ކެލްސީގެ ކޮލުގައި ޖެހި ހެރީގެ ޓެޓޫ ދައްކައިލަނީ.
31 ޖެނުއަރީ 2019 - 07:28
މަޝްހޫރު މީސްމީހުންނާ ހެދި މޮޔަވެފައި ތިބޭ އެ މީހުންގެ ފޭނުން ގަބޫލުކުރަން ވެސް ދަތި ކަންކަން ކުރެ އެވެ. މިވެސް އޭގެ ހާދިސާއެކެވެ.
ނިއުޒިލެންޑަށް އުފަން އެމެރިކާގެ ޒުވާން އަންހެން ލަވަކިޔުންތެރިޔާ ކެލްސީ ކާޓާ ވަނީ އައިޑޮލްއެއްގެ ގޮތުގައި އޭނާ ދެކޭ އިނގިރޭސިވިލާތުގެ ލަވަކިޔުންތެރިޔާ ހެރީ ސްޓައިލްސްގެ ސޫރަ ޓެޓޫއަކުން މޫނުގައި ކުރަހައިފަ އެވެ.
ކުރީގެ މަޝްހޫރު އިނގިރޭސި ބޭންޑް ވަން ޑިރެކްޝަންގެ މެމްބަރުންގެ ތެރޭގައި ހިމެނުނު ހެރީގެ ޓެޓޫ ޖެހީ ކަނާތްފަރާތު ކޯ މަތީގަ އެވެ.
mama, look what i made me do pic.twitter.com/P5HdUWtQUK
— Kelsy Karter (@KelsyKarter) January 27, 2019
ކެލްސީ މޫނުގައި ޖެހި ޓެޓޫއާ އެކު އެކި މީހުން އެކަމާ ގުޅޭ ގޮތުން އެކި ގޮތްގޮތަށް ސޯޝަލް މީޑިއާގައި ކޮމެންޓްކޮށްފަ އެވެ. އެކަމަކު ބަޔަކު ކޮންމެ އެއްޗެކޭ ކިޔަސް އޭނާ އަށް އެއްވެސް މައްސަލައެއް ނެތެވެ.
ESTAS IGUAL JAJAJAJAJAJA pic.twitter.com/06CkdzJM71
— Zoe :D (@LouisCulon7u7) January 28, 2019
ކޮލަށް ހެރީގެ ޓެޓޫ ޖެހުމަށް ފަހު، ކެލްސީ ކުރި ޓްވީޓެއްގައި ބުނީ "މަންމަ އަހަރެން މި ކުރި ކަމެއް ދެކިބަލާށޭ" އެވެ. ޓެޓޫ ޖެހުމުގެ ކުރިން އޭނާ ވަނީ މިކަމަކީ އަންނަ މަހުގެ 1 ގައި ފާހަގަކުރާ ހެރީގެ އުފަން ދުވަހަށް ހާއްސަކޮށްގެން ކުރާ ކަމެއް ކަމަށް ވެސް ބުނެފަ އެވެ.
ކެލްސީގެ ޓެޓޫ ޖަހައި ދިނީ މީގެ ކުރިން ވެސް މަޝްހޫރު ބައެއް ފަންނާނުންނަށް ޓެޓޫ ޖަހައިދީފައިވާ ރޯމިއޯ ލެކޯސްޓެވެ. އޭގެ ތެރޭގައި ޖަސްޓިން ބީބާ، ކެންޑްރިކް ލެމާ، ސްވާއީ ލީ އަދި ޖޭސަން ޗާލްސް ހިމެނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފާޑު ކިޔާ
31 January 2019
ޙަހައްހާ ތީ ނޫން ވައްތަރެއްވެސް
ޓެޓޫބެ
31 January 2019
ތީނައަށްތި ދެވުނީ އައުޓްލައިން ކާޓޫނު ކުރަހަން އެނގޭމީހެއް ކައިރިއަށްދޯ.
ފޮނިޓައްޕު ހަސަނު
31 January 2019
ހުރިގޮތަށް ހުރި ސުނީތާއެއް ދޯ.
ދޮން ހުސޭނު
31 January 2019
ސުނީތާ ޓެޓޫއެއް ނުޖަހާ
ހަމަރު
31 January 2019
މުޅިއުމުރަ ދިކަމާދެރަވާނެ ): !
ލޮލްސް
31 January 2019
ބަލާލަން ރީތި ޓެޓޫ އެއްޖެނިހަމަ، އެ ޓެޓޫ އެ މީހަކާ ވައްތަރެއްވެސް ނޫންވިޔަ!
ތުނިޔަ
31 January 2019
މޮޔަވެދާނެ! ތިޓެޓޫ ވައްތަރީ ތުއްތު ކުއްޖަކާ!