ސިއްހީ ދާއިރާ ތަރައްގީކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ހެލްތު މިނިސްޓަރު އަމީން (ވ)، ސައުދީގެ ހެލްތު މިނިސްޓަރު ޑރ. ތަައުފީގު ސަލާމްކުރައްވަނީ.-- ފޮޓޯ: ހެލްތު މިނިސްޓްރީ
03 މާޗް 2019 - 22:19
ސިއްހީ ދާއިރާ އިތުރަށް ހަރުދަނާކުރުމުގެ އެއްބަސްވުމެއްގައި ސައުދީ އަރަބިއްޔާއާ އެކު ހެލްތު މިނިސްޓްރީން މިއަދު ސޮއިކޮށްފި އެވެ.
ސައުދީ އަރަބިއްޔާގެ ޖިއްދާގައި ބޭއްވި ރަސްމިއްޔާތުގައި ސިއްހީ ދާއިރާއާ ގުޅޭ މުހިއްމު އެއްބަސްވުމުގައި ސޮއިކުރެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި އެ ގައުމުގެ ހެލްތު މިނިސްޓަރު ޑރ. ތައުފީގު އަލް ރާބިއާ އެވެ.
ހެލްތު މިނިސްޓްރީން ބުނީ އެއްބަސްވުމުގެ ދަށުން ސިއްހީ ދާއިރާ އަށް މީހުން ބިނާކުރުމުގައި ސައުދީގެ އެހީތެރިކަން ލިބޭނެ ކަމަށެވެ. އޭގެ އިތުރުން ސިއްހީ މަރުކަޒުތައް އިތުރަށް ތަރައްގީކުރުމަށާއި ދާއިރާ އަށް ބޭނުންވާ އާލާތްތައް ހޯދުމުގައި އެހީތެރިކަން ލިބޭނެ ކަމަށް ވެސް ބުންޏެވެ.
ސިއްހީ ދާއިރާ ތަރައްގީކުރުމުގެ އެއްބަސްވުމުގައި ހެލްތު މިނިސްޓަރު އަމީން (ވ) އަދި ސައުދީގެ ހެލްތު މިނިސްޓަރު ޑރ. ތަައުފީގު ސޮއިކުރައްވަނީ - ފޮޓޯ: ހެލްތު މިނިސްޓްރީ
އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ވާހަކަ ދައްކަވަމުން ދެ ބޭފުޅުން ވެސް ވަނީ ދެ ގައުމު ދެމެދު އޮތް ގާތް ގުޅުމަށް އަލި އަޅުއްވާލައްވައިފަ އެވެ. އެގޮތުން ރާއްޖެ އަށް ދެމުން އަންނަ އެހީތެރިކަމަށް އަމީން ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯގެ ޑިރެކްޓަރު ޖެނެރަލް ޓެޑްރޯސް އަދްނަމަންއާ ވެސް މިނިސްޓަރު ވަނީ އިއްޔެ ބައްދަލުކުރައްވައިފަ އެވެ. ޖަޒީރާ ގައުމުތަކުގައި ސިއްހީ ހިދުމަތް ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތައް ހައްލު ކުރުމުގައި އަމަލު ކުރެވިދާނެ ގޮތްތަކާ ބެހޭ ގޮތުން ދެ ބޭފުުޅުން މަޝްވަރާ ކުރެއްވި ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.
މިނިސްޓަރު އަމީން ސައުދީ އަށް ވަޑައިގަތީ ބަލި މީހުން ރައްކާތެރިކަމާ ގުޅޭ ގޮތުން އެ ގައުމުގައި ކުރިއަށް ގެންދާ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށެވެ.
އެއީ، ބަލި މީހުންގެ ރައްކާތެރިކަމާ ގުޅޭ ގޮތުން ކުރަން ޖެހޭ މަސައްކަތްތަކަށް ގައުމުތައް އަހުލުވެރި ކުރުވައި، އެކަމާ ގުޅިގެން ގައުމުތަކުން ކުރާ ކަންކަން އިތުރަށް ހަރުދަނާ ކުރުމަށާއި އެހީ ބޭނުންވާ ދާއިރާތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ބާއްވާ ބައްދަލުވުމެއް ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޯއައިސީ ފަރީދު
04 March 2019
މުސްލިމް ގައުމުތަކާ ގުޅުން ބަދަހިކުރުމަކީ ވަރަށް ރަނގަޅު ކަމެއް. އަދި ސައުދީގެ އިތުރުން ގަތަރުފަދަ ގައުމުތަކާ ހަމަޔަށް ދިޔުމަކީވެސް ރަނގަޅު ކަމަކަށްވާނެ.
އާބިދާ
04 March 2019
ހިންގުންތެރި ވަޒީރެއް.
ޢަލީ ހަސަން
03 March 2019
ޢަމީނު ތީ ހެލްތު ޑިޕްލޮމޭޓްތަ. މަސައްކަތް ރަގަޅު އެކަމަކު ސައޫދީގަ ތިއޮތީ މާކަ ރަގަޅު ވެރިކަމެއްނޫން. ޢެމީހުނަގުޅުން ބަދަހި ކޮއްގެން އަދި މިވީހާތަނަކަށް ނެތް ކަމެއް ވެފަ.
ރިމާދު/ލ.ފޮނަދޫ
03 March 2019
ރާއްޖޭގެ ރަށްތަކުގެ ސިއްހީ ކަންކަން ރަނގަޅު ކުރުމަށް ސިއްހަތު ވަޒީރު ތިޔަ ކުރަމުން ގެންދާ މަސައްކަތްތައް ފެނިފައި ވަޒީރުގެ އިހުލާސްތެރިކަމާއި މަސައްކަތަށް ދޭ އަހައްމިއްޔަތުކަން އެބަ އިހުސާސްވޭ. އުއްމީދު ތި ކުރައްވާ ބުރަ މަސައްކަތުން އަތޮޅު ތެރޭގެ ސިއްހީ ކަންކަން ރަނގަޅުވުން. ސިއްހީ މަރުކަޒުތައް ތަރައްގީވެ ހުރިހާ މަރުކަޒަކުންވެސް އަސާސީ ހިދުމަތް ލިބިގެން ދިޔުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އުއްމީދެއް.
ސަމީރު އަލީ
03 March 2019
އުފާވޭ މަނިކުފާނުގެ ހަބަރެއް ކިޔާލާ ކޮންމެ ފަހަރަކު
ޒައީމް
03 March 2019
އަމީންގެ މަސައްކަތްތައް ފުރިހަމަ. ތި ގޮތުގައި ކުރިއަށް ވަޑައިގަންނަވާ، އޭރުން އިބޫގެ ސަރުކާރަކީ ސިއްހަތު ދާއިރާއަށް އިންގިލާބީ ބަދަލެއް ގެނެވުނު ސަރުކާރަކަށް ވާނެ.