އެފްއެސްއެމްގެ އެމްޑީ އަކަށް ހަމަޖެއްސި ގަސަމް އެމްޑީޕީގެ އެއްވުމެއްގައި.--- ފޮޓޯ: ޖޭޑް
03 ފެބުރުއަރީ 2019 - 18:54
އެސްޓީއޯގެ ތެޔޮ ކުންފުނި، ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް)ގެ މެނޭޖިން ޑިރެކްޓަރަކަށް، ރައްޔިތުންގެ މަޖިލިހުގެ ތިނަދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ގަސަމް މިއަދު އައްޔަން ކޮށްފި އެވެ.
ސަރުކާރު ހިންގާ އިއްތިހާދުގައި ހިމެނޭ އެންމެ ބޮޑު ޕާޓީ އެމްޑީޕީގައި އިސްކޮށް އުޅުއްވާ ގަސަމަކީ އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރުކަމަށް ހަމަޖެއްސީ މިއަދު ބޭއްވި އެސްޓީއޯގެ ބޯޑުގެ ބައްދަލުވުމުގަ އެވެ. އޭނާ އެ މަގާމާ ހަވާލުވެވަޑައިގަންނަވާނީ މާދަމާ އެވެ.
Congratulations to Mr. Mohamed Gasam of Sunny Dale, GDh. Thinadhoo on being appointed as the new Managing Director of Fuel Supplies Maldives pvt ltd by STO’s Board of Directors, effective from 4th February 2019. pic.twitter.com/e3JsGhZ1db
— STO Plc (@sto_mkt) February 3, 2019
ގަސަމް އެމްޑީކަމަށް ހަމަޖެއްސިކަން އެސްޓީއޯއިން އިއުލާން ކުރުން--
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ދުވަސްވަރު، އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި އަދި ފަހުން އެސްޓީއޯގެ ޖެނެރަލް މެނޭޖަ ސޭލްސް، ރީޖަނަލްގެ މަގާމު ފުރުއްވި ހުސައިން ދީދީ އަށް ތުހުމަތު ކުރެވޭ ހިޔާނާތުގެ މައްސަލަ އަކާ ގުޅިގެން އޭނާ ވަނީ މިދިޔަ ހަފްތާގައި ވަޒީފާ އިން ވަކިކޮށްފަ އެވެ.
ހުސައިން ދީދީ ވަކިކުރީ ކްރެޑިޓަށް ތެޔޮ ނުވިއްކަން އަންގާފައި ވަނިކޮށް 41 މިލިއަން ރުފިޔާގެ ތެޔޮ، ޔާމީންގެ ސަރުކާރުގައި އެކި ކުންފުނިތަކަށް ވިއްކާފައިވާ މައްސަލަ އަކާ ގުޅިގެންނެވެ.
ޔާމީންގެ ސަރުކާރަށް ކޮރަޕްޝަންގެ އެތައް ތުހުމަތެއް ކުރެވޭއިރު އެފްއެސްއެމްގެ ތެރެއިން އެފަދަ މުއާމަލާތްތައް ހިންގި ކަމަށް ބުނެވެ އެވެ. ހާއްސަކޮށް، އޭރު ވެރިކަން ހިންގި ޕާޓީ، ޕީޕީއެމަށް ނިސްބަތްވާ މަޖިލިސް މެމްބަރުންނަށް ނުގަވައިދުން ތެޔޮ ދީގެން ވިޔަފާރި ކުރި ކަމަށް ތުހުމަތު ކުރެވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފޮނިޓައްޕު ހަސަނު
04 February 2019
ގަސަމް އަކީ ވަރަށް ހިންގުންތެރި ހީވާގި ބޭފުޅެއް.
ޖިޕްލީމު
04 February 2019
ފޫކެހީމަ މަގާމު ދިނީތާ
މައްޗަންގޯޅި ޖާހިލު
04 February 2019
ރައްޔަތުން ނޫނެކޭ ބުނެފަ ހުރި ޖާހިލެއް. މީނަޔަށް މި މަގާމު ދިނީ އިބުރާހިން ސާލިހު ކޮން ސެޓުފިކެޓު ތަކަކަށް ބަލާފަ ތޯ އަހާލަން ކެރޭނެ ނޫސްވެރިޔަކުވެސް ނެތް މިގައުމުގަ!؟
ފޮނިޓައްޕު ހަސަނު
04 February 2019
މުސްކުޅިން ބުނެއުޅޭ މީހަކާއި ދިމާލަށް ޖާހިލެކޭ ބުނާނީ އެއަށްވުރެން ޖާހިލުކޮށް އުޅޭ މީހެކޭ.
ޙަކީމު
04 February 2019
ކަލޯ މީހުންނާ ދިމާލަށް ޖާހިލޭ ކިޔާ ސައިޒު އޮޅިގެން ނޫޅެބަލަ. ކަލޯ ދައްކަބަ ގަސަމު ކުރި ވައްކަމެއް ހެދި ދޮގެއް ނޫނީ ދީނަށް ފުރައްސާރަ ކޮއްފަ ގަސަމު ބުނި އެއްޗެއް. މީހުންނަަސް ހަސަދަ ލިޔަސް ތިއީ ބޮޑުވަރު. އާއިލީ ވެރިކަން ވެސް ކުރެވޭނީ ވަރަަށް ކެތްތެރިވެގެން. ޖޭވޭތަ
ކިނބޫ
04 February 2019
މީ ކާކުގެ ތިމާގެ ކުއްޖެއްތަ؟ ހެހެހެހެހެ
ތާމްބެ
04 February 2019
ގަސަމް އަކީ ނަޒާހަތް ތެރި އެއް...... މަރުހަބާ
މުއްސަނދި ފަޅުވެރިޔާ
04 February 2019
ތެލުގެ ވައްކަން ހިނގާ މިންވަރަކީ ތެޔޮ ވިއްކާ އުޅަނދެއްގެ ކައްޕިއެއް ނޫނީ ފަޅުވެރިއެއްގެ ތަނަވަސްކަން ވިޔާފާރިވެރިއަކަށްވުރެން ބޮޑު. ދަތުރެއް ނިންމާފައި ގެއަށް ގެނޭ ފަންސާސްހާހުން ހަތްދިހަހާހުން.
ބެެއްޔާ
04 February 2019
ކަމަކު ނުދޭ! މިހާރު މިދަނީ ޔާމީނު ސަރުކާރު ދިޔަ މިސްރާބަށް. ހަމަ ކޮންމެމީހަކަށްވެސް މަގާމެއް ދީފާނެ. ކަމަކުނުދޭ! ގާބިލު މީހުން އެބަ ތިބި ވަޒީފާ ނެތިފަ.
ނިޒާރު
03 February 2019
ތިޔަ ކުންފުނި ތެރެޔަށް ނުފޫޒު ފޯރުވަމަށް އެސްޓީއޯގެ ތެރެއިން މީހުންގެންގޮސްގެން ޖަހަމުންދާ ސަކަރާތް ހުއްޓުވުން މުހިންމު. އެސްޓީއޯ ގައި އުޅޭ "ބޭފުޅެއްގެ" ހަން ތިޔަތަނުގައި ފެތުރުމަށް ކުރަމުންދާ މުޑުދާރު މަސައްކަތުގެ ތެރޭގައި ހުސެންގެ ކަންތައްވެސް ނިމިގެން ދިޔާއި!... ގަސަމް އަށް ބުނެލަން އޮތީ ރައްކާވެތިބިއްޔާ ދަތުރޭ!
ކޮލަމާފުށި
03 February 2019
އަމާނާތްތެރިވާނެ..ތެދުވެރިވާނެ..އެއީ ޔަގީންކަމެއް...މަރްހަބާ ގަސަމް.
ދާދޭ
03 February 2019
މަރުހަބާ ގަސަމު. ޕާޓީ ކުދިންނަށްވިޔަސް ކްރެޑިޓަށް ތެޔޮ ނުދޭތި. ކޮބާ ރިޔާޒު ރަޝީދު.
ބަބުރުކަލޯ
03 February 2019
ގަސަމް މީ ކޮންކަހަލަ ކުއްޖެއްބާ؟
ކޮލަމާފުށި
03 February 2019
ތެދުވެރިއެއް.