އެމްޑީޕީގެ ޖަލްސާއެއްގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގަންނަވަނީ. މަޖިލިސް ކެމްޕޭނަށް ދެބޭފުޅުން ވެސް ހުކުރު ދުވަހު އައްޑުއަށް ވަޑައިގަންނަވާނެ. މިހާރު/ފައިލް ފޮޓޯ
03 މާޗް 2019 - 14:30
އޭޕްރިލް މަހު ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިހާބަށް އެމްޑީޕީން ކުރާ ކެމްޕޭން ހަރަކާތްތަކެއްގައި ބައިވެރިވެވަޑައިގަތުމުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ހުކުރު ދުވަހު އައްޑުއަށް ވަޑައިގަންނަވާނެ ކަމަށް އެޕާޓީން ބުނެފި އެވެ.
މަޖިލިސް އިންތިހާބުގެ ކެމްޕޭން ހަރަކާތްތަކާ ގުޅޭ ގޮތުން މައުލޫމާތު ދޭން މިއަދު ބޭއްވި ނޫސްކޮންފަރެންސްގައި އެމްޑީޕީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަފްޝަން ލަތީފު ވިދާޅުވީ މާޗް 8-10 އަށް ރައީސް ކުރައްވާ ދަތުރުފުޅުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.
"އައްޑޫގެ އެކި ދާއިރާތަކުގައި، އެކި ހާއްސަ އިވެންޓްތައް ކުރިއަށް ގެންދާނެ،" ރައީސްގެ ދަތުރުފުޅާ ބެހޭ ގޮތުން އަފްޝަން ވިދާޅުވި އެވެ.
"އެޖެންޑާ 19" ގެ ނަމުގައި އެމްޑީޕީން ކުރިއަށް ގެންދާ މަޖިލިސް އިންތިހާބުގެ ކެމްޕޭން ރަސްމީކޮށް ފަށާނީ އައްޑޫއިން ކަމަށް ވަނީ އެނގިފަ އެވެ. އެހެންވެ، ރައީސްގެ ދަތުރުފުޅަކީ އެ ކެމްޕޭން ރަސްމީކޮށް ފަށްޓަވައި ދެއްވުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށް ބެލެވެ އެވެ.
ކެމްޕޭން ރަސްމީކޮށް ނުފެށިޔަސް އެމްޑީޕީން އަންނަނީ ފުޅާ ދާއިރާއެއްގައި މުޅި ރާއްޖޭގައި ކެމްޕޭން ހަރަކާތްތައް ހިންގަމުންނެވެ.
މަޖިލިސް އިންތިހާބުގައި އެމްޑީޕީން 86 ދާއިރާއަކަށް ވާދަކުރާ އިރު އެމްޑީޕީގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް ނަޝީދު ވެސް ވާދަކުރައްވަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުހައްމަދު ރަޝީދު އަލީ ޝާޒު
03 March 2019
ރައީސް ކެމްޕޭން ކޮށްދެއްވަނީ ކޯލިޝަންއަށްތަޯ....
ވީގޮތޭވާނީ
03 March 2019
މަޖިލިސް ކެމްޕޭނަށް ރައީސް އައްޑުއަށް ވަޑައިގަންނަވަނީ ނަމަ ވަޑައިގަނެގެން ނުވާނެއޭ ހަމަ އެކަނި އެމްޑީޕީގެ ފަރާތުން މަޖްލީހަށް ކުރިމަތިލާ ކެންޑިޑޭޓުންނަށް ކެމްޕެއިން ކޮށް ދިނުމަށް ޓަކައި ސަބަބަކީ އެއީ ރައީސް އިބޫ ސޮއި ކޮށްފައިވާ ލިޔުމެއްގައި މިއޮންނަނީ މަޖްލީހުގެ އިންތިޚާބަށް ވާދަ ކުރަން ޖެހޭނީ އެއީ ކޯލިޝަންގެ ހަތަރު ޕާރޓްނަރުން ގުޅިގެންނޭ މިކަން މިނޫން ގޮތަށް ކޮށްފިނަމަ ޕީޕީއެމްގެ ވެރިކަމުގައި ނައިބް ރައީސް ކަމުން ޑރ. ޖަމީލު ވަކި ކުރުމުން
ޑޮނާޑު
03 March 2019
ހާދައަވަހަކަށް ރައީސްސޯލިހުގެ އައްޑޫ ދަތުރުފުޅުގަ ޚަރަދުކުރަނީ ސަރުކާރުގެ ފައިސާއިންކަން ދެނެގަތް ގޮތްވިދާޅުވެދެއްވިއްޔާ ތިކޮމެންޓް އަދިމާފުރިހަމަވާނެކަމަށްފެނޭ!
ބަލާމީހާ
03 March 2019
ރައްޔިތުން ނިކުންނާނީ ޒީރޯ ޓޮލޮރެންސް ގެ މަތިވެރި އުސޫލު އެނގިތިބެ.
ރާއްޖެ
03 March 2019
ކެންޕެއިންނަށް ޓިކެޓްދީ، ހުރުމާއި ކެއުން ހަމަޖައްސާނި އެމްޑީޕީގެ ޚަރަދުގައިތޯ؟
އައްޑޫގެ އަޑު
03 March 2019
އައްޑޫ މީހުން މިފަހަރު އެމްޑީޕީއަކަށް މެޖޯރިޓީ ނުދޭނެ. ބަލަން ތިބޭތި. ކޮންމެ ފަހަަރަކު ވޯޓު ކައިރިވީމަ ނަޝީދު ދަޅަ ދެއްކިޔަސް މިފަހަރު ހަމަ ހިލާ އައްޑޫ މީހުން އެ އަވައިގެ ނުޖެއްސޭނެ. ބޮޑު ތަނުން ބަލިކުރާނަން.
އަށޭ
03 March 2019
މަޖިލިސް ކެމްޕޭނަށް ރައީސް އައްޑުއަށް ވަޑައިގަންނަވަނީ ކަމަށް އެމްޑީޕީ އަށް ނޫސް ކޮންފަރެންސެއް ގައި ނުބުނެވޭނެއޭ ސަބަބަކީ އެއީ އެމްޑީޕީގެ އެކަނި ރައީސެއް ނޫނޭ މިރާއްޖޭގައި އޮތީ ރިޔާސީ ނިޒާމެކޭ ރިޔާސީ ނިޒާމްގެ ދަށުން ރާއްޖޭގެ ރައީސް ކަމަށް އަންނަ މީހަކު އަންނަނީ އެއީ ރާއްޖޭގައި ވޯޓްލާ ރައްޔިތުންގެ މެދުގައި ނަގާ ވޯޓަކުން ވޯޓްލާމީހުންގެ %50 އަށް ވުރެން މަތިން ވޯޓް ލިބިގެން އަންނަމީހެކޭ އެފަދަ މީހަކު ވާން ޖެހޭނީ އެއީ ހުރިހާ ރައްޔިތުންގެ ރައީސް
ކުރޭކުރޭކުރޭ
03 March 2019
ރައީސް އޮފީހަށް ވެސް އަދި އެމްޑީޕީ އަށް ވެސް ރަސްމީ އެއްވެސް ހައިސިއްޔަތަކުން ނުބުނެވޭނެއޭ ބުނެގެން ވެސް ނުވާނެއޭ އެމްޑީޕީގެ މެމްބަރުންނަށް ކެމްޕެއިން ކޮށްދޭން ރާއްޖޭގައި އޮތް އެންމެ ތަކެތީގެ އަގު ބޮޑު އެކަމަކު ކޮލިޓީ ދަށް ތަކެއްޗާއި ޚިދްމަތް ދޭ ތަން ކަމުގައިވާ އައްޑޫ އަށް އައްޑޫގައި ތިބި އެމްޑީޕީގެ މެމްބަރުންނަށް އެކަނި ކެމްޕެއިން ކޮށްދޭން ދާނެ ކަމަށް ނުދެވޭނެއޭ އެގޮތަށް ރާއްޖޭގެ ރައީސަށް ނުދެވޭނެއޭ ހަމަ މިހާރު ދަތުރު ކެންސަލް ކުރަންވީއޭ...
ނޯޑޭމްގުޑް
03 March 2019
ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ކަމުގެ މަގާމާއި ހަވާލުވާ ފަރާތް ކުރާ ހުވާގައި އޮންނަނީ ރައްޔިތުންނަށް އަމާނާތް ތެރިކަމާއި އަދި ތެދުވެރިކަން މަތީ ހުރެގެން ވަޒީފާ އަދާ ކުރުމަށޭ އެހެން އެހުވާ އޮތްހާ ހިނދަކު ރައީސް އިބޫ ހުވާގައިވާ ގޮތުގެ މަތިން ކަންކަން ކުރާނަމަ އެމްޑީޕީގެ މެމްބަރުންގެ ކެމްޕެއިނަށް އެކަނި އައްޑޫ އަށް ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން ރަސްމީ ދުވަހު ރަސްމީ ހައިސިއްޔަތުން ގޮސްގެން ނުވާނެއޭ އެކަން ކުރަން ޖެހޭނީ އެމްޑީޕީގެ ޚަރަދުގައޭ
އޮރިޔާންކޮރަޕްޝަނަށޭ
03 March 2019
މަޖްލީސް އިންތިޚާބުގެ ކެމްޕެއިނަށް ރައީސް އިބޫ އައްޑޫ އަށް ވަޑަައިގަންނަވަނީ ހަމަ އެކަނި އެމްޑީޕީގެ ކެންޑިޑޭޓުންނަށް ކެމްޕެއިން ކުރަން ކަމަށްވާނަމަ އެއީ ވަރަށް ނުރައްކާތެރި ކަމެކޭ އެކަން އެގޮތަށް ކޮށްފިނަމަ އެވާނީ ވަކި ފަރާތަކަށް ނާޖާއިޒުގޮތުގައި ފައިދާ ހޯދާ ދިނުމަށް އެމްޑީޕީން ކުރާ ކަންކަމުގައި މުޅި ރައްޔިތުންގެ ނަމުގައި ހޮވިފައިވާ ރައީސް އަކު މަސައްކަތް ކުރަނީ ކަމަށޭ އެއިރުން އެނުފެތޭނެއޭ ޒީރޯ ޓޮލެރެންސް އޮން ކޮރަޕްޝަން އަށް އެއިރުން އެފެތޭނީ