ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފައި
21 ޖެނުއަރީ 2019 - 16:27
އެކި ކުށްތައް ސާބިތުވެ ދިގު މުއްދަތެއްގެ ޖަލުހުކުމެއްގައި ހުރި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ފަރުވާ ދޭން ހޮސްޕިޓަލުގައި ބޭއްވުމަށް ފަހު، ޖަލަށް ގެންދިޔައީ ހޮސްޕިޓަލުން ދޫކޮށް ނުލަނީސް ކަމަށް އާއިލާއިން ތުހުމަތު ކޮށްފި އެވެ.
އަދީބު އާއިލާއިން މިިއަދު ނެރުނު ބަޔާނުގައި ތުހުމަތުކޮށްފައި ވަނީ ހޮސްޕިޓަލުން ޑިސްޗާޖްކޮށްފައިވާ ކަމަށް ބުނެ، ކަރެކްޝަނަލް ސާވިސްގެ އޮފިސަރުން އަދީބު އޮންނެވި ކޮޓަރިއަށް ވަދެ ހަރުކަށި އިބާރާތުން ވާހަކަ ދެއްކި އިރު ޑިސްޗާޖް ސަމަރީ ވެސް އެ އޮފިސަރުންގެ އަތުގައި ނެތް ކަމަށެވެ. އަދީބު ހޮސްޕިޓަލުން ޑިސްޗާޖްކުރިކަން އާއިލާއަށް އޭރު ނުވެސް އިނގޭ ކަމަށް ވެސް ބަޔާނުގައި ތުހުމަތުކޮށްފައިވެ އެވެ.
ނަމަވެސް ކަރެކްޝަނަލް ސާވިސްގެ ސީނިއާ ޕްރިޒަންސް އޮފިސަރު އަހުމަދު ލުގްމާން ވިދާޅުވީ އެއީ ދޮގެއް ކަމަށެވެ.
"އެއީ ކަނޑައެެޅިގެން ދޮގެއް، އަޅުގަނޑުމެން އޭނާ ޖަލަށް ގެންދިޔައީ ހޮސްޕިޓަލުން ޑިސްޗާޖް ކުރީމާ،" އޭނާ ވިދާޅުވި އެވެ.
އަދީބުގެ އާއިލާއިން ނެރުނު ބަޔާނުގައި ކަރެެކްޝަނަލް ސާވިސްގެ ބައެއް އޮފިސަރުންގެ ނަން ހާމަކޮށް، އެ އޮފިސަރުން ހަރުކަށިކަމާ އެކު އަދީބާއި އާއިލާއާ މެދު އަމަލުކުރި ކަމަށް ތުހުމަތުތައް ކޮށްފައިވެ އެވެ. އެގޮތުން ބުނެފައި ވަނީ އޮފިސަރުން ހަރުކަރިކަން ދެއްކި އިރު ޖަލަށް ވަޑައިގެންނެވުމަށް އަދީބު ދެކޮޅު ވެސް ނުހައްދަވާ ކަމަށާއި އޭނާ އާއި އާއިލާއިން އެެދެމުން ދިޔައީ ޑިސްޗާޖް ސަމަރީ ދެއްކުމަށް ކަަމަށެވެ.
އަދީބު ޖަލަށް ގެންދިއުމުގެ ކުރިން އާއިލާއިން އޭނާއާ ވާހަކަ ދައްކާލާނެ ފުރުސަތު ވެސް ދީފައި ނުވާ ކަމަށް ވެސް ބަޔާނުގައި ތުހުމަތުކޮށްފައި ވެ އެވެ.
"...އަދީބު ގެންދިއުމާ ހަމައަށް، އަދީބަށް ފަރުވާދިން ކޮޓަރި ތަޅުލާފައި ހުރުމުގެ އިތުރުން އާއިލާގެ ފަރާތްތަކަށް އަދީބާއި ސަލާމްކޮށްލާ، އަނގައިން ބުނުމުގެ ފުރުސަތެއް ވެސް ދީފައެއް ނުވެ އެވެ،" ބަޔާނުގައި ބުނެފައި ވެ އެވެ.
އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފައި ދުވަސްތަކެއް ވަންދެން ބޭއްވުމަށް ފަހު އަދީބު ގެއަށް ބަދަލު ކުރީ ޑޮކްޓަރުުން އެގޮތަށް ލަފާ ދެއްވުމުންނެވެ. ގޭގައި ބާއްވަން ޑޮކްޓަރުން ލަފާ ދެއްވި މުއްދަތު ހަމަވުމާ އެކު އެމަނިކުފާނު ޖަލަށް ބަދަލު ކުރުމުން އަނބިކަނބަލުން ނަޝްވާ ވަނީ އެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަނަށް ހުށަހަޅުއްވައިފަ އެވެ. ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެފައިވާ ގޮތުގައި ޓެރަރިޒަމާއި ހިޔާނާތުގެ ކުށްތައް ސާބިތުވެ ކްރިމިނަލް ކޯޓުން 33 އަހަރުގެ ހުކުމެއް އިއްވާފައިވާ އަދީބު، ދެ މަހަށް "ހޯމްލީ އެންވަޔަރަމެންޓެއް" ގައި ބަހައްޓަން ޑޮކްޓަރު ލަފާދެއްވީ އޮކްޓޯބަރު 24، 2018 ގަ އެވެ. ނަމަވެސް މިދިޔަ މަހުގެ 24 ވަނަ ދުވަހުގެ ފަހުން އެގޮތަށް ޑޮކްޓަރު ލަފާ ނުދެއްވާ ކަމަށް ވިދާޅުވި އެވެ. އެކަމާ މެދު ހިތްހަމަޖެހިވަޑައިނުގެން ނަޝްވާ ވިދާޅުވެފައި ވަނީ އަދީބު ގޭ ބަންދަށް ބަދަލުކުރީ މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. އަދި ސާޖަރީއަށް ފަހު ރިކަވަރީ އަށް އާއިލާ ގާތުގައި 6-8 ހަފުތާ އަށް ބެހެއްޓުމަށް ޑޮކްޓަރުު ލަފާ ދެއްވާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޙުމަދު
22 January 2019
އާއިލާއިން ތި ނެރޭބަޔާން ތަކާ ދައްކާވާހަކައިގެ ބޮޑުބައިގަ ހިމެނެނީ ހުސްދޮގު، ތި އާއިލާ އިން ބޭނުންވަނީ ކޮންމެވެސް ބަހަނާއެއް ދައްކައިގެން އަދީބު ހޮސްޕިޓަލުން އަބަދުވެސް ގެއަށްގެންދިއުން. ރައްޔިތުންގެ މުދަލާފައިސާ އަށް އަދީބު ވެފަހުރި ބޮޑެތި ޚިޔާނާތްތަކާ ހިންގާފަހުރި ބޮޑެތި ޖަރީމާތަކުގެ ވާހަކަ ވެސް ދައްކަބަލަ، ކޮންމެހެން ޑިސްޗާޖް ސްލިޕެއްނެތޭ ސިސްޓް ހުރިއްޔޭ ގުލަކޯމާ ޖެހެނީއޭ ކިޔާނެ ކަމެއްނެއް. ރައްޔިތުންގެ ފައިސާތަކެއް ފެނުނީމަ މޮޔަވީ.
އޮޑިބެ
22 January 2019
ތިއީ، ކަނޑަ އެޅިގެން ދޮގެއް. އާއިލާއިން އަދީބާއި ގުޅޭގޮތުން ދޮގު މައުލޫމާތު ފަތުރަމުން ގެންދިއުމަކީ ހިތާމަ ހުރި ކަމެއް. ތިޔަފަދަ ހަގީގަތާ ހިލާފު ވާހަކަތައް ދެއްކުން ވަގުތުން ހުއްޓާލުމަށް ގޮވާލަން.
މައްސަލަ
21 January 2019
އަދީބަކީ އެތައް ގޮތަކުން ކުއްވެރިއެއް. އޭނަ އޮންނަން ޖެހޭނީ ޖަލުގަ
ދޮންފުތު
21 January 2019
އާއިލާއިން ތުހުމަތު ނުކުރޭތަ އަދީބު ޖަލަށް ލީ ކުއްވެރިނުވަނީސް ކަމަށް
މާޓިން ބަޝީރު
21 January 2019
ކުއްވެރިއަކަސް އެހެންމީހަކަސް ޕާޓީ ހެދުމުން ގައުމުގެ ވެރިއަކަށް ވުމުގެ ފުރުސަތު އެބައޮވޭ. އަދީބު ފަދަ ބޮޑު ކުއްވެރިއަކު މިގައުމުގެ ރައީސަކަށް އަތުވެއްޖެއްޔާ މިގައުމަށް މީހުން ޖޯކުޖަހަން ފަށާނެ. ގައުމުގެ ނަންވެސް ބަދަލުވާނެ. އޭރުން ކިއާނީ "ސްޓީލިން ޕެރެޑައިސް"
ނަޝްވާ
21 January 2019
އަދީބަކީ ހަމަ ޖުގައި އޮންނަންޖެހޭނެ މީހެއް. އާޅެފަހެ ކުއްވެރިއަކު ބަލައިގޮސް ނަޝްވާގެ ހުއްދަ ހޯދަން ކަރެކްޝަންގެ މީހުންނަށް ޖެހޭނެބާ. މިއީ ވަރެއްގެ އަދީބެއް. މުޅިގައުމު ކާލާފަ ދެންވެސް އެއުޅެނީ ޕާޓީއެއްްހަދައިގެން ގައުމި ބިރުވެރިކަމެއްގެ ތެރެއަށް ގެންދަން. މީނާ ގެ އަތުގައިވާ މުއްސަދިކަމަކީ ކޮންގޮތަކުން ހޯދި އެއްޗެއް.?
ގރހި
21 January 2019
ރަނގަޅުވާނެ
އިންކްރެޑިބަލް މޯލްޑިވްސް
21 January 2019
ދޭތެރެ ދޭތެރެއިން މަގުމަތިން ފެނޭ ހުދުހެދުމުގަ ޓައިއަޅާފަ އޮންނަ ބޮޑުގުރޫޕެއް ބޮޑުލައިނަކަށް ތިބެ ކޮންމެވެސް ތަނަކަށް ދާތަން. ފަހުން އެގުނު ގޮތުގައި އެއީ ޖަލުގައިއޮށް ކުއްވެރިއެއްގެ ޕާޓީގެ މެންބަރުން އެބޭފުޅާ މާލެ ގެންނާތީ ހަރަކާތްތެރިވަނީ. ކޮން އިސްލާމީ މުޖުތަމައެއްގަތޯ ކުއްވެރިއަކަށް ހުރެ ޕާޓީއެއްހަދާ އެޕާޓީގެ ރައީސަކަން ކުރެވޭނީ.
ގޮތްކުޑޭ
21 January 2019
ބޮޑު ކަމެކޭ ދެންމިއޮތީ!
އޭނާ
21 January 2019
މީހާދާހާ ވާ ބޮޑުކަމެކޭ. އަދީބު މީ ޕްރިންސް އޮފް ޕްރިސަނާތަ! ހާދަ ބޮޑު ހައްގެއް ގެއްލިގެން އުޅޭހެން މިއުޅީ. ކޯޓް ވެއްޖެއްނުން ކުއްވެރިއަކަށް ޕާޓީ ހެދޭނެ މަރުހަލާ ރައްޔަތުންނަށް އަންގާދެން. ނުވަތަ މިކަން މިގޮތަށް ކުރެވުނުގޮތް ބަލާދެން