މީރާގެ އޮފީީސް: މިދިޔަ މަހު މީރާ މެދުވެރިކޮށް ދައުލަތަށް 2.1 ބިލިއަން ރުފިޔާ ލިބުނު .-- ފޮޓޯ/މިހާރު
11 ފެބުރުއަރީ 2019 - 14:33
މިދިޔަ މަހު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް ދައުލަތަށް 2.1 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.
މީރާއިން އާންމުކުރި މިދިޔަ މަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ލިބުނު 2.1 ބިލިއަން ރުފިޔާއަކީ މިދިޔަ މަހު ލިބޭނެ ކަމަށް ލަފާކުރި މިންވަރަށް ވުރެ 2.2 ޕަސެންޓް އިތުރު އަދަދެކެވެ. އެކަމަކު މިއީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު ލިބުނު މިންވަރާ އަޅާބަލާއިރު 2.9 ޕަސެންޓް މަދު އަދަދެކެވެ.
އެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހުގެ އާމްދަނީގެ އެންމެ ބޮޑު ޕަސެންޓަކީ ވިޔަފާރީގެ ފައިދާއިން ނަގާ ޓެކްސް ނުވަތަ ބީޕީޓީގެ ގޮތުގައި ލިބުނު އާމްދަނީ އެވެ. ބީޕީޓީގެ ގޮތުގައި 880 މިލިއަން ރުފިޔާ ލިބުނުއިރު، އެއީ ޖުމުލަ އާމްދަނީގެ 41 ޕަސެންޓެވެ.
ދެވަނައަށް އެންމެ ގިނައީ މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް ނުވަތަ ޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ އެވެ. ޖީއެސްޓީގެ ގޮތުގައި 799 މިލިއަން ރުފިޔާ ލިބުނެވެ.
މިދިޔަ މަހުގެ އާމްދަނީގެ އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބުނީ އެމެރިކާ ޑޮލަރުންނެވެ. އެއީ 67.8 މިލިއަން ޑޮލަރެވެ.
އެ ހިސާބުތައް ދައްކާ ގޮތުން ލަފާކުރި މިންވަރަށް ވުރެ މިދިޔަ މަހުގެ އާމްދަނީ އިތުރުވީ ރާއްޖެ އައި ފަތުރުވެރިންގެ އަދަދު އިތުރުވުމުން ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ އިތުރުވުމެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮކާ
11 February 2019
ޔެލޯ ވެރިކަމުގައި ކިތައް ތަނުގައި ހުޅުޖެހި . ޢެވެސް ދައުލަތަށްލިބުނު އަރަނި. ދެއްތޯ
ޫުusham
11 February 2019
ޜައީސް ނަޝީދުގެ ވެރިކަމުގަ ކުރެއްވި ކަންތައްތަކުގެ ފައިދާ ރާއްޖެ އަށް ކުރަމުން މިދަނީ ، ފެނޭ ދެއްތޯ