ރިޕޯޓް / އެމްއެމްޕީއާރްސީގެ ކޮރަޕްޝަން

ރައްޔިތުންގެ ފައިސާ ވަން 155 އެކައުންޓް ކޮބާ؟ އަދިވެސް ސިއްރެއް!

އެމްއެމްޕީއާރްސީ މެދުވެރިކޮށް ހިންގި ބޮޑު ޚިޔާނާތާ ގުޅޭ ގޮތުން އަލްޖަޒީރާއިން ހެދި ޑޮކިއުމެންޓްރީން ނަގާފައިވާ މަންޒަރެއް

އެ 155 މީހުންގެ އެކައުންޓަށް ވަދެފައި ވަނީ ރައްޔިތުންގެ ހަޒާނާއިން ވަގަށް ނަގާފައިވާ ފައިސާކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ. އެއީ މިހާތަނަށް ރާއްޖޭގައި ހިންގި އެންމެ ބޮޑު ކޮރަޕްޝަން ކަމަށްވާ އެމްއެމްޕީއާރްސީގެ ފައިސާ އެވެ. ވަގު ފައިސާ ލިބުނު ބައެއް މީހުން ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ހޯދަން މަސައްކަތް ކުރާއިރު އެކައުންޓްތަކުގެ ތަފްސީލް ހާމަކުރަން އަޑު އުފުލާ އާންމުން ވެސް ގިނަ އެވެ.

"ފައިސާ ވަދެފައިވާ މީހުން ހާމަވެ ނިމިފައި އޮންނަ ޖެހޭނީ މިހާރު. ވަގަށް ނަގާފައިވާ ފައިސާއިން ކޮންމެވެސް ބަޔަކަށް އެބަ ފައިދާވޭ. ހައްގުންތޯ ނުހައްގުންތޯ ބައެއް މީހުންނަށް ބަހުސް ކުރެވިދާނެ،" ޓްރާންސްޕޭރަންސީ މޯލްޑިވްސްގެ ކޮމިނިއުކޭޝަން އެންޑް އެޑްވޮކަސީ މެނޭޖަރު އައިމަން ރަޝީދު ވިދާޅުވި އެވެ.

އެމްއެމްޕީއާރްސީގެ 1.4 ބިލިއަން ރުފިޔާގެ ކޮރަޕްޝަން ހިންގުމުގެ މައިގަނޑު އެއް ބޭނުމަކަށް ވެފައި އޮތީ އެ ފައިސާއިން އިތުރު ކޮރަޕްޝަން ހިންގުމެވެ. އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ތަހުގީގުތަކުން އިނގޭ ގޮތުގައި 155 މީހެއްގެ އެކައުންޓަށް ރައްޔިތުންގެ ފައިސާ ވަނީ ވަދެފަ އެވެ.

ޖަވާބުދާރި ކުރުވުން

އައިމަން ދެކެވަޑައިގަންނަވާ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކުރިން އެ ފައިސާ ލިބުނު މީހުންގެ ނަންތައް ހާމަކުރަން ޖެހެ އެވެ. އޭގެ އެންމެ ބޮޑު ސަބަބަކީ ކުރިއަށް އޮތް އިންތިހާބުގައި ކޮރަޕްޝަންގެ ފައިސާ ލިބުނު މީހަކު ވާދަކުރާ ނަމަ އެމީހަކު ޖަވާބުދާރީ ކުރުވުމެވެ.

"މިހާރު ވަކިން ހާއްސަކޮށް އޭގެ ތެރެއިން ބައެއް މީހުންނަކީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ވެސް ކުރިމަތިލާ މީހުންނަށް ވާތީ ރައްޔިތުންނަށް އެނގެން ވެސް އެބަ ޖެހޭ. ރައްޔިތުންނަށް ޖަވާބުދާރީ ކުރެވޭ އެންމެ ބޮޑު ހަރަކާތަކީ އިންތިހާބު،" އައިމަން ވިދާޅުވި އެވެ.

އޭނާ ސިފަކުރައްވަނީ ކޮރަޕްޝަންގެ ގިނަ އަދަދެއްގެ ފައިސާ ލިބުނު މީހުން ސިއްރުވެފައި އޮތް ނަމަ އެއީ ރައްޔިތުންގެ ބާރުވެރިކަން ނެތުން ކަމަށެވެ.

"ގާނޫނު އަސާސީގެ ހަތަރު ވަނަ މާއްދާގައި މި ބުނާ ހުރިހާ ބާރުތަކެއް ފެށިގެން އަންނަނީ އަދި ދެމި އޮންނަނީ ރައްޔިތުންގެ ކިބައިގައިކަން ޔަގީން ކުރާ ކަމަށްވާ ނަމަ އެބަ ޖެހޭ ރައްޔިތުންނަށް އެފަރާތްތައް ޖަވާބުދާރީ ކުރުވުމަށް ބާރުދޭން،" އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި ހިންގާފައިވާ އެންމެ ބޮޑު ކޮރަޕްޝަންގެ އަމަލުގައި ބައިވެރިވި ގިނަ މީހުންނާ މެދު މިހާތަނަށް ފިޔަވަޅު އަޅާފައެއް ނުވެ އެވެ. އެހެންކަމުން އައިމަން ގަބޫލުކުރައްވާ ގޮތުގައި ދެން އެކަން ކުރެވޭނީ ރައްޔިތުން ލާ ވޯޓަކުންނެވެ.

"ދައުލަތުގެ މުއައްސަސާތަކުން އެކަން ކުރަން މި އޮތީ ނުކުޅެދިފައި ނޫނީ ޖެހިލުންވެފައި. ކޮންމެވެސް ސަބަބަކާ ހުރެ އެކަމުގައި ބައިވެރިވާ ފަރާތްތައް ޒިންމާދާރެއް ނުކުރެވުނު. އެހެންވީމަ ރައްޔިތުންނަށް އެ ފުރުސަތު ލިބެން ޖެހޭ،" އައިމަން ވިދާޅުވި އެވެ.

ހާމަ ކުރުމުގައި ގާނޫނީ ގޮތުން ހުރަހެއް ނެތް

އެމްއެމްޕީއާރްސީގެ ފައިސާ ލިބުނު ދެ ފަރާތެއްގެ ނަން މިހާރު ވެސް ވަނީ ހާމަވެފަ އެވެ. އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އެސްއޯއެފް ކުންފުންޏެވެ. އެހެންކަމުން ގާނޫނީ ވަކީލު މަރިޔަމް ޝުނާނާ ދެކިވަޑައިގަންނަވާ ގޮތުގައި އެ ކޮރަޕްޝަންގައި ދެން ހިމެނޭ މީހުންގެ ނަންތައް ހާމަކުރުމަކީ ވެސް އުނދަގޫ ކަމެއް ނޫނެވެ.

"ގާނޫނީ ގޮތުން ޑިސްކްލޯސް ނުކުރާންވީ ސަބަބެއް ނެތް. އެބަ އޮތް ބުނެފައި 155 އެކައުންޓަކަށް ފައިސާ ޖަމާކޮށްފައި ހުރި ވާހަކަ. އެސްއޯއެފް ކިޔާ ކުންފުންޏަކަށް ފައިސާ ޖަމާވެފައި ހުރި ވާހަކަ ދައްކާފައި އެބަހުރި. މި ހުރިހާ ވާހަކަތަކެއް ދައްކާފައި ހުރިއިރު ކީއްވެތޯއޭ އެހެން އެކައުންޓަކަށް ޖަމާވެފައި ހުރިއްޔާ އެ ވާހަކަ ނުދެއްކެންވީ،" ޝުނާނާ ވިދާޅުވި އެވެ.

އޭނާ ފާހަގަކުރައްވާ އެހެން މައްސަލައެއް ވެސް އެބަ އޮތެވެ. އެއީ ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ މީހަކު އަނެއްކާ ރައްޔިތުންގެ މަޖިލީހަށް ހޮވިއްޖެ ނަމަ އޭނާ ޒިންމާދާރު ކުރުވަން އުނދަގޫވުމެވެ. އެފަދަ މީހެއް ހޮވިއްޖެ ނަމަ ކޮރަޕްޝަނުގެ ދައުވާ ކުރުމަށް ދަތިތަކެއް ކުރިމަތިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މަޖިލިސް އިންތިހާބުގެ ކުރިން އަޅުގަނޑުމެން އެނގެން ބޭނުން އެ ފައިސާ ވަދެފައި ހުރި އެކައުންޓުތައް. އެހެން ނޫނީ ކިހިނެއް ފަސް އަހަރު ދުވަހު އަނެއްކާ އެމީހުން ގޮނޑީގައި ބައިތިއްބާނީ؟ އުނދަގޫވާނެ ދައުވާ ކުރަން ޖެހިއްޖެ ހާލަތެއްގައި ދައުވާ ކުރަން ވެސް،" ޝުނާނާ ވިދާޅުވި އެވެ.

މަޖިލިސް ނަޒާހާތްތެރިވާނީ ހާމަކުރުމުން

އަހުމަދު މުހައްމަދު (ފޯމީ) އަކީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓެކެވެ. އޭނާ ބޭނުންވަނީ ނަޒާހާތްތެރި މަޖިލީހެކެވެ. އެކަމަކު އެކަން ކުރެވޭނީ ވަގު ފައިސާ ލިބުނު މީހުން ހާމަކޮށްގެން ކަމަށް ފޯމީ ގަބޫލުކުރައްވަ އެވެ.

"އެމްއެމްޕީއާރްސީގެ ރަށްތައް ލިބިފައި އެބަހުރި މަޖިލިސް މެންބަރުންނާއި އެމީހުންގެ އާއިލާތަކަށް. އެހެންވީމަ އެމްއެމްޕީއާރްސީގެ ފައިސާ ވަން 155 އެކައުންޓު ހާމަނުކޮށް މަޖިލިސް އިންތިހާބަށް [ހިނގައްޖެއްޔާ] ނަޒާހާތްތެރި މަޖިލީހެއް ޔަގީންކޮށެއް ނުދެވޭނެ،" ފޯމީ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ގިނަ މެންބަރުން ތިއްބެވީ ވަގު ފައިސާ ލިބިގަނެ އެއިން މަންފާ ހޯދައިގެން ކަމަށް އޭނާ ވެސް ތުހުމަތުކުރައްވަ އެވެ. އަދި އެއީ ދޫކޮށްނުލެވޭނެވަރުގެ ސީރިއަސް ބޮޑު މައްސަލައެއް ކަމަށް ގަބޫލުކުރައްވަ އެވެ.

"އޭސީސީގެ ރިޕޯޓުގައި އެބަ އޮތް 155 އެކައުންޓަކަށް މި ފައިސާ ވަން ވާހަކަ. މިކަން ކުރި ބަޔަކީ [ކުރީގެ ނައިބު ރައީސް އަހުމަދު] އަދީބުމެން. އަދީބު ޕާޓީން އެބަ ބުނޭ ތިމަންމެން ހުންނާނީ 82 މެންބަރުންނަށް އެމްއެމްޕީއާރްސީ ފައިސާ ދީފައޭ،" އޭނާ ވިދާޅުވި އެވެ.

އެމްއެމްޕީއާރްސީގެ ފައިސާ ވަދެފައި ވަނީ ކޮން ބައެއްގެ އެކައުންޓަށްކަން ސަރުކާރަށް އަދި ދައުލަތުގެ އިދާރާތަކަށް އެނގޭ އިރު އެކަން ހާމަނުކުރަންވީ އެންމެ ސަބަބެއް ވެސް ފޯމީއަކަށް ނުވިސްނެ އެވެ.

"އެމްޑީޕީން ދައްކާ ވާހަކައަކީ ނަޒާހާތްތެރި މަޖިލިހެއް ހޯދައިދޭނަމޭ. ވައްކަން ނުކުރާ މަޖިލީހެއް ޔަގީންކޮށްދޭނަމޭ. މިހެން ބުނާއިރު އެމްއެމްޕީއާރްސީގެ ހުރިހާ މައުލޫމާތެއް ހުރި ކަމަށް ވެސް އެބަ ބުނޭ އެ ޕާޓީގެ ލީޑަރުންނާއި ރައީސުލްޖުމްހޫރިއްޔާ އަތްޕުޅުގައި ވެސް. ރައީސް އުފައްދަވާފައިވާ ކޮރަޕްޝަން ބަލާ ކޮމިޝަނަށް ވެސް އެބަ އޮތް އެ މައުލޫމާތު ފޮނުވާފައި،" ފޯމީ ވިދާޅުވި އެވެ.

އިންތިހާބުގެ ކުރިން ތަހުގީގު ކުރަން ޖެހޭ

ރައްޔިތުންގެ ފައިސާ ވަދެފައިވާ އެކައުންޓުތައް ހާމަކުރުން މުހިންމުކަން ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މިހާރުގެ މެންބަރު އަދި މިފަހަރު ވެސް ވާދަކުރައްވާ އަބްދުﷲ ރިޔާޒު ވެސް ގަބޫލުކުރައްވަ އެވެ. އަދި ސަރުކާރުގެ ވިސްނުމަކީ އެއީ ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.

"އެންމެ ފަހުގެ ރިޔާސީ ބަޔާނުގައި ވެސް ވިދާޅުވެފައި އެބަ އޮތް ކޮރަޕްޝަނަށް ޒީރޯ ޓޮލެރަންސްކަން ދެއްވާނީ. އެހެންވީމަ އެ ހުރިހާ ވައުދުތަކާއި ދައްކަވާފައި ހުރި ވާހަކަތަކަށް ބަލާއިރު ވެސް މިކަން ކުރުއްވުން އެއީ މުހިންމު ކަމެއް. އެއިރުން ރައްޔިތުން ދެއްތޯ ނިންމާނީ،" ރިޔާޒް ވިދާޅުވި އެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކުރިން އެމްއެމްޕީއާރްސީގެ ބޮޑު މައްސަލަ ތަހުގީގުކޮށް ނިންމަން ޖެހޭ ކަމަށް ވެސް އޭނާ ގަބޫލުކުރައްވަ އެވެ. އެންމެ އިންސާފުވެރި ގޮތަކީ އެއީ ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.

"ތަހުގީގު ކުރާ ހިސާބުން އެކަންކަމާ ބެހޭ މައުލޫމާތު ރައްޔިތުންނަށް އެނގެން ޖެހޭ މިންވަރަށް އެނގޭނެ ކަމަށް އަޅުގަނޑު މި ބަލަނީ. ތަހުގީގުކޮށް ނިމޭއިރު އޭގައި ދައުވާ ކުރެވޭ މީހެއް ހުރެއްޖަ ނަމަ އެ މައުލޫމާތުތައް ހާމަކުރެވެން ޖެހޭނެކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ. އެއީ ވަރަށް މުހިންމު މައުލޫމާތެއް،" ރިޔާޒު ވިދާޅުވި އެވެ.

އޭސީސީން މައުލޫމާތު ސިއްރެއް ނުކުރޭ

އެމްއެމްޕީއާރްސީގެ ފައިސާ ލިބުނު މީހުންގެ ނަންތައް ހާމަނުކުރާތީ އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުވެފައިވާ ފަރާތަކީ އޭސީސީ އެވެ. ނަމަވެސް މައުލޫމާތު ސިއްރު ކުރުމުގެ ޕޮލިސީއެއް އެތަނުން ނުގެންގުޅޭ ކަމަށް ކޮމިޝަނުގެ ނައިބު ރައީސް މުއައްވިޒް ރަޝީދު ވިދާޅުވި އެވެ.

"މިހާރު އެ މައްސަލައިގައި ހާމަކޮށްފައި އެ އޮތީ އުސޫލެއްގެ ގޮތުން އެހެން މައްސަލަތަކުގައި ވެސް ކޮމިޝަނުން ހާމަކުރާ މިންވަރަށް،" މުއައްވިޒް ވިދާޅުވި އެވެ.

މިއީ ރާއްޖޭގައި ހިންގާފައިވާ އެންމެ ބޮޑު ކޮރަޕްޝަންގެ އަމަލު ކަމަށް އޭނާ ވެސް ގަބޫލުކުރައްވަ އެވެ. އަދި އެހެން މައްސަލަތަކާ ހިލާފަށް އެމްއެމްޕީއާރްސީގެ މައްސަލައިގެ ފުނަށް ފީނުމަށް ރައްޔިތުން ބޭނުންވާނެކަން ވެސް ގަބޫލުކުރައްވަ އެވެ.

"އަޅުގަނޑުމެން މެންބަރުންގެ ލެވެލްގައި މަޝްވަރާ ކުރަމުން މި ދަނީ މި މައްސަލައިގައި ދެން އިތުރަށް ހާމަކުރެވޭނީ ކޮން މައުލޫމާތެއްތޯ،" މުއައްވިޒު ވިދާޅުވި އެވެ.

އޭސީސީއަކީ އެމްއެމްޕީއާރްސީ ކޮރަޕްޝަން އެންމެ ބޮޑަށް ތަހުގީގު ކުރި މުއައްސަސާ އެވެ. އަދި ފުލުހުންނާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ ކޮރަޕްޝަން ބަލާ ކޮމިޝަނުން ވެސް އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

"އަޅުގަނޑުމެން އެއްވެސް މައުލޫމާތެއް ސިއްރެއް ނުކުރަން. ފުލުހުން އަދި ރިޔާސީ ކޮމިޝަނަށް ވެސް މިހާރު ހުންނާނީ އެ ހުރިހާ މައުލޫމާތުތަކެއް ފޮނުވާފައި،" މުއައްވިޒް ވިދާޅުވި އެވެ.

އެކަމަކު ވަގަށް ނަގާފައިވާ ރައްޔިތުންގެ ފައިސާ ވަން އެކައުންޓްތަކުގެ ވެރިން ހާމަކުރުމުގައި އަދިވެސް ފެންނަނީ ފަހަތު ފަޔަށް ބުރަވެގެން އުޅޭ ތަނެވެ. ޖެހިލުންވެގެން އުޅޭ ކަމެވެ. ނަމަވެސް 155 އެކައުންޓްގެ މައުލޫމާތު ހާމަނުކޮށް ހޭދަވާ ކޮންމެ ދުވަހަކީ، ހިޔާނާތުގެ ކަންކަން ސިއްރުކުރުމުގެ ސިޔާސަތު ކުރިއަށް ގެންދާ ދުވަހެކެވެ.

86 ކޮމެންޓް, 124 ރިއެކްޝަންސް

icon happy icon happy 80%
icon sad icon sad 2%
icon angry icon angry 19%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

..،..

12 February 2019

އންމެބޮޑެތި ވައްކަން ހިނގާފައިވަނީ ގަދަ 30 އަހަރުގައި

The name is already taken The name is available. Register?

އޮސްކާ

12 February 2019

ތިލިސްޓުގައި ގިނައީ ޔާމީނުގެ މީހުންނަށްވުރެ އިދިކޮޅު މީހުން، އެމްޑީޕީ، ޖޭޕީ އަދި އަދާލަތު. ގިނަ ފައިސާ ދެވުނީ އެމީހުން އޭރު ޕީޕީއެމް އަށް ގެނައުމަށާއި ވޯޓާއި މަޖިލިސް މެޖޯރިޓީއާއި ކޯލިޝަން ރޫޅާލުމަށް. ދެން ކިހިއްނެތްތޯ ލިސްޓު ހާމަކުރާނީ

The name is already taken The name is available. Register?

ގައުމަށްޓަކާ

12 February 2019

ތި އެކައުންޓްތަށް ފަޅާއަރުވާލާ މީހަކަށް މަ 10،000 ރުފިޔާ ދޭނަން. ގައުމީފަރުދިއްޔަތު އަދާކުރުމުގެ ގޮތުން އަމިއްލަފަރާތްތަކަށްވެސް މިކަންކުރެވިދާ.

The name is already taken The name is available. Register?

ސައީދުތުރީ

12 February 2019

ވިސްނާލަށްވާ 1978 އަހަރު މިގަުމުގައި އޮތްކަމަށް އަޑުއިވޭ 98 އާގުބޯޓް ދެން 2008އަހަރާހަމަޔަށް ކިތަށްބޯޓްތޯއޮތީ މިހާތަނަށް މިކަން ނުބަލާ އޮތީކީއްވެތޯ އެއަރމޯލްޑިވްސްގެ މަތިންދާބޯޓްތައް ކޮބާތޯ މިކަންނުބަލާއޮތީކީއްވެތޯ މީރަށްޔަތުންގެ މުދަލެއް ނޫންތޯ އަބަދު ކޮރަޕްޝަން ގެވާހަކަދަށްކަނީ މިހިރީހަށްތާ ބަލަންޖެހޭ މަސްއަލަތައް ކާކުތޯބަށްލަވަނީ ކޮންމެފަހަރަކޮ އިންތިހާބަކާ ދިމާކޮށް މިވާހަކަ ދަށްކަވަނީ މީއިންތިހާބީ އުކުޅެއްބާ ރަށްޔަތުން އަތުންވޯޓްހޯދަން

The name is already taken The name is available. Register?

އޭރުއ

12 February 2019

ބަލަ އޭރު ތިމިނިވަންކަމެއް ނެތޭ. ނޫހުގަ ތިހަބަރު ލިޔެ ކޮންމެޓްކުރުމުގެ ހައްގު ލިބުނީވެސް 2008ގަ ގެނަބަދަލަކުން. މިތާކޮމެންޓްކުރުމުގެ ބަދަލުގަ އަސްލުކަމެއްކުރަން ބޭނުމިއްޔާ މިހާރު ހަމަ ދައުވާކުރަންވީ. ދައުލަތުގެ މުއައްސަސާތަކަށް ރަސްމީކޮށް މައްސަލަ ހުށަހަޅަންވީ ހެއްކާއެކީގަ.( ކުރުކޮށް ބުނަނީނަމަ ތިކަން ނުކުރެވި އޮތީ މިހާރު އެހެކިނެތީމަ، މިތާ ލިޔެވޭވަރަށްވުރަ ތަފްސީލު ދިގު)

The name is already taken The name is available. Register?

ސޯބެ

12 February 2019

ތިކަމުގައި ޝާމީލުވާ ބައެއްމީހުން އެނގުނަސް ގިނަ މީހުންތިބީ އަދިވެސް މޫނުބުރުގާ އަޅައިގެން. އެ ވަގުންނަކީ ކޮންބައެއްކަން ގިނަ ދިވެހީންނަކަށް ނޭނގެ. ނަމަވެސް އެނގޭ ޙަޤީޤަތަކީ ތިޔަ ގުރޫޕްގެ ގިނަމީހުންނަކީ މިހާރު ސޭޓުގެ އަރިސް މީހުން. އެހެންވެ އެމީހުންގެ އައްޑަނައަކަށް ސޭޓު ނުކުންނާތީ އެކަން ނުކުރެވިގެން އުޅެނީ. އެއިން މީހެއްގެ ވާހަކައެއް ދައްކައިފިއްޔާ އެއްލަ ސޭޓް ބޮޑާހާކާފައި ބިރުދައްކަން ފަށާނެ.

The name is already taken The name is available. Register?

ވަތުބަތާނަ

12 February 2019

ތިން އެއްކަމެއްވެސް ނުބެލޭނެ! ސަބަބަކީ ބްރޯއާއި ރޫހާނީ ލީޑަރުންނާއި މަހުޖަނުންނާއި މަޖުލިސް މެމްބަރުންނާއި ކަމިޝަންތަކާއި މުއައްސަސާތަކުގެ މެމްބަރު ގުޅައި އެކިއެކި ބޭނުންތަށް ފުއްދަމުންދޭ! ވީމާ ތިކަން ބެލެނީ ކިހިނެއް؟ ބަލަން އުޅޭ ބައެއްގެ މުލައްދަނޑިން މަހުރޫމުތޯއްޗެވާނީ!

The name is already taken The name is available. Register?

raajjethereymeehaa

12 February 2019

ފަހަރެއްގަ ސޯލިހުވެސް ހިމެނެނީ ކަންނޭނގެ..ހާމަނުކުރެވިގެން އެއުޅުއްވަނީ

The name is already taken The name is available. Register?

މޮހެނޭ

12 February 2019

ސޯލިހު ހިޔެއް ނުވޭ ހަމަ އެއްގޮތަކަށްވެސް.. އެކަމު ދެން ހުރި ސޯލިހު ނޫން މީހަޔާއި ދެން ވެސް ތިމި 'ލީޑަރުން'.. ހަމަ ޑީލަރުން!

The name is already taken The name is available. Register?

ހޮވާނެ

12 February 2019

ނުވާނެތިކަމެއް. އެއީ ވެރިކަމަށް އަންނަންވެގެން ރައްޔިތުން ހައްލަން ދެއްކިހައިވާހަކަ. ވެރިކަން ލިބއްޖެ.

The name is already taken The name is available. Register?

އިންޑިއާއެޖެންޓު

12 February 2019

ކޮން ގޭމެއް ތި ޖައްސަނީ ޚިޔާނެތޭ ކިއައިގެން؟ ޚިޔާނާތްތައް މި ކޔައިދެނީ ޖަހަން ކެރޭނެތަ ނޫނީ އަޑުއަހަން ކެރޭނެތަ؟ 1. އެންމެ ބޮޑު ޚިޔާނާތަކީ އެފްޕީ އައިޑީ. 2 ބިލިޔަން ރުފިޔާއަށް ވުރެ ގިނަ. އެފައިސާއިން ކިޔަވައި ޔޫރަޕާ އޮސްޓްރޭލިއާ ދޭތެރޭ އަސްރޭސް ބަލަން އުދުހުނު ވަޒީރުން މިހާރުގެ ކެބިނެޓުގައި 2. ޖީއެމްއާރަށް އެއަރޕޮޓު ވިއްކާ އިންޑިއާ އަށް ރާއްޖެ ވިއްކާލަދިނީތީ ރިޝްވަތު ގޮތުގައި 500 މިލިޔަން ޑޮލަރ އެޗްއެސްބީ ޔޫކޭގައި މި ފައިސާ ހޯދަން ނުޖެހޭބާ؟؟

The name is already taken The name is available. Register?

އިންޑިއާއެޖެންޓު

12 February 2019

މިހާރު ރަގަޅުވެއްޖެ! އެމްއެމްޕީއާރު އެސް ގެ ޚިޔާނަތުގެ އަޑިއާއި އޭގެ ފައިދާވި މީހުންގެ ވަތުބަތާނަވެސް އެގެންޖެހޭ.

The name is already taken The name is available. Register?

ސައީދުތުރީ

12 February 2019

އެމްއެމްޕީއާރްސީގެ 1.4 ބިލިއަން ރުފިޔާގެ ކޮރަޕްޝަން ހިންގުމުގެ މައިގަނޑު އެއް ބޭނުމަކަށް ވެފައި އޮތީ އެ ފައިސާއިން އިތުރު ކޮރަޕްޝަން ހިންގުމެވެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ތަހުގީގުތަކުން އިނގޭ ގޮތުގައި 155 މީހެއްގެ އެކައުންޓަށް ރައްޔިތުންގެ ފައިސާ ވަނީ ވަދެފަ އެވެ ކޮރަޕްޝަން ހުއްޓުވާވާހަކަ ދަށްކާއަޑު އިވެނީ ހުއްޓުވާތަނެއް ނުފެނޭ މިހާރުވެސް ތިބުނާ އެމްއެމްޕީއާރްސީ މިވުޖޫދުގައި އެބައޮއް މިވާއެއްޗެއް ނޭނގޭ ދެންސީދާސަރުކާރުންހިންގަންވީނު

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454