އިމިގްރޭޝަނުން ބަޔަކަށް ޚިދުމަތް ދެނީ: ބިޒްނަސް ވިސާގައި އެތެރެވުމަށް ދޭ މުއްދަތު 30 ދުވަހަށް ވަނީ އިތުރު ކޮށްފަ-- ފޮޓޯ/މިހާރު
24 ޖެނުއަރީ 2019 - 14:46
އީމެއިލް މެދުވެރިކޮށް، އާދިއްތަ ދުވަހުން ފެށިގެން ޕާސްޕޯޓަށް އެދެވޭނެ ކަމަށް އިމިގްރޭޝަނުން މިއަދު ބުނެފި އެވެ.
އިމިގްރޭޝަނުން ކުރިން އޮތީ އީމެއިލް މެދުވެރިކޮށް ޕާސްޕޯޓް ޚިދުމަތަށް އެދެވޭނެ އިންތިޒާމް ހަމަޖައްސަން ނިންމިކަން އިއުލާންކޮށްފަ އެވެ.
އިމިގްރޭޝަނުން މިއަދު ކުރި އިއުލާނުގައި ބުނީ ޕާސްޕޯޓަށް އެދި ހުށަހަޅާ ލިޔުންތައް ފޮނުވަން ޖެހޭނީ އީމެއިލްގެ ސަބްޖެކްޓްގައި، ޕާސްޕޯޓަށް އެދޭ ފަރާތުގެ ފުރިހަމަ ނަމާއި އައިޑީކާޑު ނަމްބަރާއި ގުޅޭނެ ނަމްބަރު ހިމެނޭ ގޮތަށް ކަމަށެވެ.
އީމެއިލް މެދުވެރިކޮށް ޕާސްޕޯޓަށް އެދޭއިރު، ޕާސްޕޯޓަށް އެދޭ ފޯމާއި އައިޑީކާޑުގެ ކޮޕީ އާއި 10 ރުފިޔާގެ ރެވެނިއު ސްޓޭމްޕްގެ އިތުރުން އެންމެ ފަހުން ހަދާފައިވާ ޕާސްޕޯޓްގެ ޑޭޓާ ޕެކޭޖްގެ ކޮޕީ އާއި ޕާސްޕޯޓް ސައިޒްގައި އެއް މަސް ހަމަނުވާ ފޮޓޯއެއް ހުށަހަޅަން ޖެހޭނެ ކަމަށް އެ އިއުލާނުގައިވެ އެވެ.
އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) ދާދިފަހުން ވިދާޅުވެފައިވަނީ އޮންލައިން ޕޯޓަލެއް މެދުވެރިކޮށް ޕޯސްޕޯޓަށް އެދެވޭނެ އިންތިޒާމެއް ވެސް މިއަހަރު ނިމުމުގެ ކުރިން ހަމަޖައްސަން މިއަހަރު މަސައްކަތް ކުރަމުން ގެންދަވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕާސްޕޯޓު
25 January 2019
އީމެއިލް މެދުވެރިކޮށް ކޮރަޕްޝަނާއި ހިއުމަން ޓެރެފިކިންގެ މައްސަލަ ހައްލުވާނެގޮތެއް ވާނެތޯ؟
ރާއްޖެ
25 January 2019
ފޮޓޯ ނަގަން ވަކި ތަނަކަށް، ފޮޓޯކޮޕީ ނަގަން ތަނަކަށް، ސްޓޭމްޕް ގަންނަން ވަކި ތަނަކަށް. ޙުރިހާ އެއްޗެއް ހަމަ ކޮއްފަ ސްކޭންކޮށް މެއިލް ކުރުމަށް ފަހު ފައިސާ ދައްކާތާ 2 ދުވަސް ފަހުން ޕާސްޕޯޓް ލިބުނީމަ ތިއޮތީ ވަރަށް ފަސޭހަކޮއްދެވިފަ.
ޕޮކަންޑިމޭން.
24 January 2019
ސާބަހޭ ރައީސް ޔާމީން.
ސުއުދު
24 January 2019
ޕާސްޕޯޓު ފަދަ މުހިންމު ކަންތައް ތައް ފަސޭހަ ވާއިރު އަދިވެސް އެއަރ ޕޯޓު ފާސް ހެދުމާ ފާހައް އެޕުލައިކުރުން އަދި ފާހައް ފައިސާ ދެއްކުން ބޮޑު ވޭނަކައް ވެފަ ..މިކަން އަދިބޮޑައް ތަހައްމަލުކުރަން ޖެހެނީ އެއަރ ޕޯރޓުގައި މަސައްކަތް ކުރާ މުއައްޒިފުންނައް
ކިމް
24 January 2019
މިހާރު ރާއްޖޭގައި އެންމެ އުދަގުލީ އެއަރ ޕޯޓު ފާސް ހެދުން..ތަނުގެ މުއައްޒަފަކައްވެސް ފާހައް އެދޭތާ 2 ހަފުތާ ވާއިރުވެސް ނެހެދޭ ..
ސީރާ
24 January 2019
އަދިވެސް 60 ހުގަތަ؟ ކޮން ރެވެނިއޔ ސްޓޭންޕެއްތަ؟ ތިގަންނަން އަނެއްކާ ތަނަކަށް ދާންޖެހުނީމަ ކޮބާތަ ލުއިފަސޭހަ ވެފަ
ގަދަ
24 January 2019
ރެވެނިއު ސްޓޭމްޕުވެސް އީމެއިލް އިންތަ ފޮނުވަންޖެހެނީ. ކީއްކުރާ ސްޓޭމްޕެއްތަ އެއީ. އަގަށް 10 ރުފިޔާ އިތުރުކޮށްލަބެލަ. އޭރުން އެނިމުނީނު. ސްޓޭމްޕް ހޯދުންވެސް އޮންނަނީ މިހާވަގުތު ނެތިގެން އުޅޭއިރު ބޮޑުކަމަކަށްވެފައި.
ރުބެލް
24 January 2019
އަހަރެންވެސް އީމެއިލް ކުރީމަ ޕާސްޕޯޓު ހެދެނީތަ؟ އަހަރެން ޕާސްޕޯޓު ގެއްލެނީ.
ސްމާ
24 January 2019
ކީއްކުރާ 10 ރ. ސްޓޭމްޕެއް ތަ؟ 10 ރުފިޔާ ޕާސްޕޯޓް ފީގެ ތެރޭގައި ހިމެނީމަ ފޯމު ހުށަހަޅަން ވެސް ފަސޭހަވާނެ އެއް ނޫން! 21 ވަނަ ގަރުނުގައި ސްޓޭމްޕެއް މުހިންމު ވަނީ ކޮން ގޮތަކުން ބާ؟
މަރިޔަމ
24 January 2019
ހިތްގައިމު ޚަބަރެއް. މިފަދަ ޒަމާނީ ވަސީލަތްތައް ބޭނުން ކޮށްގެން ޚިދުމަތް ލިބޭނެގޮތް އެހެން މުއައްސަސާތަކުންވެސް ހަމަޖައްސާނެކަމުގައި ދެކެން.