވެ.