ކުރީގެ ސަރުކާރުން ކުރިއަށް ގެންދިޔަ "ހިޔާ މަޝްރޫއު" ދަށުން ފްލެޓް ލިބުނު ކަމުގެ ލިޔުން ހޯދުމަށް ހައުސިން މިނިސްޓްރީ ކުރިމައްޗަށް މީހުން އެއްވެފައި---ފޮޓޯ: އަހުމަދު ނިޝާތު/މިހާރު
07 މާޗް 2019 - 16:22
ފްލެޓުތަކާ ގުޅޭ ޝަކުވާތައް ހުށަހަޅަން ޖެހޭނީ ރައީސް އޮފީހަށް ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެ މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ ހިޔާ މަޝްރޫއު އާއި ގެދޮރުވެރިކުރުމާއި ގުޅީފަޅު ހައުސިން ޕްރޮޖެކްޓާ ގުޅޭ މައްސަލަތައް ބަލަން ހާއްސަ ކޮމެޓީއެއް އުފައްދާފައިވާތީ، އެކަމުގެ ޝަކުވާތައް ހުށަހަޅާނީ ރައީސް އޮފީހަށް އެކަނި ކަމަށެވެ.
ކުރީގެ ސަރުކާރުން ހިންގި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ގެންދިޔަ ގޮތް ބަލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މިދިޔަ ޑިސެމްބަރު މަހު ކޮމެޓީއެއް އެކުލަވާލައްވައިފަ އެވެ. އެ ކޮމެޓީން ވަނީ ފްލެޓުތަކާ ގުޅޭ ޝަކުވާ މި މަހުގެ 25 ގެ ނިޔަލަށް ހުށަހަޅަން ހުޅުވާލައިފަ އެވެ.
"މި މަސައްކަތަކީ އިސްވެ ދެންނެވުނު ކޮމެޓީން ކުރައްވަމުން ގެންދަވާ މަސައްކަތަކަށް ވާތީ ޝަކުވާ ހުށަހަޅުއްވާ ފޯމު ބަލައިގަންނާނީ ރައީސް އޮފީހުން އެކަނިކަމުގައި ދަންނަވަމެވެ،" ހައުސިން މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.
ބޯހިޔާވަހިކަމުގެ މައްސަލަތައް ބަލާ ކޮމެޓީން ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހިންގި ބޯހިޔާވަހި ކަމުގެ މަޝްރޫއުތަކުގައި ފްލެޓް ދީފައިވާ މީހުންގެ ނަންތައް މިދިޔަ ހޯމަ ދުވަހު ހާމަކޮށްފަ އެވެ. ފްލެޓް ލިބޭ މީހުން ކަނޑައަޅައި، ފްލެޓް ލިބުނު ކަމުގެ ލިޔުން ހަވާލުކޮށްފައި ވިޔަސް ކުރީގެ ސަރުކާރުން އެއީ ކޮން ބައެއްކަން ހާމަކޮށްފައެއް ނުވެ އެވެ. ޒާތީ މައުލޫމާތު ހާމަ ނުކުރާނެ ކަމަށް ބުނެ އޭރު ހާމަކޮށްފައި ވަނީ ފްލެޓަށް އެދި ހުށަހެޅި ފޯމުގެ ނަންބަރު އެކަންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސައީދުތުރީ
08 March 2019
ރިސޯޓްތަކާވާދަޔަށް ސަރުކާރުންވެސްދަނީ ގެސްޓް ހައުސް (ރށްޔަތުންނަށް ފުލެޓް) އެޅުން ގިނަކޮށް ރަށްޔަތުމީހާގެ މުސްސަދިކަން ނަށްތާލަމުން ބައްލަވާ ކުރާހުރިހާ މަސައްކަތެއްގެ ރުފިޔާކޮޅު ފުލެޓްކުއްޔަށް ސަރުކާރުން ރިސޯޓް ތަރަށްގީ ކުރިއްޔާ މާރަނގަޅުވާނެނު އެކަމަކު ރަށްޔަތުމީހާ މުސްސަދި ވެދާނެތީ ސަރުކާރުން ބިރުގަންނަނީ އެހެންވީމާ ސަރުކާރުން ގެސްޓްހައުސް ރިޔަލްސްޓޭޓް ވިޔަފާރިކުރިއަރުވަނީ މާތްﷲ އަމާނާތެއް ހަވާލް ކުރެއްވީމާ އެކަމަށް ޙިޔާނާތްތެރިވަނީ ނަހަމަގތއ
ސިއްދީގު
08 March 2019
ފުލެޓަކީ ވަރަށްގިނަ ބަޔެއްގެ ހައްގެއް.ރަނގަޅަށބަލާފަނޫނީ ދީގެންނުވާނެ.ރާއްޖެތެރޭ ރަށްރަށުގަ އުޅޭމީހުންނަށްވެސް ފުލެޓްދީފަ އެބަހުރި.ފުލެޓްދީފަހުރީއަކީ ސުމާރެއް ގަމާރެއްބަލާފައެއްނުން.
އަރޫ
08 March 2019
މި 5 އަހަރު ފަތުއަޑް ކިޔާފަ ރާއްޖެތެރެ ތަރަށްގީ ކޮށްބަލަ. މާލެ އޮތްގޮތަށް ބާންވާފަ. އޭރުން ތި ފުލެޓް ކަންތައް ހައްލުވީ.
އައިނީ
08 March 2019
ޔާމީނު ސަރުކާރުން ފުލެޓް ލިބުނި ކަމަށް ލިސްޓް ކުރެވުނި މީހުން އުނިކުރެވުމަކީ ވެސް ބޭ އިންސާފެއް ކަމަށް ދެކެނީ
އިބޫ
08 March 2019
22 ހާސް މީހުން ނަކީވެސް ހައްގު ވެރިން ކަމަށް ހަދާފަ ތިކަން ނިންމާލަ ބަލަ. ކޮން 5 މަހެއް ނަގާކަން
ޢުމަރުބެ
08 March 2019
ހަމަ ެެކައްޗެއް ހެދީ ކުރީގެ ލިސްޓް ނެރުނީ ހަމަ އެކަނި ކުރިކަމަކީ ބައެއް ފްލެޓް މަދުކުރީ. ދެން ކޮން އަނގައެއް ހާވަނީ ....
ސައީދުތުރީ
08 March 2019
އެދިގުރާސްތާ 30 އަހަރު ކުރިކަންތަކުގެ ފައިދާ ކޮރަޕްޝަން ފެށުމުގެ އަސްލު ފަގީރުނަމަވެސް ވަރިއް ނަޒާހައްތެރިކަމާއެކުވެރި ކަމާއެކު އުޅެމުން އައި ބަޔެއް ދެރިކަމުގެ ދަހިވެތިކަމާހެދި ބިންހިއްކާ ހިސޯރުކޮއްހެދީ މިފަސާދަޔާ ކަރޕްޝަން އުފަށްދަން ބައްލަވާ މިކަމާހެދި އުފެދުނު ތަނެއް އެއީ ކުޑަކުދިންގެ ހިޔާ ދަރިޔަކަށް ކުލުނެއް ނުބެހެއްޓެނީ ވަންނާނެ ޖިފުޓިގަޑެއްވެސް ނެތީމަ ރަށްޔަތުން ނަށް ރިޔަލްސްޓޭޓް ވިޔަފާރި ސަރުކާރުން ފެށީމަ އޯގާތެރިކަމުގެ ބަދަލްގައި އަނިޔާ
ގޯނިބެ ކުޑައަލީ
07 March 2019
ހައްޤުވެރިންނަށް ދިނުމުން ތިކަންނިމިދާނެ. މިސަރުކާރަކީ ނިކަމެތިންގެ އަޑުއައްސަވާނެ ސަރުކާރެއް. މިހާރު ވެރިކަމުގައި ހުންނެވީ ޞާލިހު ބޭފުޅެއް!
ދޮންނޭ
07 March 2019
މީހުންނަށް ލިބިފަ ހުރި ތަންތަން ފޭރުމުގެ ބަދަލުގަ ކަލޭމެންވެސް ތަންތަން ހަދާފަ ދޭން ވީނު. އުރަތްޕެއް ނެތީމަ އަބަދުވެސް ކޮންމެވެސް ބޭކާރު ވާހަކަތަކެއްގަ މީހުންގެ ބޮލަށް އެރިގަނެގެން ތިބެވޭތޯ ބަލަނީ. މިހާތަނަށް ކޮމިޝަން ތަކާއި ކޮމިޓީތައް ހެދުން ފިޔަވައި ކުރެވުނު އެއް ކަމެއް އޮތީކީ ނޫން.
އަމުދު
08 March 2019
ވައްކަން ކޮށްފަ އޭހުރީ ފްލެޓްތަކުން ދެނޯ!
ދޮގެއްތަ؟
07 March 2019
ހުރިހާ ކަމެއް އެއް ކޮޓަރި ތެރޭން. ނަން ވާނީ ޔާމީން. ތިވަރު ފުކެއް ބޮޑު.