އެމްޕީއެލްގެ އާ ޗެއާމަން ނަޒާކީ ޒަކީ--ފޮޓޯ:ސީއެންއެމް
17 ފެބުރުއަރީ 2019 - 14:55
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ޗެއާމަނަކަށް މުހައްމަދު ޒަކީ (ނަޒާކީ) މިއަދު ހަމަޖައްސައިފި އެވެ.
ރާއްޖޭގެ ވިޔަފާރި ބަނދަރު ބަލަހައްޓާ އިދާރާގެ ޗެއާމަނަކަށް މ. އަހުމަދު އާބާދު، މުހައްމަދު ޒަކީ ހަމަޖައްސާފައިވާ ކަމަށް ޕްރައިވަޓައިޒޭޝަން ބޯޑުން ބުނެފަ އެވެ.
ޒަކީ އަކީ، މި ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ މެމްބަރެކެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އޭނާ ވަނީ އެ ޕާޓީގެ މުޝީރު ކަމުގެ މަގާމަށް ހައްޔަންކޮށްފަ އެވެ. ޒަކީ ވަނީ ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގެ ދުވަސްވަރު މެލޭޝިއާގައި ހުންނަވާ ދިވެހި ސަފީރުކަން ވެސް ކުރައްވައިފަ އެވެ.
މި މަހުގެ ހަ ވަނަ ދުވަހު ވަނީ އެމްޕީއެލް އާއި އެސްޓީއޯ އާއި އެމްޓީސީސީގެ ބޯޑަށް ނޮން-އެގްޒެކެޓިވް މެންބަރުން އައްޔަންކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެގެންޑާ 19
18 February 2019
ދެން ނަޒާކީ ގެ މުދާ ކްލިއަރ ކުރެވޭނެ އެކްސްޕްރެސް ގަ.... ފައްކާ އިގޭ!!! ވިޔަފާރިވެރިން ތިތަންތަނަށްނުލާ ވާނެގޮތެއް ނެއްތަ؟ މިގައުމުގަ އުޅެންވީ ވިޔަފާރި ވެރިންނާ ވަގުންނާ އެކްޓިވިސްޓުން އެކަނި ދޯ....
އަހުމަދު11
17 February 2019
ސިޔާސީ މަގާމުތަކަށް ލާންޖެހޭނީ ސިޔާސީ މީހުންކަމަށް ގަބޫލު ކުރަން... އެކަމަކު މިގައުމުގަތިބި އެކި ދާއިރަތަކުން މަތި ތައުލީމު ހޯދާ އެތަށް އަހަރެއްގެ ތަޖުރިބާ ލިބިފަތިބި މީހުން ސިޔާސީ މީހުންނަށް ނުވާތީ ބާކީ ކުރުމަކި ގައުމަށް އެންމެ ރަގަޅުގޮތެއްނޫން... އަނެއްކާ ބޮޑެތި ވިޔަފާރިވެރިން ތިފަދަ ޕްރޮފެޝަނަލް މަސައްކަތެއް ކުރަންޖެހޭތަނެއްގެ ވެރިއަކަށް ލުމުން މަސްލަހަތު ފުޝުއަރާކަން ހަމަޔަގީން... މީ ނިންމުމަށްވުރެ ރަގަޅު މީސް މީހުން އެބަތިބި ތި މަގާމަށް....
ޓާޒަން / ބ.ހިތާދޫ
17 February 2019
މިއޮތީ ކޮރަޕްޝަން ސުން ދަރަޖައަށް ގެނައުމަށް މަގުކޮށިފާ.......... ބަސްމަގު ވަރަށް ރީތި. އަމަލުފުޅު ވަރަށް ތާކުންތާކުންނުޖެހޭ.
ޒަކް
17 February 2019
ކިޔަވައި ގެން ތިބި މީހުން ތިބޭނެ ތަނެއް އެބަޖެހޭ ހޯދަން
އަލީ123
17 February 2019
ގޭގަ.... ނޫނީ ރާއްޖެ ދޫކޮށްފަ ދާންވީ..... އެ ނޫންގޮތެއް ނެތް....
ނުބައިހާނު
17 February 2019
ޒަކީ އަކީ ތެދުވެރިއެއް. އިޚުލާސްތެރިއެއް. ވަގެއް މަކަރެއް ނުހަދާނެ. ﷲ އަށް ބިރުވެތިވާނެ. ބަރާބަރަށް މިސްކިތަށް އަރާނެ. އަނެއްކާ ނުލާހިކު ޢިލްމީ ބޭކަލެއް.
އަޑަފި
17 February 2019
ސޭޓު އަންެނުންނަށް ޓްރާންސްޕޯރޓް ނިނިސްޓަރކަން ދިނީމަ މަސްލަހަތު ފުށޫއަރަޔޯ އެކަމަކު ބޮޑުވިޔަފާރި ވެރިއަކަށް ރާއްޖޭގެ ވިޔަފާރިބަނދަރުގެ ވެރިކަން ހަވާލުކުރީމަ މަސްލަހަތު ބަރާބަރު. ހަމަ ދިއްދޫ މެމްބަރު ލަތީފުބުނާހެން މިވަނީ.
ވަސީމު
17 February 2019
މިހެރީ ޒީރޯ ޓޮލެރެންސް ދެއްކިފަ.
އަސްތާ
17 February 2019
އަސްތާ މީ އަދާލަތުގެ ސްލްލޮޓެއްގައި ހިނގާފައިވާޖަރީމާއެއް، އަސލު ކަމަކުނުދޭ.
ސައީދުއާ
17 February 2019
ޥިޔަފާރިވެރިން މިކަހަލަ ތަންތަނަށް ނުލާށޭ
ޙިނި
17 February 2019
ގަދަ ކިޔަވައިގެން ތިބި ކެރިޔާ މެނޭޖުމެންޓު މީހުން ތިއްބާ، އަމިލަ ވިޔަފާރިކުރާ މީހަކާ އެމްޕީއެލް ޗެޔާމަން ކަން މިހަވާލުކުރީ. ފޭވާ ކޮއްގެން ގައުމީ ކުން ފުނިތައް މި ބަންގުޜޫޓުވަނީ
ޢިބޫ
17 February 2019
ވިޔަފާރިވެރިންނަ މިކަހަލަ މަގާމުތަށް ދިނުމަކީ މަސްލަހަތު ފުށުއަރާކަމެއް