ޚަބަރު / ފުވައްމުލައް

ބޯޓު ފުން ކުރެވޭ ވަރުގެ އުޅަނދެއް އަދިވެސް ނުލިބޭ: ޓްރާންސްޕޯޓް

ވިއެޓްނާމްގެ މުދާ އުފުލާ ބޯޓު ފުވައްމުލަކު ފަރަށް އަރާފައި: މި ބޯޓު ފުން ނުކުރެވިގެން އުޅޭތާ 16 ދުވަސް ވަނީ ވެފައި. -- ފޮޓޯ: ސޯޝަލް މީޑިއާ

ފުވައްމުލަކު ހުޅަނގު ފަރާތު ފަރަށް އެރި ވިއެޓްނާމްގެ އާގު ބޯޓު ފުން ކުރުމަށް ދިން 15 ދުވަހުގެ މުއްދަތު މާދަމާ ހަމަވާއިރު، އެ ބޯޓު ފުން ކުރެވޭވަރުގެ އުޅަނދެއް އަދިވެސް ނުލިބޭ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން މިއަދު ބުނެފި އެވެ.

"އެމްވީ އެންޖީއޯސީ ސަން" ބޯޓު މި މަހުގެ 13 ގައި ފަރަށް އެރުމާ ގުޅިގެން އެ ބޯޓު ފުން ކުރުމުގެ މަސައްކަތް ފެށުމަށް ޓްރާންސްޕޯޓު އޮތޯރިޓީން މި މަހުގެ 15ގައި މުހުލަތެއް ދިނެވެ.

ބޯޓު ފުންކުރުމުގެ މަސައްކަތް ކުރަނީ ސިންގަޕޫރުގެ ސެލްވޭޖް ކުންފުންޏެއްގެ ޓީމެކެވެ. ފުން ކުރަން ނޯޓިސް ފޮނުވީ އެ ބޯޓުގެ ރާއްޖޭގެ އެޖެންޓް އޯޝަން ލޮޖިސްޓިކްސްއަށެވެ.

ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން އަބްދުއް ރަޝީދު ނާފިޒު ވިދާޅުވީ ބޯޓު ފުން ކުރުމުގެ މަސައްކަތް ނުފެށި ލަސްވަނީ ބޯޓު ފުން ކުރަން ބޭނުންކުރާ ޒާތުގެ އުޅަނދެއް ނުލިބޭތީ ކަމަށެވެ. ނަމަވެސް އެ މަސައްކަތް ކުރެވޭތޯ ތަފާތު ގޮތްގޮތަށް ވިސްނަމުން އަންނަ ކަމަށް ނާފިޒު ވިދާލުވި އެވެ.

ފުވައްމުލަކު ހުޅަނގު ދެކުނު ފަރާތު ފަރަށް އެރި ބޯޓު. މި ބޯޓުގައި 5700 ޓަނުގެ މުދާ ހުރި ކަމަށްވޭ. - ފޮޓޯ: ފުވައްމުލަކު ކައުންސިލް

އޭނާ ވިދާޅުވި ގޮތުގައި އެމީހުން މަސައްކަތް ކުރަނީ ބޯޓުގައި ހުރި މުދާތައް ހުސްކޮށްފައި، ޓަގު ބޭނުންކޮށްގެން ބޯޓު ފުން ކުރުމަށެވެ. އެގޮތުން ކޮޅުވެއްޓިއެއް ނުވަތަ ހެލިކޮޕްޓަރެއް ގެނެސްގެން މުދާތައް ހުސް ކުރަން ތައްޔާރަށް ތިބި ކަމަށް ނާފިޒް ވިދާޅުވި އެވެ.

"ދޯނިތައް ކައިރިކުރެވޭ ވަރަށް މާ ގަދައީ އެ ސަރަހައްދު. އެ މީހުން ވިސްނުން ބޮޑަށް ހުރީ ކޮޅުވެއްޓިއެއް ގެނެސްގެން މުދާތައް ހުސް ކުރުމުގެ މަސައްކަތް ކުރަން،" ނާފިޒު ވިދާޅުވި އެވެ.

ނާފިޒު ވިދާޅުވީ މުއްދަތުގެ ތެރޭގައި ފުން ނުކުރެވޭ ކަމަށްވާނަމަ، ކުރިމަތިވި ދަތިތައް ޓްރާންސްޕޯޓް އޮތޯރިޓީއަށް ހުށަހަޅަން އަންގާފައިވާނެ ކަމަށެވެ. އަދި އެކަށީގެންވާ ސަބަބެއް ދެއްކިއްޖެނަމަ، ބޯޓު ފުން ކުރަން ދިން މުހުލަތު އިތުރު ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ވަރަށް ގަދައަށް އެބަ މަސައްކަތް ކުރޭ ބޯޓު ފުން ކުރުމުގެ މަސައްކަތް ފަށަން. އެމީހުން ހުއްޓާލައިގެން ތިބީއެއް ނޫން. ވަރަށް ބޮޑެތި ހަރަދުތަކެއް ވެސް އެބަކުރޭ،" ނާފިޒު ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި ބޯޓު ފުން ކުރުމަށް ލ. އަތޮޅުގައި އޮތް ކޮޅުވެއްޓިއެއް ފުވައްމުލަކަށް ގެންދިއުމަށް މިއަދު މަސައްކަތް ކުރި އެވެ. އެކަމަކު މޫސުން ގޯސްވުމުގެ ސަބަބުން ފުވައްމުލަކަށް ދަތުރު ކުރެވޭ ގޮތް ނުވި ކަމަށް ވެ އެވެ.

ނާފިޒު ވިދާޅުވި ގޮތުގައި މުއްދަތުގެ ތެރޭގައި ފުން ކުރިޔަސް ނުކުރިޔަސް ފަރަށް އެރި ބޯޓު ޖުރިމަނާ ކުރާނެ އެވެ. އެކަމަކު ޖޫރިމަނާ ކުރެވޭ އަދަދު ކަނޑައެޅޭނީ ބޯޓު ފުން ކުރުމުން، ފަރަށް ލިބުނު ގެއްލުމާ ގުޅޭ ރިޕޯޓު ތައްޔާރު ކުރުމުން ކަމަށާއި ތިމާވެއްޓަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދާނެ ކަމަށް ނާފިޒު ވިދާޅުވި އެވެ.

ބޯޓު ފަރަށް އެރީ ފުވައްމުލަކުގައި ގާއިމުކުރާ ފެނާއި ނަރުދަމާގެ ނިޒާމަށް ބޭނުންވާ ހިލަ އާއި ހިލަވެލި ހިފައިގެން ގޮސް އެ ރަށް ކައިރީގައި އޮއްވަ އެވެ. މި ބޯޓުގައި 20 ފަޅުވެރިން ތިބިއިރު، މިއީ ދިގުމިނުގައި 102.79 މީޓަރު ހުރި އަދި ފުޅާމިނުގައި 17 މީޓަރު ހުރި ބޯޓެކެވެ. އެ ބޯޓުގައި ހިލަ އާއި ހިލަވެއްޔާއެކު 5700 ޖަމްބޯ ބޭގް އެބަހުއްޓެވެ.

ވިއެޓްނާމްގެ މުދާ އުފުލާ ބޯޓު ފުވައްމުލަކު ފަރަށް އަރާފައި. - ފޮޓޯ: ސޯޝަލް މީޑިއާ

ފުވައްމުލަކުގެ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމަށް ސަރުކާރުން ހަވާލުކުރީ ސްރީ ލަންކާގެ ސިއެރާ ކުންފުންޏާ އެވެ. އެކަމަކު ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމަށް ބޭނުންވާ ހިލަ އާއި ހިލަވެލި ގެންދިއުމަށް ހަވާލުކޮށްފައި ވަނީ ވިއެޓްނާމްގެ މުދާ އުފުލާ ބޯޓަކާ އެވެ.

‎ބޯޓު ފަރަށް އެރީ އިންޑިއާގެ ޓުޓިކޮރިން އިން ރާއްޖެ އަށް މުދާ ބަރުކޮށްގެން މާލެ ބަނދަރަށް ވަދެ، ކްލިއަރެންސް ހޯދުމަށް ފަހު ފުވައްމުލަކަށް ކައިރިކޮށް ނަގިލި އަޅަން ޕޮއިންޓް ހޯދަން އުޅުމުގެ ތެރޭގަ އެވެ.

ފަރުމައްޗަށް އެރި ބޯޓު 10 ފޫޓާ ހަމައަށް ބީހިފައި އޮތްއިރު، އެއަށްވުރެ ބޮޑަށް ބޯޓު ބީހިގެން ހިނގައިދާނެ ކަމަށް ބޯޓު ފުން ކުރުމުގެ މަސައްކަތުގައި އުޅޭ ބައެއް މީހުން ބުންޏެވެ. ބޯޓު ފަރަށް އެރި ދިމާލަކީ ޑައިވް ކުރުމަށް ހާއްސަ ޕޮއިންޓެއް އޮންނަ ދިމާލެއް ކަމަށްވެ އެވެ. ބޯޓު ފަރަށް އެރުމުގެ ސަބަބުން ޑައިވް ޕޮއިންޓަށާއި ފަރަށް ލިބުނު ގެއްލުމެއް އަދި ނޭނގެ އެވެ.

4 ކޮމެންޓް, 20 ރިއެކްޝަންސް

icon happy icon happy 35%
icon sad icon sad 50%
icon angry icon angry 15%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޢެންލީން

28 August 2016

މިތާ ގޯޅިކަންމަތިން ސޮރަކަށް ތިބޯޓު ދެން ދިނީއޭ ބުންޏަސް އޮސޮރުމެން ތި ފުންކުރަން ނަގާނި ދެރާޅު ދޭތެރޭ ނަގާހާ ކުޑަ ހިނދުކޮޅެއް. ހެހެ

The name is already taken The name is available. Register?

ބީވާ

28 August 2016

ކޮންމެހެންވެސް ޖޫރިމާނާ ކުރާނެ ލާރިކޮޅެއް ލިބޭތޯ ނުވަތަ ޖީބު ފުލް ކުރެވޭތޯ ކޮންމެހެންވެސް ބަލާނެ...

The name is already taken The name is available. Register?

ހުއްބުލްވަޠަން

28 August 2016

މީ ވަރަށް ދެރަ ކަމެއް. ހަމައެކަނި ބޯޓް އެކަންޏެއް ނޫން ޖޫރިމާނާ ކުރަންވީ. ރަނގަޅު ތަޙްޤީޤެއް ކޮށް އެ ބޯޓް އެތަށް ގެންދިޔުމަށް މަޖްބޫރި ކުރި ފަރާތްތަކާއި މެދުވެސް ފިޔަވަޅު އެޅެންޖެހޭނެ. އެ ހެޔޮ ސިޔާސީ މީހެއް ވިޔަސް. އެހެން ނޫނީ މިިފަދަ ކަންތައް ތަކްރާރުވާނެ.

The name is already taken The name is available. Register?

ރަދީފް

28 August 2016

ސިންގަޕޫރުގެ ސެލްވޭޖް ކުންފުންޏެއްގެ އެހީ ހޯދުމުގެ ބަދަލުގައި ސެލްވޭޖް މަސައްކަތުގަ އެންމެ ކުރީގައޮތްގައުމު އާދެ ، ނެދަލޭންޑްސްގެ ކުންފުންޏެއްގެ އެހީ ހޯދިނަމަ މިހާރު ތިޔަކަން ނިމިފައޮންނާނީ.ނެދަލޭންޑްސްގެ ކުންފުންޏަކުން އެހީ ހޯދީމަ ހަރަދުގެ ގޮތުން ބަލާނަމަ ތަންކޮޅެއް އަގުބޮޑުވާނެ، ނަމަވެސް މިހާރު ފައިސާގެ ގޮތުން އަދި މުދަލަށް ތިޔަލީބޭ ގެއްލުން ކުޑަކުރެވޫނީސްކަން ކަށަަވަރު. ރަދީފް އެދެނީ ތިޔަ ބޯޓް އަވަހަށް ފުންކުރެވޭގޮތްވުން. ވ.ވެދުން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454