ހިއު ޖެކްމަން ރިކޯޑް ފޮތުން ޖާގަ ލިބުުކަން އަންގައިދޭ ލިޔުމާ އެކު.
23 ފެބުރުއަރީ 2019 - 09:29
"އެކްސް މެން" ގެ ފިލްމުތަކުން ފެށިގެން "ވުލްވްރިން" ގެ ކެރެކްޓާ ކުޅެމުން ދިޔަ، އޮސްޓްރޭލިއާގެ މަޝްހޫރު އެކްޓަރު ހިއު ޖެކްމަން ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ހޯދައިފި އެވެ.
އުމުރުން 50 އަހަރުގެ އެކްޓަރަށް ދުނިޔޭގެ ރެކޯޑް ފޮތުން ޖާގައެއް ކަށަވަރުވީ ދިގު މުއްދަތަކަށް މާވެލްގެ ލައިވް އެކްޝަން ސުޕަހީރޯ ވުލްވުރިންގެ ކެރެކްޓާ ކުޅެފައިވާތީ އެވެ. އޭނާ އަށް ލިބުނު އެ ޝަރަފުގެ ސެޓްފިކެޓް ގިނިސް ވޯލްޑް ރިކޯޑުން މިހާރު ވަނީ ހަވާލުކޮށްފަ އެވެ.
ޖެކްމަން ބުނީ އޭނާ އަކީ ވަރަށް ކުޑައިރުއްސުރެ ވެސް ދުނިޔޭގެ ރިކޯޑް ފޮތުން ޖާގައެއް ހޯދަން ހިތުއަޅައިގެން އުޅުނު މީހެއް ކަމަށާއި އެންމެ ފަހުން އެކަން ކާމިޔާބުވުމުކީ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.
ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ އަދި "ވުލްވުރިން" ގެ ގޮތުގައި މަޝްހޫރުކަން ހޯދި އެކްޓަރު އެންމެ ފަހުން އެ ކެރެކްޓާ ކުޅެފައި ވަނީ 2017 ގައި ރިލީޒްކުރި "ލޯގަން" ގަ އެވެ.
"When I was a kid, the Guinness Book of Records was it ... That's it, I've made it! This is why I got into showbiz, thank you." - @RealHughJackman https://t.co/KoT46MGwYW
— GuinnessWorldRecords (@GWR) February 20, 2019
މާވެލް އިން ދާދި ފަހުން ބުނި ގޮތުގައި ކުރިއަށް އޮތް ތަނުގައި ވުލްވުރިންގެ ކެރެކްޓާ އިން ޖެކްމަން ދެން ނުފެންނާނެ އެވެ. ސަބަބަކީ އެ ރޯލް ކުޅެން ހަށިގަނޑަށް ގެންނަ ބޮޑެތި ބަދަލުތަކަށް، ބީރައްޓެހިވާ ވަރަށް އޭނާގެ އުމުރުން މިހާރު ދުވަސްވުމެވެ. އެހެންވެ އެ ރޯލް ކުޅޭނެ ޒުވާން އެކްޓަރު ހޯދަން އަތްފުނާ އަޅަން ފަށާފައިވާ ކަމަށް މާވެލް އިން ބުނެފައިވެ އެވެ.
ޖެކްމަންގެ އިތުރުން އެކްޓަރު "ސްޓާ ޓްރެކް" ގެ ފިލްމުތަކުގައި ދިގު މުއްދަތަކަށް އެއް ކެރެކްޓާއެއް ސާ ޕެޓްރިކް ސްޓްވާޓް ކުޅެފައިވާތީ އޭނާ އަށް ވެސް ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ލިބިފައިވެ އެވެ. ޕެޓްރިކްއަކީ "ސްޓާ ޓްރެކް" ގެ ފިލްމުތަކުގައި ޕްރޮފެސަރު ޗާލްސް ޒޭވިިއާ (ޕްރޮފެސާ އެކްސް) އެވެ.
ޖެކްމަން އާއި ޕެޓްރިކް ވަނީ އެއް ކެރެކްޓާތަކެއް 16 އަހަރު ވަންދެން ކުޅެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ލަބްސް
23 February 2019
ސްޓާ ޓްރެކްގަ ޕްރޮފެސަރ އެކްސް ނޫޅޭ
މަޒް
30 March 2020
އޮޅުނީއޭ.. އެބުނީ އެކްސް މެންގެ ވާހަކަ