30 ޖެނުއަރީ 2019 - 13:01
ބިޒްނަސް ކޮންވެންޝަންގެ ނަމުގައި ވިޔަފާރިތަކާ ގުޅޭ ހާއްސަ ފޯރަމެއް ބާއްވަން އިކޮނޮމިކް މިނިސްޓްރީން ނިންމައިފި އެވެ.
ރަޖިސްޓްރާ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް ވިދާޅުވީ މި ބިޒްނަސް ކޮންވެންޝަން ބާއްވާނީ އަންނަ މަހުގެ 26 އިން 27 ގެ ނިޔަލަށް ކަމަށެވެ. މި ފޯރަމަށް ކަރުދާސް ހުށަހެޅުމުގެ ފުރުސަތު ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފަ އެވެ.
މި ފޯރަމްގައި ވިޔަފާރިތަކަށް ދިމާވާ ގޮންޖެހުންތަކާއި ވިޔަފާރިކުރުމުގެ އެކި ދާއިރާތަކުން ދިމާވާ ދަތިތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރެވޭނެ އެވެ. އަދި ވިޔަފާރީގެ ދާއިރާއިން ރާއްޖޭގައި ފުޅާކުރެވޭނެ ދާއިރާތަކާ ގުޅޭ ގޮތުން މަޝްވަރާކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން މަސްވެރިކަމުގެ ދާއިރާ އާއި ޓެކްނޮލޮޖީގެ ދާއިރާގެ އިތުރުން ދަނޑުވެރިކަމުގެ ދާއިރާ ރަނގަޅު ފެންވަރެއްގައި ކުރިއަށް ގެންދެވޭނެ ގޮތްތަކާ ގުޅޭ ގޮތުން ވެސް މަޝްވަރާކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މި ފޯރަމްގައި ބައިވެރިވުމުގެ ފުރުސަތު 150 މީހުންނަށް އޮތް އިރު ކައުންސިލްތަކާއި ވަކި ވިޔަފާރިތަކަށް ވެސް ބައިވެރިވެނޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ފޯރަމްގެ ތެރެއިން ޕްރައިވެޓް ސެކްޓާތަކުގައި މަސައްކަތްކުރާ ފަރާތްތަކާ އެކު ޕެނަލް ޑިސްކަޝަންތައް ބާއްވާނެ އެވެ. އަދި މި ޕެނަލް ޑިސްކަޝަންތަކުގައި ސަރުކާރުގެ އިސްވެރިން ބައިވެރިވާނެ އެވެ.
ދަރުބާރުގޭގައި ބާއްވާ މި ކޮންވެންޝަންގެ އިތުރުން ކުރިއަށް އޮތް ތަނުގައި ވެސް މިފަދަ އިތުރު ފޯރަމްތައް ބާއްވަން ރާވަމުން އަންނަ ކަމަށް މިނިސްޓްރީން ބުންޏެވެ. ވިޔަފާރިތަކަށް ހާއްސަކޮށް ބާއްވާ މިފަދަ ފުރަތަމަ ފޯރަމް ކުރިއަށްދާއިރު ބާއްވާ ޕެނަލް ޑިސްކަޝަންތަކުގައި ބައިވެރިވުމުގެ ފުރުސަތު އާންމުންނަށް ވެސް އޮންނާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގޮތަށް
30 January 2019
އިކޮނޮމިކް މިނިސްޓްރީން ބިޒްނަސް ކޮންވެންޝަނެއް ބާއްވަނީ ނަމަ އެކަމަކީ އެއީ މަމެން އުފާ ކުރާ ކަމެކޭ ތަމެން 5 އަހަރު ދުވަހު އެންމެ ފޯރަމް އެއް ބާއްވައިގެން ރާއްޖޭގެ ވިޔަފާރީގެ ކެޕިޓަލް ދަ ގްރޭންޑް މާލެ ސަރަހައްދުގައި ވިޔަފާރި ކުރާ އަމިއްލަ ކުންފުނި ތަކަށް ދިމާވެފައިވާ މައްސަލަ ތަކަށް ހައްލު ނުގެނެވޭނެއޭ މާލެ ސަރަަހައްދުން ބިން ތައް ދޭންވީއޭ ގުޅިފަޅު ހިއްކައިގެން ކޮންމެ ކުންފުންނަކަށް 10 ހާސް އަކަފޫޓް އަކަފޫޓަކަށް މަހަކު 1 ރުފިޔާ ސަރުކާރަށް ދައްކާ