ޚަބަރު / ގެއްލިގެން ހޯދާ މީހުން

ގެއްލުނު ޝިމާ ހޯދަން ގާދޫ އާއި ހުޅިމެންދޫ ވެސް ބަލައިފި

އަންހެން ކުއްޖާ ޑިންގީގައި ދަތުރުކުރި މަގު

ލ. ފޮނަދޫން އެ އަތޮޅު މާމެންދު އަށް ދަަނިކޮށް، ލ. ގާދޫ ކަނޑުއޮޅިއަށް މިދިޔަ ހުކުރު ދުވަހުގެ ރޭ ބަންޑުން ޖަހާލި ޑިންގީން ގެއްލުނު އައިމިނަތު ޝިމާ ނާފިޒު ހޯދަން ދެ ފަޅުރަށެއް ވެސް މިއަދު ބަލައިފި އެވެ.

މާމެންދޫ ކައުންސިލުން ބުނީ އެ ދެ ރަށުން ވެސް، 19 އަހަރުގެ ޝިމާގެ އެއްވެސް ހިލަމެއް ނެތް ކަމަށެވެ.

ބަންޑުން ޖަހާލި ޑިންގީ އާއި ޝިމާ ހޯދަން ބެލީ، މީހުން ބާލާފައިވާ ގާދޫ އާއި މާމެންދޫ ކައިރި އޮންނަ ފަޅުރަށެއް ކަމަށްވާ ހުޅިމެންދޫ އެވެ. އެ ދެ ރަށް ބެލީ ސިފައިންނާއި މާމެންދޫ ރައްޔިތުން ގޮސްގެންނެވެ.

މާމެންދޫ ކައުންސިލްގެ ނައިބު ރައީސް ހުސައިން ހަބީބު އަލީ ވިދާޅުވީ އެ ދެ ރަށް ބެލީ އެ ހާދިސާއާ ގުޅުން ހުރި އެއްވެސް އެއްޗެއް ލައްގާފައި ވެސް ވޭތޯ ކަމަށެވެ. ނަމަވެސް އެފަދަ އެއްވެސް އެއްޗެއް މިހާތަނަށް ފެނިފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މުޅި ގާދޫ ބަލައިފިން. އެއްބަޔަކު މިހާރު ވެސް ހުޅިމެންދޫ އެ ބަލަނީ. ޑިންގީގެ ބައެއް ވެސް. ހެދުމެއް ވެސް އެކަހަލަ އެއްވެސް އެއްޗެއް ފެނޭތޯ މިބަލަނީ،" އެ މަސައްކަތުގައި ކަނޑުމަތީގައި ހުރި ހުސައިން ވިދާޅުވި އެވެ.

Shima gehlun: "E'ee dhathurukuraa varuge dingy eh nun"

Shima gehlun: "E'ee dhathurukuraa varuge dingy eh nun"

The most trusted news source in the Maldives

Mihaaru

ޝިމާ ގެއްލުން: ދަތުރުކުރީ ކުޑަ ޑިންގީއެއްގައި

ޑިންގީ ބަންޑުން ޖަހާލި ދިމާލުގައި އޮންނަ ވެލިގަނޑުފިނޮޅު ކައިރިއަށް ފީނައި ބެލުމަށް ތައްޔާރު ވަމުން އަންނަ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. އެމްއެންޑީއެފުން މިއަދު ވަނީ ޑައިވިން ރޮބޮޓް ބޭނުންކޮށްގެން ވެސް އެ ސަރަހައްދު ބަލައިފަ އެވެ.

ޝިމާ ގެއްލުނީ ލ. ގަމު، އިބްރާހިމް ފަޒީލް، 24، އާ އެކު ފޮނަދޫން ކުޑަ ޑިންގީއެއްގައި ފުރައިގެން މާމެންދޫއަށް ދަނިކޮށް ހުކުރު ދުވަހުގެ ރޭ އިރާކޮޅު އެވެ. ކުޑަ ޑިންގީއެއްގައި އެ ދެމީހުން ދަތުރު ކުރިއިރު އެއީ މޫސުން ވެސް ގޯސް ދުވަހެއް ކަމަށް ކައުންސިލުން ބުންޏެވެ.

ޝިމާ ހޯދަން ބަލާ ސަރަހައްދާއި ރަށްތައް

ސަލާމަތްވި ފަޒީލް ބުނެފައި ވަނީ ޑިންގީން ތެޔޮ ހުސްވެގެން ތެޔޮ އަޅަން އުޅުމުގެ ތެރޭގައި ޑިންގީ ބަންޑުން ޖަހާލީ ކަމަށެވެ. ފަޒީލް ސަލާމަތްވީ ފަތާފައި ގޮސް، ސިކްސް ސެންސް ލާމް ރިސޯޓަށް އެރުމުންނެވެ. އޭނާ ބުނިގޮތުގައި ޝިމާ ފެން މަތީގައި އޮތުމަށް ހަމެއް ދީފައި އޭނާ ރިސޯޓަށް އެރީ އެހީ ހޯދުމަށެވެ.

އެ ރެއިން ފެށިގެން ޝިމާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ އިރު މިހާތަނަށް އޭނާގެ އެއްވެސް ހިލަމެއް ނުވެ އެވެ.

ކުޑަ ދަރިއަކު ވެސް ހުންނަ ޝިމާ ދިރިއުޅެނީ މާމެންދޫގަ އެވެ. އޭނާ ގަމަށް ދިޔައީ ބޭސްފަރުވާއަށް މާލޭގައި އުޅުމަށް ފަހު ރަށަށް ދިއުމަށެވެ. އަދި މިދިޔަ ހުކުރު ދުވަހު ފޮނަދޫން މާމެންދުއަށް ދާން އޭނާ ފުރީ ގަމުގައި ދެ ދުވަހު އުޅުމަށް ފަހުގަ އެވެ.

10 ކޮމެންޓް, 89 ރިއެކްޝަންސް

icon happy icon happy 1%
icon sad icon sad 98%
icon angry icon angry 1%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޢަލިޔާ

25 February 2019

ސާރޗްކުރުމަށްމަސައްކަތްކުރާޓީމުތަކަށް ޝުކުރުހައްގު. ތަޙްޤީގުކުރާފަރާތްތަށްއެބަޖެހޭ މިހާދިސާގ ސައްހަމަޢުލޫމާތު ހޯދަން ތަފާތުއެކި ވާހަކަތަށއަޑުއިވި ވާހަކަތަކާދޭތެރޭ ވިސްނާއިރު ސުވާލުއުފެދޭ ބައިވަރުކަންތަށްހުރި ފަޒީލުއަކީ އުޅަނދުދުއްވުމުގެ ހުއްދަ އޮތްފަރާތެއްތޯ އުޅަނދުސަލާމަތީކަންތަށް ސާފުކޮށްދޭންއެބަޖެހޭ،ސިއްހީރިޕޯޓް އެގެންއެބަޖެހޭ ޔޫރިންޓެސްޓް ބްލަޑްޓެސްޓް ހޮސްޕިޓަލަށް ގެންދެވުނުފަހުން ހެދުނުކަން ޔަގީންކޮއްދޭންޖެހޭ ކުށުގެރިކޯޑްސް ސާފުކޮށްދޭންޖެހޭ

The name is already taken The name is available. Register?

ބަބުރު

24 February 2019

އާދޭހާއެކު މިބުނަނީ ވަޔަށް ބަލައިގެން ނުފެންނާނެ. ކަނޑުއޮޅިޔެކޭއެއީ އޮއިވަރަށް ބަލައިގެން ސާޗްކޮއްބަލަ. އެންއެންޑީއެފް މިކަމާވިސްނާލަބަލަ

The name is already taken The name is available. Register?

ސަކީނާ

24 February 2019

ފެންމަތީގައި އޮތުމަށް ހަމެއްދީފަ ދިޔައީ އޮޔާ އެދާނެކަން ނޭގޭތީބާ.

The name is already taken The name is available. Register?

‫އަބްދުﷲނާފިޒް

25 February 2019

ހ‫ޮޅިވާހަކައެއް, ޑިންގީ ބަންޑުންޖަހާލީމަ ފޯނުވެސް ދީފަޔޯލަ ދިޔައީ, ބަލަގަ ފަތަން ދަންނަ ޒުވާނާ, ފަތަން ނޭގޭ އަންހެން ކުއްޖާއަށް އެހީތެރިވުމަށް އެތާއޮވެގެން ފޯނުން އެހީތެރިކަމަށް ނޭދި, ފްލޯޓް ކުރާނެ ހަމަކާ ފޯނާ އެކުއްޖާއާ ހަވާލުކޮށްފަ ދިއުން ބޮޑު ޖޯކު ވާހަކައެއް.

The name is already taken The name is available. Register?

އެހެންވީމައެއްނުން

26 February 2019

އޮޔާ އެދާނެކަން ނޭގޭ އެހެންވީމައެއްނުން މުހިންމީ ފެންމަތީއޮތުން

The name is already taken The name is available. Register?

ޙަސަންމަނިކް

24 February 2019

އޮޔާއި ވަޔާއި ހުރިގޮތުން ހާދިސާގެ އެއްވެސް ހިލަމެއް ގާދޫއާއި ހުޅިމެންދޫއިން ފެނުން ވަރަށް ނާދިރު. އެކަމަކު ހިތަދޫ އަދި މެންދޫގެ އަތިރިމަތިން ފެނުން އެކަށީގެންވޭ. ހާއްސަކޮށް ހިތަދޫ ރައްޔަތުންނަށް އެވާހަކަ އަންގާލާފައި ބޭއްވުން މުހިންމު. އާންމުކޮށް ރަށުވަށައި އަތިރިމަތީ ޤަވާއިދުން ހިނގާނީ ދުވަސްވީ ދެތިން މީހަކު. ސޯސަލް މީޑިއާއި ޓީވީ ފަދަ ތަކެއްޗާ މާކަ ރައްޓެހި ނުވެދާނެ. އޭގެން މީހަކަށް ޕެޓްރޯލް ހަމެއް ފެނުނަސް ނުބުނެ ހުރެފާނެ ނޭނގޭތީ!

The name is already taken The name is available. Register?

‫ދުނިޔޭޣެ

24 February 2019

‫ އެއްވެސް ތަނެއްގަ ނުބަލާނެ ތިހެނ މީޙަކު ބުނާޢެއްޗެއް އެއީ ތެދެއްކަމަށް, ތި ވެދާނެ ހަދާޢިގެން ޖައްސާސްޓޯރީއެއް ކަމަށް

The name is already taken The name is available. Register?

ޝާމް

24 February 2019

ޝިމާގެ ހަށިގަނޑު ހޯދުމުގައި ގެއްލިފައިވާ ޑިންގި ހޯދުން ވަރަށް މުހިއްމު. ޑިންގި ފެނިއްޖެނަމަ ލޮކޭޝަން އޮތް ހިސާބުން ވަރަށް ގިނަ ހީތައް ޔަގީންވާނެކަމަށް ބެލެވޭ

The name is already taken The name is available. Register?

ސޯސޯ

24 February 2019

އަނެއްކާ ޑިންގީގައި އެ މަންޖެ ދިޔަކަން ޔަގީން އެބަވޭބާ؟

The name is already taken The name is available. Register?

ރަދީފް

24 February 2019

ވަރަށް ހިތާމަވެރި އިންސިޑެންޓެއް.ކަމުގެ ވަށައިގެން އެނބުރޭ ކަންތައްތަކަށް ނަޒަރު ހިންގާލީމަ ވަރަށް ގިނަ ވާހަކަ ކިޔާދޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454