"ޕީރިއަޑް. އެންޑް އޮފް ސެންޓެންސް" ގެ ޕޯސްޓަރެއް.
24 ޖެނުއަރީ 2019 - 07:27
ގިނަ އަހަރުތަކަކަށް ފަހު އޮސްކާ އެވޯޑްސްގެ ނޮމިނޭޝަނެއް އިންޑިއާގެ ފިލްމަކަށް ލިބިއްޖެ އެވެ. މި އަހަރު ބާއްވާ 91 ވަނަ އޮސްކާ އެވޯޑްސްގެ ޑޮކިއުމަންޓްރީ ޝޯޓް ކެޓަގަރީ އަށް ނޮމިނޭޓްވީ ރޭކާ ޒެތާބްޖީ ޑައިރެކްޓްކޮށްފައިވާ 26 މިނިޓްގެ ކުރު ފިލްމު "ޕީރިއަޑް. އެންޑް އޮފް ސެންޓެންސް" އެވެ. "ދަ ލަންޗް ބޮކްސް" އާއި "މަސާން" ފަދަ މޮޅެތި ފިލްމުތައް ގެނެސް ދިން ޕްރޮޑިއުސަރު ގުނީތު މޮންގާ ޕްރޮޑިއުސްކޮށްފައިވާ "ޕީރިއަޑް. އެންޑް އޮފް ސެންޓެންސް" އަކީ އިންޑިއާގެ ރަށްފުށުގެ އަންހެނުންގެ މައްސަރުގެ މައްސަލަތަކަށް ހައްލެއް ހޯދައި ދިނުމުގެ ގޮތުން ސެނިޓަރީ ނެޕްކިން ފޯރުކޮށް ދޭން ކުރާ މަސައްކަތުގެ މައްޗަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ.
OMG!! Here we are ❣️ watch out for us #Periodendofsentence !! https://t.co/QMvANAGIjt
— Guneet Monga (@guneetm) January 22, 2019
މި ފިލްމަކީ އިންޑިއާގެ އުފެއްދުމެއް ކަމަށް ވިޔަސް ފިލްމުގެ ޑައިރެކްޓަރު ރޭކާއަކީ އިރާން ދަރިކޮޅުގެ އެމެރިކާ ޑައިރެކްޓަރެކެވެ. އޮސްކާގެ ބެސްޓް ޑޮކިއުމަންޓްރީ ޝޯޓް ކެޓަގަރީ އަށް "ޕީރިއަޑް. އެންޑް އޮފް ސެންޓެންސް" އަށް ފިލްމު ނޮމިނޭޓްވުމުން މީގެ ޕްރޮޑަކްޝަން ޓީމުން ވަނީ ޓްވިޓާގައި އުފާފާޅުކޮށް އެވެ. އެންމެ މޮޅު ޑޮކިއުމަންޓްރީ ޝޯޓް ކެގަރީ އަށް ފިލްމު ނޮމިނޭޓްވުމުގެ ކުރިން، އެ ކެޓަގަރީ އަށް ޝޯޓްލިސްޓް ކުރި 9 ފިލްމުގެ ތެރޭގައި ވެސް "ޕީރިއަޑް. އެންޑް އޮފް ސެންޓެންސް" ހިމެނެ އެވެ. މި ފިލްމާ އެކު އެ ކެޓަގަރީ އަށް ދެން ނޮމިނޭޓްވި ފިލްމުތަކަކަކީ "ޑިޓެއިންމެންޓް"، "ފޯވް"، "މާގްރެއިޓް"، "މަދާ" އަދި "ސްކިން" އެވެ.
ދެން އޮތީ އަންނަ މަހުގެ 24 ގައި ބާއްވާ އޮސްކާ އެވޯޑްސް ހަފުލާގައި "ޕީރިއަޑް. އެންޑް އޮފް ސެންޓެންސް" އެވޯޑް ހިއްލައިލެވިދާނެތޯ ބަލައިލަން މަޑުކޮށްލުމެވެ.
މި އަހަރުގެ އޮސްކާގެ ފޮރިން ލެންގްއޭޖް ފިލްމު ކެޓަގަރީ އަށް އިންޑިއާ އިން ފޮނުވީ އައްސާމީ ބަހުން އުފައްދާފައިވާ "ވިލެޖް ރޮކްސްޓާޒް" އެވެ. އެކަމަކު އެ ފިލްމު ވަނީ ޝޯޓްލިސްޓް ކުރި ފިލްމުތަކުގެ ތެރޭގައި ވެސް ލައްވައި ނުލައި ކަޓައިގެން ގޮސްފަ އެވެ.
މި ފަހަރު އެންމެ މޮޅު ބޭރު ފިލްމަކަށް ވާދަ ކުރަނީ އޮސްކާގެ އެންމެ ގިނަ ނޮމިނޭޝަން ވެސް ލިބުނު އަދި އެންމެ އެންމެ މޮޅު ފިލްމާ އެކު ޖުމްލަ 10 ކެޓަގަރީއަކުން ނޮމިނޭޓްވި މެކްސިކޯގެ "ރޯމާ" އެވެ. އެ ފިލްމާ ވާދަ ކުރަނީ ޖަޕާންގެ "ޝޮޕްލިފްޓާސް"، ލުބުނާންގެ "ކެޕަނޯން"، ޖަރުމަންގެ "ނެވަ ލުކް އަވޭ" އަދި ޕޮލެންޑްގެ "ކޯލްޑް ވޯ" އެވެ.
މިހާތަނަށް އޮސްކާގެ ފޮރިން ލެންގްއޭޖް ކެޓަގަރީ އަށް ނޮމިނޭޓްވީ އިންޑިއާގެ ތިން ފިލްމެކެވެ. އެއީ ނަރްގިސް ދަތުގެ މަދާ އިންޑިޔާ (1957)، މީރާ ނައިރްގެ ސަލާމް ބޮމްބޭ (1988) އަދި އާމިރު ޚާންގެ ލަގާން (2001) އެވެ.
ނަމަވެސް މިއިން އެއްވެސް ފިލްމަކަށް އެވޯޑެއް ލިބިފައެއް ނުވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަގިއްޔާ
24 January 2019
ފުރަތަމަ ބޮޑު ހަގުރާމައިގެ ދުވަސްވަރު ފިލްމު ކުޅެންފެށި ބަޔާކާ އަޅާ ބަލާ އިންޑިއާގެ ފިލްމް އިންޑަސްޓްރީ އުޅެނީ މާބޮޑަަށްވެސް ފަހަތުގަ. ބޮލީވުޑް ފިލްމު އިންޑަސްޓްރީއަކީ ބޮޑު މެލޮޑްރާމާ އުފައްދާ ކުންފުންޏެއް. ދެން ޓެމިލް ފިލްމް އިންޑަސްޓްރީ... ފިޒިކްސްގެ ބައްޕަ ނިއުޓަންމެން ލޮލަށް ނިންޖެއް ނާންނާނެ އެމީހުން ކުރާ ކަންތަކުން. ތަޅާ މަންޒަރުތަކުގަ ބަޑީގެ ވަޒަނައްވުރެ ބާރަށް ފިލްމުގެ ހީރޯ އެބަދަތުރު ކުރޭ.
ނުޒުފާ
24 January 2019
ނޮމިނޭޓްވުމުގެ ކުރިން ޝޯޓްލިސްޓްވި 9 ފިލްމުތެރޭވެސް ހިމެނުނޭ؟ ބަލަ ލިޔާނެ އެއްޗެއް ނޭނގިގެންތަ ތިޔަ އުޅެނީ؟ ޝޯރޓްލިސްޓްނުވެ ކިހިނެއްތަ ނޮމިނޭޓްވާނީ؟ އިބޫ ރައީސަކަށްވުމުގެ ކުރިން އިންތިޚާބުގައި ވާދަކުރިއޭ ބުނުން ކަހަލަ ކަމެއް