28 ފެބުރުއަރީ 2019 - 12:33
ސަރުކާރަށް ހިލޭ އެހީގެ ގޮތުގައި 385.4 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ފިނޭންސް މިނިސްޓްރީން ކޮންމެ ހަފްތާއަކު ނެރޭ ފައިނޭޝިއަލް ރިޕޯޓުގައި ބުނެފައި ވަނީ، ސަރުކާރަށް ހިލޭ އެހީގެ ގޮތުގައި 385.4 މިލިއަން ރުފިޔާ ލިބިފައިވާ އިރު އޭގެ ކުރީ ހަފްތާގައި ހިލޭ އެހީގެ ގޮތުގައި ލިބިފައިވަނީ އެއް ލައްކަ ރުފިޔާ އެވެ. މިދިޔަ ހަފްތާއާ ހަމަޔަށް ދައުލަތަށް ލިބިފައިވާ ހިލޭ އެހީ އަކީ މި އަހަރު ލިބޭނެ ކަމަށް ލަފާކޮށްފައިވާ ހިލޭ އެހީގެ 28 ޕަސެންޓެވެ.
ހިލޭ އެހީގެ ތެރޭގައި އިންޑިއާ ސަރުކާރުން ބަޖެޓު ސަޕޯޓަށް ލިބުނު 50 މިލިއަން ޑޮލަރު (771 މިލިއަން ރުފިޔާ)ގެ ތެރެއިން 25 މިލިއަން ޑޮލަރު (385 މިލިއަން ރުފިޔާ) ލިބިފައި ވަނީ މިދިޔަ ޖެނުއަރީ މަހު އެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ވެސް ބަޖެޓް ސަޕޯޓަށް 25 މިލިއަން ޑޮލަރު ލިބުނެ އެވެ.
މި އަހަރު ހިލޭ އެހީގެ ގޮތުގައި 1.3 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ. އެގޮތުން މަޝްރޫއުތައް ހިންގުމަށް 712 މިލިއަން ރުފިޔާ އާއި ފައިސާގެ ގޮތުގައި 640 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ. ފައިސާގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވާ 335 މިލިއަން ރުފިޔާއަކީ މިހާރު ވެސް ހިލޭ އެހީގެ ދަށުން ހިންގާ މަޝްރޫއުތަކަށް ލިބެން ޖެހޭ ފައިސާ އެވެ. އަދި ބާކީ 320 މިލިއަން ރުފިޔާ އަކީ މިއަހަރު ހޯދުމަށް ކަނޑައަޅާފައިވާ މިންވަރެވެ.
މިދިޔަ ދެ ހަފްތާގެ ތަފާސްހިސާބުތަކަށް ބަލާ އިރު ދައުލަތުގެ އާމްދަނީ ވަނީ 797 މިލިއަން ރުފިޔާ އަށް އިތުރުވެފަ އެވެ. މިދިޔަ ހަފްތާގެ ނިޔަލަށް ދައުލަތަށް ވަނީ 3.5 ބިލިއަން ރުފިޔާ ލިބިފަ އެވެ. އޭގެ ކުރީ ހަފްތާއާ ހަމަޔަށް ލިބުނީ، 2.7 މިލިއަން ރުފިޔާ ލިބިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަސީދު
06 March 2019
ޙިލޭއެޙީ އެކަމަކު ފަހުން އެއާޕޯޓް ޖީއެމް އާރ އައްދިނުން ކަހަލަކަންތައް މަގޭލޮލައް އެބަފެނޭ