ހުކުރު މިސްކިތް؛ އަންނަ އަންގާރަ ދުވަހުގެ ނިޔލަށް ތަރިކަ ލިސްޓަށް ހިޔާލު ހުށަހެޅޭނެ: މިހާރު/ ހުސެއިން ވަހީދު
05 މާޗް 2019 - 14:48
ރާއްޖޭގެ ސަގާފީ ތަރިކައިގެ ލިސްޓަށް ހިޔާލު ހުށަހަޅަން މިނިސްޓްރީ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް އިން ހުޅުވާލައިފި އެވެ.
މި ލިސްޓު އެކުލަވާލާފައި ވަނީ ދިވެހި ތާރީހު ދިރާސާކުރާ މީހުންގެ ފޮތްތަކާއި ރަށު ކައުންސިލްތަކުން ލިބިފައިވާ މައުލޫމާތުގެ މައްޗަށް ކަމަށް އެ މިނިސްޓްރީން ބުންޏެވެ. މި ލިސްޓަށް ހިޔާލު ހުށަހަޅަން ހުޅުވާލީ އޭގައި ހިމެނޭ ތަރިކަތަކުގެ މައުލޫމާތުގެ ސައްހަކަން ކަށަވަރު ކުރުމަށްޓަކަ އެވެ.
އޮންލައިން ފޯމެއް މެދުވެރިކޮށް ނުވަތަ އީމެއިލް މެދުވެރިކޮށް އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް މި ލިސްޓަށް ހިޔާލު ހުށަހެޅޭނެ އެވެ.
ޖުމްލަ 460 ތަރިކަ އެކުލަވާލާފައިވާ މި ލިސްޓުގައި އެ ތަރިކަ އަށް ކިޔާ ނަމާއި، އެތަނެއް ހުރި އަތޮޅާއި ރަށުގެ އިތުރުން އެއީ ކޮންބާވަތެއްގެ ތަރިކަ އެއްކަމާއި ކުރު ތަފްސީލެއް އެކުލަވާލާފައި ވެ އެވެ. އާސާރީ ތަރިކަ ބަހާލައިފައިވާ ކެޓަގަރީތަކުގެ ތެރޭގައި ތަކެތި، އިމާރާތް، ބިނާ، ސަރަހައްދު، ގަސްގަހާގެހި އަދި މީހުން ވަޅުލާފައިވާ ތަންތަން ހިމެނެ އެވެ.
އެ މިނިސްޓްރީން ވަނީ އާސާރީ ތަރިކަތައް ހިމާޔަތްކުރާ ބިލް ނިމިއްޖެ ކަމަށް އިއްޔެ ބުނެފަ އެވެ. މި ބިލުގައި ހިމާޔާތްކޮށްފައިވާ ތަންތަނަށް ގެއްލުންދޭ މީހުންނަށް އަދަބުދެވޭނެ އުސޫލު ހިމެނޭނެ ކަމަށް އެ ތަނުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކާނި
06 March 2019
މި ލިސްޓްގައި މާލޭގައި އާސާރީ އެންމެ ގަހެއްވެސް ހުރި ކަމަކަށް ނެތް. ސަލްޓަން ޕާކްގައި ހުންނަ ބޮޑެތި ގަސްތަކަށް 80 އަށްވުރެ ގިނަ އަހަރުވެފައިވާނަމަ އެ ގަސްތައް ހިމާޔަތްނުކުރާނަމަ ފަހުގެ ޖީލަށް ފެންނާނެ އެއްވެސް އާސާރީ ގަހެއް މާލެއަކު ނުހުންނާނެ.
ކޮއްކޯ
05 March 2019
މިގޮތަށް ހިމާޔަތްކުރެވޭ ތަންތަނުގެ ތެރޭގައި ސުނާމީގައި ފަޅުވި ރަށެއްކަމުގައިވާ ރ. ކަނދަޮޅުދޫ ހިމެނުމަކީ ރަނގަޅުކަމެއް.