މައުމޫން ވާހަކަފުޅު ދައްކަވަނީ: އިންޑިއަން އޯޝަން ކޮންފަރެންސްގައި ބައިވެރިވުމަށް ވަނީ ދައުވަތު ލިބިވަޑައިގެންފައި.-- މިހާރު ފޮޓޯ: މުހައްމަދު ޝަރުހާން
27 އޯގަސްޓް 2016 - 22:19
މި އަންނަ މަހު ސިންގަޕޫރުގައި ބާއްވާ އިންޑިއަން އޯޝަން ކޮންފަރެންސްގައި ބައިވެރިވެ ވަޑައިގަތުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ދައުވަތު ލިބިވަޑައިގެންފި އެވެ.
އިންޑިއާ ފައުންޑޭޝަނުގެ ފަރާތުން ބާއްވާ މި ކޮންފަރެންސްގައި މަޝްވަރާކޮށް ވާހަކަ ދައްކާނީ ދުނިޔޭގެ ތަރައްގީ އާއި ކުރިއެރުމާއި ސުލްހަވެރިކަމުގައި މި ސަރައްދުގެ ގައުމުތަކުގެ ދައުރާ ގުޅޭގޮތުންނެވެ.
މި ކޮންފަރެންސްގައި މައުމޫން ތަގުރީރު ކުރެެއްވުމަށް ވެސް ހަމަޖެހިފައިވެ އެވެ.
ދެ ދުވަހުގެ މުއްދަތަށް ބާއްވާ މި ކޮންފަރެންސްގައި މި ސަރަހައްދުގެ ގިނަ ގައުމުތަކެއްގެ ސިޔާސީ ބޭފުޅުންނާއި ތަޖުރިބާކާރުން ބައިވެރިވެ ވަޑައިގަންނަވަ އެވެ. އޭގެ ތެރޭގައި އިންޑިއާ އާއި ބަންގްލަދޭޝް އާއި އިންޑޮނީޝިޔާ އަދި މެލޭޝިޔާގެ ފޮރިން މިނިސްޓަރާއި ސްރީލަންކާގެ ބޮޑުވަޒީރާއި ސިންގަޕޫރުގެ ބޮޑުވަޒީރުގެ ނައިބު ބައިވެރިވެ ވަޑައިގަންނަވަ އެވެ. އޭގެ އިތުރުން ސައުތު އެފްރިކާ އާއި އިނގިރޭސިވިލާތާއި ފްރާންސާއި އޮސްޓްރޭލިއާގެ މަންދޫބުން ވެސް ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް އެނގިފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy