އަލަށް ފެނުނު ޕްލެނެޓާ ހަމައަށް ދިއުމަށް މިހާރު ހުރި ޓެކްނޮލޮޖީން ވެސް އެތައް ހާސް އަހަރެއް ނަގާނެ.
25 އޯގަސްޓް 2016 - 13:00
ވޮޝިންޓަން (އޮގަސްޓް 25) - އަހަރެމެން ދިރިއުޅޭ މި ދުނިޔެއާ އެއްގޮތް އެހެން ދުނިޔެއެއް ސައެންސްވެރިން ހޯދައިފި އެވެ.
ސޯލާ ސިސްޓަމުން ބޭރުން އެންމެ ކައިރިން ހޯދި މި ޕްލެނެޓަށް ދީފައިވާ ނަމަކީ ޕްރޮކްސިމާ ބީ އެވެ. ސައެންސްވެރިން ބުނެފައި ވަނީ ޕްރޮކްސިމާ ހިމެނޭ ޒޯނުގެ ސަބަބުން އެ ޕްލެނެޓުގައި ފެން ހުރުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. ސާޅީސް ޓްރިލިއަން ކިލޯ މީޓަރު ދުރުގައިވާ ޕްލެނެޓާ ހަމައަށް ވާސިލްވުމަށް މިހާރު ހުރި ޓެކްނޮލޮޖީގެ ބޭނުންކޮށްގެން ވެސް އެތައް ހާސް އަހަރެއް ނަގާނެ އެވެ.
"އެ ހިސާބަށް މިހާރު ދިއުން ވާނީ ސައެންސްގެ ޚިޔާލީ ކަމަކަށް. އެކަމަކު ކޮންމެވެސް ދުވަހަކުން އެ ޕްލެނެޓަށް އުޅަނދެއް ފޮނުވޭނެ،" އާ ދުނިޔެ ހޯދި ޓީމުގައި ހިމެނޭ ސައެންސްވެރިޔާ ގުއިލެމް އަންގްލާޑާ އެސްކޫޑަ ވިދާޅުވި އެވެ.
ޕްރޮކްސިމާ ބީ އަކީ ދުނިޔެއާ އެއްގޮތް ޕްލެނެޓެއް ކަމަށް ސައެންސްވެރިން ބުނޭ.
ބިލިއަނާ ޔޫރީ މިލްނާ މި އަހަރު ކުރީކޮޅު ވަނީ ގެލެކްސީތައް ހުރަސްކޮށް ދަތުރު ކުރެވޭވަރުގެ ޖައްވީ އުޅަނދެއް ތައްޔާރު ކުރުމަށް 100 މިލިއަން ޑޮލަރު އިންވެސްޓް ކުރާނެ ކަމަށް ވިދާޅުވެފަ އެވެ.
އެސްކޫޑަ ވިދާޅުވީ މި ޕްލެނެޓް ވަނީ އިރާއި މި ދުނިޔެއާ ދެމެދުގައިވާ ދުރުމިނުގެ ފަސް ޕަސެންޓް ދުރުގައި ކަމަށެވެ. އަދި ޕްރޮކްސިމާ އަށް އިރުގެ އަލި ލިބެނީ 1،000 ގުނަ ފަނޑުކޮށް ކަމަށެވެ. މާނައަކީ ޕްރޮކްސިމާ އަށް ލިބޭނީ ދުނިޔެ އަށް ލިބޭ އަލީގެ 70 ޕަސެންޓް ކަމެވެ.
ޕްރޮކްސިމާ ވަނީ 40 ޓްރިލިއަން ކިލޯ މީޓަރު ދުރުގައި.
އަލަށް ހޯދި ދުނިޔެއާ ބެހޭ ގޮތުން އަދި ލިބެން ހުރީ ވަރަށް މަދު މައުލޫމާތެއް ނަމަވެސް، ސައެންސްވެރިން ބުނަނީ މިއީ މިހާތަނަށް ހޯދުނު އެންމެ މުހިންމު އެކްސޯޕްލެނެޓް ހޯދުން ކަމަށެވެ. އެކްސޯޕްލެނެޓަކީ ސޯލާ ސިސްޓަމުން ބޭރު ކޮންމެ ޕްލެނެޓެކެވެ. ފުރަތަމަ އެކްސޯޕްލެނެޓް 1995 ވަނަ އަހަރު ހޯދި ފަހުން މިހާތަނަށް ވަނީ 3،500 އެކްސޯޕްލެނެޓް ހޯދައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަޔާޒް
25 August 2016
އަހަރެންވެސް ދުނިޔެއާ ވައްތަރު ދުނިޔެއެއް ހޯދައިފިން އެކަމު އިތުރު ޓެކްނޮލޮޖީ އަކުން އެހިސާބަކަށް ނުދެވޭނެ.
ބޮއްކޮއްކޮ ބޭ
25 August 2016
މިއާ ދުނިޔެއަށް ލަންޑަންގައި ދުނިޔެ ކުދަވެގެން ތިއުޅޭ ކުދިންކޮޅު ފޮނުވުން ރަނގަޅުވާނެ އޭރުން އެކުދިންނާށް ވެސް ބިރެއްނެތި މަޖާ ކޮއްލެވޭނެ އަޅުގަންޑުމެނަށް ވެސް ހިމޭން ދިރިއުޅުމެއްވެސް ﷲ ގެ އިރާދަފުޅުން ލިބދާނެ
ސަމީ
25 August 2016
އަވަހަށް ތިތަނަށް ދާންވީ މިހާރު މިދުނިޔޭގައި އުޅެވޭވަރެއްނޫން އެންމެން އެންމެންނަށް ވެރިކަމާ ހިފާވަރުން
މާރސް
25 August 2016
މިއުޅެނީ ޖެހިގެން އޮތް މާރސްގެ އަސްލު ހަގީގަތެއް ނޭގިގެން ދެންކިހިނެއް މާދުުރުގައި އޮތް ޕުލެނެޓެއްގެވާހަކަ މިދައްކަނީ
ގަލޮޅު އަލީ
25 August 2016
މިދުނިޔެއާ އެއްގޮތް ކަން އެގުނުއިރު ފެންހުރިކަމެއް ނޭގޭ. ކޮންގޮތަކުންބާ އެއްގޮތްވީ؟.
ޅަބޭ
25 August 2016
އެެވެސްދުނިޔެ މިވެސްދުނިޔެ އެއްގޮތްވެއްޖެ
ަައަހުމަދު
25 August 2016
އެއްގޮތް ވުމޭ އެ ބުނަނީ ފެން ދިޔާކޮށް ހުރުމަށް ބޭނުންވާ ފިނިހޫނުމިން ހުރި ވާހަކަ.