ވިޔަފާރި

ބީއެމްއެލްގެ ފުރަތަމަ ބިޒްނަސް ސެންޓަރު އައްޑޫ ގައި ހުޅުވައިފި

އައްޑޫ ބިޒްނަސް ސެންޓަރު، އައްޑޫ މޭޔަރު ސޯދިގް މިއަދު ހުޅުއްވައި ދެއްވަނީ.---ފޮޓޯ: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ފުރަތަމަ ބިޒްނަސް ސެންޓަރު އައްޑޫ ހިތަދޫ ގައި މިއަދު ހުޅުވައިފި އެވެ.

މިއީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމްކުރާ ބިޒްނަސް ސެންޓަރުތަކުގެ ތެރެއިން ފުރަތަމަ ތަނެވެ.

އައްޑޫ ބިޒްނަސް ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތުގައި، ބީއެމްއެލް ހިންގުމާ ހަވާލުވެ ހުންނެވި ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީން ވިދާޅުވީ، އައްޑު އަކީ ރާއްޖޭގެ އިގުތިސާދު ގައި މުހިންމު ދައުރެއް އަދާކުރާ ސިޓީއެއް ކަމަށެވެ. އައްޑޫ ގައި ހިންގާ ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހާއްސަ ބިޒްނަސް ސެންޓަރެއް ގާއިމް ކުރުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ބިޒްނަސް ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތުގައި، ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީން ވާހަ ކަދައްކަވަނީ--ފޮޓޯ:ބީއެމްއެލް

އައްޑޫ ބިޒްނަސް ސެންޓަރު ގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ކަނޑައަޅާފައިވާ ހާއްސަ ރިލޭޝަންޝިޕް މެނޭޖަރުން ތިބޭނެ އެވެ. ވިޔަފާރިއާ ގުޅޭ ލަފަ އާއި އިރުޝާދު ދިނުމާއި ވިޔަފާރިތަކަށް އަމާޒުކޮށް ބޭންކުން ދޫކުރާ ލޯނާ ގުޅޭ މައުލޫމާތު ދިނުމާއި ލޯނަށް އެދި ހުށަހެޅުމުގެ މަރުހަލާ ގައި އެހީތެރިކަން އެ ތަނުން ލިބޭނެ އެވެ.

ބީއެމްއެލް އިން ބުނިގޮތުގައި، ކުރިމަގުގައި މާލެ، ހުޅުމާލެ އަދި ކުޅުދުއްފުށީގައި ވެސް ބިޒްނަސް ސެންޓަރުތައް ގާއިމް ކުރާނެ އެވެ.

އައްޑޫ ބިޒްނަސް ސެންޓަރު ހުޅުވުމުގެ އިތުރުން، އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުގައި ވަނީ ބޭރު ފައިސާ މާރުކުރުމަށްޓަކައި އެކްސްޗޭންޖް ކައުންޓަރެއް ވެސް ގާއިމްކޮށްފަ އެވެ.

0 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 78%
icon sad icon sad 0%
icon angry icon angry 22%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454