ޔާމީން: ފަރުވާ އަށް މާފުށީ ޖަލުން އެމަނިކުފާނު މާލެ ގެނައީ މިއަދު ހަވީރު. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު
20 ފެބުރުއަރީ 2019 - 19:50
ޝަރީއަތް ނިމެންދެން މާފުށީ ޖަލުގައި ބަންދުކޮށްފައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން، އައިޖީއެމްއެޗްގައި މިރޭ އެޑްމިޓްކޮށްފި އެވެ.
އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޑޮކްޓަރުގެ ލަފަޔާ ގުޅިގެން ޔާމީން 24 ގަޑިއިރަށް އެޑްމިޓްކޮށްފައިވާ ކަމަށެވެ. އެމަނިކުފާނު އެޑްމިޓްކުރީ ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުން ކަމަށް ވާތީ ތަފްސީލެއް އައިޖީއެމްއެޗުން ނުދެ އެވެ.
ޔާމީން އައިޖީއެމްއެޗަށް ގެންދިޔައީ މިއަދު ހަވީރެވެ. އެމަނިކުފާނަށް ފަރުވާ ދެއްވީ ހިތުގެ ބަލިތަކާ ގުޅޭ ޑޮކްޓަރުންނެވެ.
ޔާމީންގެ މައްޗަށް ދައުވާކުރި މަނީ ލޯންޑަރިންގެ ޝަރީއަތް ނިމެންދެން ރިމާންޑް ޖަލެއްގައި އެމަނިކުފާނު ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރުކުރީ އިއްޔެ އެވެ.
ޔާމީން މިއަދު ހަވީރު މާލެ ގެނައުމުން، ކަރެކްޝަންސްގެ އޮފިޝަލަކާ އެކު ޕޮލިސް ލޯންޗުން ފައިބައިވަޑައިގަންނަވަނީ. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު
އެ ދައުވާގައި ބުނެފައި ވަނީ އެމްއެމްޕީއާރްސީގެ 1.3 ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތުގެ ފައިސާ އިން، އެމަނިކުފާނު މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގައި ހުޅުވާފައިވާ އެކައުންޓަކަށް އެސްއޯއެފުން އެއް މިލިއަން ޑޮލަރު ޖަމާ ކުރުމުން އެ ފައިސާ އިން މަންފާ ހޯއްދަވައި ލޯންޑާ ކުރައްވާފައިވާ ކަމަށެވެ.
އިސްލާމިކް ބޭންކް ގައި ހުރި ޔާމީންގެ ޑޮލަރު އެކައުންޓަކަށް އެސްއޯއެފްގެ ދެ ޗެކަކުން އެއް މިލިއަން ޑޮލަރު ޖަމާކުރީ އެމްއެމްޕީއާރުސީގެ 1.4 ބިލިއަން ރުފިޔާގެ ޚިޔާނާތް ފަޅާއަރާފައި ވަނިކޮށެވެ.
އެ، އެއް މިލިއަން ޑޮލަރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ ހަވާލުކުރައްވަން އެމަނިކުފާނު ފުރަތަމަ އިންކާރު ކުރެއްވި އެވެ. އެކަމަކު ފަހުން އެއްބަސްވެވަޑައިގަތީ އޭސީސީއާ އެކު އެސްކްރޯ އެކައުންޓެއް ހުޅުވައި ފައިސާ ޖަމާކުރައްވާ ގޮތަށެވެ. އެކަމަކު އެއާޚިލާފަށް އަމަލުކުރައްވައި، ދައުލަތުގެ އިދާރާތަކަށް ވެސް ދޮގު މައުލޫމާތު ދެއްވައި، އިސްލާމިކް ބޭންކުގެ އެކައުންޓުގައި ހުރި އެއް މިލިއަން ޑޮލަރުން މަނީ ލޯންޑަރިން ހިންގެވި ކަމަށް ފުލުހުން ވަނީ އެމަނިކުފާނުގެ މައްޗަށް ތުހުމަތުކޮށްފަ އެވެ.
އެ ޝަރީއަތް ނިމެންދެން ޔާމީން ބަންދުކޮށްފައި ވަނީ މާފުށީ ޖަލުގެ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓުގަ އެވެ. އެއީ، ރަނގަޅު ފެންވަރަކަށް ހަދާފައި ހުންނަ ގޮޅިތަކެކެވެ. އެ ގޮޅިތައް ހަދާފައި ހުންނަނީ ކޮޓަރިއަކާއި ކޮރިޑޯއެއްގެ އިތުރުން ބެކްޔާޑެއް ވެސް ހިމެނޭ ގޮތަށެވެ. ކޮޓަރީގައި އޭސީ އާއި އެނދާއި މަޑުގޮދަނޑި އަދި އަލަމާރި ވެސް ހުރެ އެވެ. އައިސްއަލަމާރި އާއި އެއްޗެހި ދޮންނަ އޮޓޯ މެޝިން ވެސް ބަހައްޓާފައި ހުރެ އެވެ. ފާހާނާގައި ހޫނު ފެނާއި ފިނިފެނުން ފެންވެރެން ހުރެ އެވެ.
އެހެން ކުށްވެރިންނާ ޚިލާފަށް ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓުގައި ބައިތިއްބާ ބޭފުޅުންނަށް ހާއްސަ ކެއުންތައް ލިބެ އެވެ. އަދި ކަސްރަތު ކުރުމަށް ނުކުމެ އުޅުމަށް ހާއްސަ ސަރަހައްދެއް ކަނޑައަޅާފައި އޮވެ އެވެ.
އެ ގޮޅިތަކުގައި ތިބޭ މީހުންގެ ސިއްހީ ކަންކަން ގާތުން ބަލަމުން އަންނައިރު ކިޔާނެ ފޮތްތަކާއި ނޫސް އެ ގޮޅިތަކުގައި ލިބެން ހުރެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަރުދާސްކޮތަޅު
21 February 2019
ހާދައަވަހަކަށޭ ޔާމީނުއެޑްމިޓްކުރަންތިޖެހުނީ ؟ އެކަމަކު ވަގުތުންދެއްކިއްޖެދޯ ؟ އާދޭސްކުރާކަށްނުޖެހުނު އޮތަ ؟
އަލީ އަހުމަދު
21 February 2019
އަނެއްކާ މައިބަދައިގެ 13 ތަނެއްގައި ރެނދުއަޅާފައިނެތްތަ؟
ނާދިރާ
21 February 2019
ގަޓުރައީސު ދެން އައްޖަހާ އަނިޔާ ވެރިކަން ޖައްބާރުކަން ކިބުރުވެރިކަން ޙިޔާނާތެރި ކަން
ކިޔާމީހާ
21 February 2019
1 ދުވަހުވެސް ކެތްނުކުރެވުނީދޯ
ސައި
21 February 2019
ކޮބާ މުސްކުޅި ސާރިދޯޅަށްވުރެ ޒުވާން ފުއްލާގެ ހިތްވަރެއްނެތް ލަދުކޮބާ
އސދދަަަ
21 February 2019
އިންސާނުން ބަލިވާނެ އަހަރެންނަކީ ވެސް ރައީސް ޔާމީން ދާއީދު ކުރާމީހެއްނު. އެކަމު އިންސާނަކު ތިހެން ގޮވީމަ ކަޑަ.ކާލޭވެސް އެކަހަލަ ދުވަހެއް އައިމަ އިގޭނީ.
އަބްދުއްالله
21 February 2019
އެނދުމަތިކުރިޔަސް، މި މީހާ ފިލަން ދާނެ ތަނެއް ނެތް ދޯ؟
މިއަދު
21 February 2019
ހޯމުމިނިސްޓަރ އިމްރާނުގެއިތުބާރުނެތްކަމުގެ މައްސަލަ ހުށައެޅުމަށްގޮވާލަން
މިއަދު
21 February 2019
މަޖިލިސްހުޅުވޭދުވަހު ހޯމްމިނިސްޓަރ އިމްރާނު މަޖިލިއަށް ހާޟިރުކުރަންފެނޭ
މިއަދު
21 February 2019
ރަޢިއްޔަތުންގެ ސަރުކާރަކުން ރައިއްޔަތުންނަށްވީ އެއްމެބޮޑުއަނިޔާ މިވީ އިބޫސާލިހުގެސަރުކާރުން ދިވެހިރާއްޖޭގައި މިނޫނީ އާއްމުހާލަތުގައިއޮތް ހަސްފަތާލެއްގައިގައުމުގެ ސަލާމަތީބާރުން ނުކުމެ ޕެޕަސްޕްރޭބޭނުންކުރިގައުމެއް އެބައޮތްބާ އިމްރާނު އަވަހަށް އިސްތިއުފާދީފަ ނުކުމޭ
ރޭނާ ޑި ފެއުދޫ ބިން މޫނިމާ
20 February 2019
މިސަރުކާރުގައި ކޯޓުން ވާނުވާ ޖެހި ފުރަތަމަ މީހާ
ރަށުމީހާ
20 February 2019
ކޮބާކިހެނެއް ހީވި 24ގަޑިއިރުވެސް ނޯވެވުނު ގަޓުރައީސް ދެންރަގަޅެއްނުވާނެ.