03 ފެބުރުއަރީ 2019 - 14:34
މިދިޔަ އަހަރު އޭޓީއެމްތަކުން 415 މިލިއަން ޑޮލަރު ކަސްޓަމަރުން ނަގާފައިވާ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފި އެވެ.
މިއީ އޭގެ ކުރީ އަހަރު ނެގި ވަރަށް ވުރެ 115 މިލިއަން ޑޮލަރުގެ އިތުރުވުމެކެވެ. ބީއެމްއެލުން ބުނީ 2017 ވަނަ އަހަރު އޭޓީއެމްތަކުން ނެގީ 300 މިލިއަން ޑޮލަރު ކަމަށެވެ.
މިދިޔަ އަހަރު އެ ބޭންކުން ވަނީ ދަތުރުވެރިންނަށް 264.7 މިލިއަން ޑޮލަރު ވިއްކާފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ދަތުރުވެރިންނަށް ރާއްޖެއިން ވިއްކި 42.7 މިލިއަން ޑޮލަރާއި ބޭރު ގައުމުތަކުގައި ކާޑުން ހޭދަކުރި 222 މިލިއަން ޑޮލަރެވެ. ދަތުރުވެރިންނަށް ވިއްކި ޑޮލަރުގެ މިންވަރު 2017 ވަނަ އަހަރާ އަޅާބަލާއިރު މަދެވެ. އެގޮތުން އެ އަހަރު 48.1 މިލިއަން ޑޮލަރު ވިއްކާފައިވެ އެވެ.
އެ އަހަރު ކާޑުން ބޭރު ގައުމުތަކުގައި ބޭނުންކޮށްފައިވަނީ 208 މިލިއަން ޑޮލަރެވެ. ބީއެމްއެލުން 2017 ވަނަ އަހަރުގެ ޖެނުއަރީން ފެށިގެން ކޮންމެ ފަސިންޖަރަކަށް 500 ޑޮލަރުގެ މަގުން އަންނަނީ ވިއްކަމުންނެވެ.
ބީއެމްއެލުން ޑޮލަރު ނެގުމަށް މާލޭގައި ތިން އޭޓީއެމް އަދި އެއާޕޯޓުގައި އޭޓީއެމެއް ބަހައްޓާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ގފސައިފު
03 February 2019
ކޮބާ މީހުން އޭޓީއެމް އައް ލީޑޮލަރުތައް ނެގިވަރައްވުރެ އިތުރައް ރައްޔިތުން ޖަމާ ކުރިއޭ ޑޮލަރު.
ތަގެ އަމާ
03 February 2019
މަމެންގެ މަނީ އޭ ބޭންކުން ވިއްކި ލަނޑަރުތޭ
4567
03 February 2019
މިދިޔެއަހަރު މީހުންގެ މުސާރަ އަށް ކިތައް މިލއަން ޖަމާވިތަ
ޕިންކީ
03 February 2019
އިންކަމް ޓެކްސް ނެގުން އަވަސް ކުރަން ޖެހޭ..