މުނިފޫހިފިލުވުން / ބޮލީވުޑް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

"ބަދުލާ" ގެ މަންޒަރެއްގައި އަމީތާބް.

އަމީތާބް ބައްޗަން އާއި އިމްރާން ހާޝިމީ "ބާފް" ކިފާ ކޯޓް ޑްރާމާއަކަށް ސޮއިކޮށްފި އެވެ.

ރިޕޯޓްތައް ބުނާ ގޮތުން މި ފިލްމަކީ 2008 ގައި އަމީތާބާއި ސަލްމާން ހާނާއި ޕްރިޔަންކާ ޗޯޕްޅާއާ އެކު "ގޯޑް ތުސީ ގްރޭޓް ހޯ" ގެނެސް ދިން ސްކްރީން ރައިޓަރު ޖޫމީ ޖެފްރީ ޑައިރެކްޓް ކުރާ ފިލްމެކެވެ. "ބާފް" ގައި އަމީތާބް ފެނިގެން ދާނީ ޖަޖެއްގެ ރޯލުންނެވެ.

ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި އަންނަ މެއި މަހުގެ 13 ވަނަ ދުވަހު ޝޫޓިން ފަށަން ރާވާފައިވާ ފިލްމުގެ ކާސްޓުން އައްނޫ ކަޕޫރާއި ސޯރަބް ޝުކްލާ ވެސް ފެނިގެން ދާނެ އެވެ.

ކޮމެޑީ ފިލްމުތައް ގެނެސް ދޭން މަޝްހޫރު ޑޭވިޑް ދަވަން ޑައިރެކްޓް ކުރި ވަރަށް ގިނަ ފިލްމުތަކެއްގެ ސްކްރީންޕްލޭ ލިޔުނު ރޫމީ އެންމެ ފަހުން ޑައިރެކްޓްކުރި ފިލްމަކީ 2012 ގައި ރިލީޒްކުރި "ގަލީ ގަލީ ޗޯރް ހޭ" އެވެ.

"ބާފް" ވެގެން ދާނީ އިމްރާނާއި އަމީތާބް އެކީގައި އަލަށް ކުޅޭ ފިލްމަށެވެ.

"ބަދުލާ" ގިނަ ބަޔަކަށް ކަމުގޮސްފި

މިދިޔަ ހުކުރު ދުވަހު ރިލިޒް ކުރި ސުޖޯއި ގޯޝްގެ ތުރިލާ "ބަދުލާ" ބެލުންތެރިންނަށް ވަރަށް ކަމުގޮސް، ފިލްމުގެ ވިޔަފާރި ވެސް ވަރަށް ރަނގަޅު ކަމަށް ބޮލީވުޑްގެ ފިލްމީ ހަބަރުތައް ދިރާސާ ކުރާ މީހުން ބުނެފި އެވެ.

މި ފިލްމަކީ އަމީތާބާއި ތާޕްސީ ޕައްނޫ މުހިއްމު ރޯލްތަކުން ފެނިގެންދާ ފިލްމެކެވެ. އަދި "ބަދުލާ" އިން ސައިފް އަލީ ހާންގެ ކުރީގެ އަންހެނުން އަމްރިތާ ސިންގް ވެސް ފެނިގެން ދެ އެވެ.

ކްރިޓިކުން ބުނި ގޮތުގައި މި ފިލްމަކީ ސަންސްޕެންސް ތުރިލާއެއްގައި ހުންނަންވާ ހުރިހާ ރަހައެއް ހެޔޮވަރުކޮށްގެން ހަދާފައިވާ ޝައުގުވެރި ފިލްމެކެވެ. އަދި ފިލްމުގައި ތަރިން ދައްކުވައި ދީފައިވާ އެކްޓިން ވެސް ވަރަށް މޮޅު ކަމަށް ގިނަ ކްރިޓިކުން ބުންޏެވެ. އެގޮތުން ފިލްމަށް ގިނަ ކްރިޓިކުން ވަނީ ފަހެކުން ތިނެއް ބައި ތަރީގެ ރޭޓިންއެއް ދީފަ އެވެ.

"ބަދުލާ" އަށް އާދީއްތަ ދުވަހާ ހަމައަށް އިންޑިއާ އާއި އިންޑިއާގެ ބޭރުގެ މާކެޓްތަކުން ލިބުނު ޖުމްލަ އާމްދަނީ ވަނީ 16.03 ކްރޯޑް ރުޕީސް އަށް އަރައިފަ އެވެ.

އަރްބާޒްގެ ޗެޓް ޝޯއެއް

"ކްއިކް ހީލް ޕިންޗް ބާއި އަރްބާޒް ހާން" ގެ ނަމުގައި ޗެޓް ޝޯއެއް ގެނެސް ދޭން އަރްބާޒް ތައްޔާރުވެއްޖެ އެވެ.

މަޝްހޫރު އެކިއެކި ސެލްބްރިޓީންގެ އިންޓަވިއުތަކާ އެކު ގެނެސްދޭ ޝޯ ދައްކަން ފަށާނީ މި މަހުގެ 12 ވަނަ ދުވަހުން ފެށިގެންނެވެ. ޝޯ ގެނެސް ދޭނީ ޑިޖިޓަލް ޕްލެޓްފޯމް ކިއުޕްލޭއިންނެވެ. "ކްއިކް ހީލް ޕިންޗް ބާއި އަރްބާޒް ހާން" ގެ ފުރަތަމަ ސީޒަނުގައި ހިމެނޭނީ 10 އެޕިސޯޑެވެ.

މި ޝޯ އިން ފެންނާނެ ތަރިންގެ ތެރޭގައި ކަރީނާ ކަޕޫރް، ކަރަން ޖޯހަރް، ސޮނާކްޝީ ސިންހާ، ނަވާޒުއްދީން ސިއްދީގީ، ކަޕިލް ޝަރުމާ، ސޯނަމް ކަޕޫރް އަދި ސަނީ ލިއޯން ހިމެނެ އެވެ. ބައެއް ތަރިން ފެންނަ ޕްރޮމޯތަކެއް ވެސް ވަނީ ދައްކާލައިފަ އެވެ.

"ކްއިކް ހީލް ޕިންޗް ބާއި އަރްބާޒް ހާން" ގެ ޑަިރެކްޓަރަކީ އައްބީ އޮބެރޯއި އެވެ.

ކަލާޒްގެ "ރައިޒިން ސްޓާ" މި މަހު 16 ގައި

ކަލާޒް ޗެނެލުން ގެނެސްދޭ ލަވަ މުބާރާތް "ރައިޒިން ސްޓާ" މި މަހުގެ 16 ވަނަ ދުވަހުގެ ފަށާ ގޮތަށް ނިންމައިފި އެވެ.

ޝޯގެ ޕްރޮމޯތަކެއް ވެސް މިހާރު ދައްކަމުން އަންނަ އިރު، މިއީ މި ޝޯގެ ތިން ވަނަ ސީޒަނެވެ. މި ފަހަރު ޖަޖުންގެ ގޮތުގައި ފެންނާނީ ފުރަތަމަ ދެ ސީޒަނުގައި ވެސް ޖަޖްކަން ކުރި ޝަންކަރު މަހާދޭވަން އާއި އެކްޓަރު/ލަވަކިޔުންތެރިޔާ ދިލްޖީތު ދޮސަންޖްގެ އިތުރުން ދާދި ފަހުން ކައިވެނި ކުރި މަޝްހޫރު ލަވަކިޔުންތެރިޔާ ނީތީ މޯހަން އެވެ. މި ފަހަރު ޝޯ ހުށަހަޅައި ދޭނީ ރިތުވިކް ދަންޖާނީ އެވެ.

މިދިޔަ އަހަރު ގެނެސް ދިން "ރައިޒިން ސްޓާ" ސީޒަން ދޭއް ކާމިޔާބު ކުރީ ހެމަންތު ބްރިޖްވާސީ އެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454