މޯލްޑިވިއަންގެ މުވައްޒަފުންތަކެއް: އެއާޕޯޓުން ވަނީ ކަރަންޓް ކެނފައި
28 ޖެނުއަރީ 2019 - 20:32
ވެލާނާ އެއާޕޯޓުގެ ޕަވަ ޕްލާންޓަށް ދިމާވި މައްސަލައަކާ ގުޅިގެން އެއާޕޯޓުގެ ޓާމިނަލް ސަރަހައްދުން ކެނޑި، މޯލްޑިވިއަންގެ ފްލައިޓްތައް ޑިލޭވެއްޖެ އެވެ.
We are experiencing power failure @VelanaAirport Passenger Handling Area (Terminal Area), due to ring main fault. Our Technical Teams are working restoring Power for the affected areas.
— MACL (@MACLmedia) January 28, 2019
Sorry for the inconvenience we are trying to rectify this issue at hand as soonest.
އެމްއޭސީއެލް އިން ކުރި ޓްވީޓް
ރާއްޖޭގެ ގައުމީ އެއާލައިނުން ވަނީ ޓްވިޓާ މެދުވެރިކޮށް އެތަނުގެ ހިދުމަތް މެދުކެނޑިފައިވާ ކަމަށް ބުނެފަ އެވެ.
"ވެލާނާ އެއާޕޯޓުން ކަރަންޓު ގޮސްފައި ވާތީ އަޅުގަނޑުމެންގެ ފްލައިޓުތަކުގެ ހިދުމަތް ވަނީ ކެނޑިފައި. އަޅުގަނޑުމެން މި އަންނަނީ ކަމާ ގުޅޭ ފަރާތްތަކާ އެކު މި ކަމަށް ވީހާ ވެސް އަވަހަށް ހައްލެއް ގެނައުމަށް މަސައްކަތް ކުރަމުން،" މޯލްޑިވިއަނުން ބުންޏެވެ.
We are experiencing disruption to our flights due to an electrical failure at @VelanaAirport. We are working with all authorities to restore operations and we apologise for any inconvenience this may cause.
— Maldivian (@MaldivianAero) January 28, 2019
މޯލްޑިވިއަނުން ކުރި ޓްވީޓު
ހިދުމަތްތައް މެދުކެނޑުމުން، ކަސްޓަމަރުންނަށް ލިބޭނެ ގެއްލުންތަކަށް މާފަށް އެދިފައި ވެ އެވެ.
ނަމަވެސް އެ އެއާޕޯޓުގައި އޮޕަރޭޓްކުރާ ފްލައިމީ އެއާލައިނުން ބުނީ ކަރަންޓު ދިއުމުން އުނދަގޫތަކަކާ ކުރިމަތި ވީ ނަމަވެސް، އެތަނުގެ ހިދުމަތް މެދުކެނޑިފައި ނުވާ ކަމަށެވެ.
"އަދިވެސް މަސައްކަތް ކުރަމުން މި އަންނަނީ. އެކަމަކު ނޭނގެ ވާނެ ގޮތެއް ކަރަންޓު ނައިސް ގިނައިރުވާ ނަމަ،" ފްލައިމީގެ އޮފިޝަލަކު ބުންޏެވެ.
ކަރަންޓް ކެނޑިފައި އޮންނަތާ ދެ ގަޑިއިރަށް ވުރެ ގިނަ އިރު ވީ ފަހުން މައްސަލަ ހައްލުކޮށް ވަނީ އަލުން ކަރަންޓް ދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖުނީ
29 January 2019
ތީ އަބަދުވެސް ވާ ޑިލޭއެއް. ފަތިހު ފުރަން އޮންނަ އެތި އެބަ ލަސްވޭ 8 ޖަހާ އިރަށް. މެންދުރު އޮންނަ އެތި ހަވީރަށް.
އާހިރާ
29 January 2019
އަަބަދުވެސް ޑިލޭވެފަ އޮންނަނީ! ތި ޑިލޭ ނުވާ ދުވަހެއްބުނެބަލަ!
ރަމީޒު ދެން
29 January 2019
އަދިވެސް ތަންތަނުން ކަނޑާލީމަ ސިޔާސީ މީހުން ކައިރިއަށް ގޮސްގެން، ޕީއާރ މޭނެޖަރުންނަށް މީހުންލާތި. ކަމެއް ބަޔަކަށް ބުނެދޭންޖެހޭ ގަޑީގަ ތީގެ އެކަކުވެސް ނުހުންނާނެ. ވަރަށް ސަލާމް
އަހްމަދު ލައިޝް
29 January 2019
މޯލްޑިވިއަން އިން ބުނެފައި އެއިނީ ހިދުމަތަށް ބުރޫއަރާ ވާހަކަ ޑިލޭވަނީ އެކޭ އެއްނޫން..ފުލައިމީ އަކީ އެންމެ ދެ ބޯޓް އޮޕަރޭޓް ކުރާ އެއަރ ލައިން އެއް އެމީހުނަށް މިކަމުގެ ސަބަބުން މާ އުދަގުލަކާ ކުރިމަތިލާކަށް ނުޖެހޭނެ....މި ދިވެހިންނަށް އަޕްޑޭޓް އެއް ދެވެންވެސް ނޯންނާނެ..
ގާދިރު
29 January 2019
ކަންޓް ހުރިޔަސް ޑިލޭ ނެތަސް ޑިލޭ
އުމަރޭ
29 January 2019
ކީކޭ ބުނާނީ، އިންޓަނޭޝަނަލް އެއާރޕޯޓެކޯމީ... އެހެން ސަރުކާރެއް ނަމަ އެެއްކަލަ އަޑުގަދަކުރާ ޕާރޓީކުދިން އިސްތިއުފާއަށް ގޮވަންފަށާނެ، މިސަރުކާރުވީމަ މިޔޮށްވާ އަންޑަސްޓޭންޑެއްތާ ދޯ؟ ލޮލް
އިހްސާްސް
29 January 2019
ކޮބާ ބެކަޕް އިންޖީނު. މިސަރަހައްދުގެ އެންމެ ވަރުގަދަ އެއާޕޯޓޯ.
މާރަނގާ - އައްޑޫ ސިޓީ
28 January 2019
މޯލްޑިވިއަންގެ ސަބަބުން ދެކުނުގެ ޓްއަރިޒަމްއަށް ލިބޭގެއްލުން ހުއްޓުވަން ދެކުނުގެ ރައްޔިތުން މަސައްކަތް ކުރާންޖެހޭ. * * އެގޮތުން ތ. ޢަދި ލާމް އަތޮޅަށް ދާންޖެހޭ ޓްއަރިސްޓުންނާއި އެއަތޮޅުތަކަށް ދަތުރު ކުރުމަށް ޓިކެޓް ވިއްކާފައިތިބޭ ދިވެހިން ޓިކެޓްގައިވާ ރޫޓިންގ އާއި ގަނޑިތަކާއި މުޅިން ހިލާފަށް މާލެއިން ގަމަށް އަދި ގަމުން ތ. ލާމް އަތޮޅަށް އެންގުމެއްނެތި ކުރާ ދަތުރު ތަކުގެ ބަދަލު ހޯދަންޖެހޭ.
މޫސަ555
28 January 2019
މިމަހު 20 ވަނަދުވަހު މެންދުރު ފަހުގެ މޯލްޑިވިއަންް ހަނިމާދޫ ދަރަވަންދޫ ކައްދޫ ފުލައިޓް ޑިލޭވީ ކޮންތާކުން ކަރަންޓް ގޮސްގެންބާ ކަމެއްވާއިރައް އެހެންމީހުންގެ ބޮލައް ކަނޑާލަނީ
ކީސަ554
29 January 2019
ޑިލޭ ނުވާ އެއަރލައިނެއް ދައްކަބަލަ. މިހާރު މިބުނަނީ މޯލްޑިވިއަންގެ ފުްލައިޓްތަކަށް ބުރޫ އެރީ ކަރަންޓް ގޮސްގެންނޭ... ކޮބާ މީގަ މައްސަލައަކީ..
ތުނބުޅި
28 January 2019
އެހެންބައެއްގެ ފަރާތުން ކަމެއްވީމަ ނިކަން ފޯރި ހުންނާނެ. މޯލްޑިވިއަންގެ ކަމެއްނަމަ ކަހާތަން ހިރުވާވެސް ނުލާނެ. އަދި މާފަށްވެސް އެދެފިއޭ.