ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު: ކޮމަންވެލްތް ގައުމުތަކުގެ ވެރިންގެ ބައްދަލުވުމުގައި ރާއްޖެ އަލުން ކޮމަންވެލްތާ ގުޅޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވި. -- ފޮޓޯ: ހުސެން ވަހީދު/މިހާރު
11 މާޗް 2019 - 18:21
އަންނަ އަހަރު އޮންނަ ކޮމަންވެލްތު ގައުމުތަކުގެ ވެރިންގެ ސަމިޓުގައި ރާއްޖެ އަލުން އެޖަމާއަތުގައި ބައިވެރިވެވޭނެ ކަމަށް އުންމީދުކުރާ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.
ކޮމަންވެލްތުން ރާއްޖެ ވަކިވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުން، 2016 ވަނަ އަހަރުގަ އެވެ. އެ ޖަމާއަތާ އަލުން ގުޅުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދަކަށް ވުމުން، ސަރުކާރު ބަދަލުވުމަށް ފަހު ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކޮމަންވެލްތުގައި ބައިވެރިވާން އަލުން ހުށަހެޅި އެވެ.
ކޮންމެ މާޗު މަހެއްގެ ދެ ވަނަ ހޯމަ ދުވަހު ފާހަގަކުރާ ކޮމަންވެލްތު ދުވަހުގެ މުނާސަބަތާ ގުޅިގެން މިނިސްޓަރު ޝާހިދު ވިދާޅުވީ އަންނަ އަހަރު އޮންނަ ކޮމަންވެލްތު ގައުމުތަކުގެ ވެރިންގެ ބައްދަލުވުމުގައި ރާއްޖެ އަށް ބައިވެރިވެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
"އަޅުގަނޑުމެން އަދިވެސް މަސައްކަތްކުރަމުން މި އަންނަނީ ރާއްޖެ އަލުން ކޮމަންވެލްތާ ގުޅިގެން، އެހެން މެމްބަރު ގައުމުތަކާއި ކޮމޮންވެލްތު ސެކްރެޓަރިއެޓާ އެކު މަސައްކަތްކޮށް، ދިވެހިންގެ ބޭނުންތައް ފުއްދަން މަސައްކަތްކުރަން،" ޝާހިދު ވިދާޅުވި އެވެ.
މީގެ އިތުރުން ކޮމަންވެލްތު ގައުމުތަކުން ގެންގުޅޭ ރިވެތި އާދަތަކާއި ޑިމޮކްރަސީގެ ސިޔާސަތުތައް ހަނދާންކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ދެ އަހަރުން އެއް އަހަރު ކޮމަންވެލްތު ގައުމުތަކުގެ ވެރިން ސަމިޓް ބާއްވަ އެވެ. އަންނަ އަހަރުގެ ސަމިޓް އޮންނާނީ ރުވާންޑާގަ އެވެ.
ކޮމެންވެލްތުން 2013 ވަނަ އަހަރު ވަކިވި ގެމްބިއާ އަލުން މެމްބަރަކަށްވީ 2018 ވަނަ އަހަރެވެ. ކޮމަންވެލްތުގައި ބައިވެރިވާން އެ ގައުމުން ހުށަހެޅީ 2017 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަރީނާ777
12 March 2019
ޝާހިދު ތިހާލަހުން މެމްބަރުކަން ލިބެން ވަގުތުނަގަނީ ކީއްވެގެންތޯ؟ އަޅގަޑުމެންނަކީ ކޮމަންވެލްތް ކޮމިއުނިޓީގައި ވަރަށް ގިނަދުވަހު އުޅުނު ބަޔެއް. މިގައުމުގެ ވެރިކަމަށް ވައްކަން ކުރަން އެރި ގްރޫޕެއްގެ ސަބަބުން އަޅުގަޑުމެންގެ ގައުމަށް ހަޑިނަމެއް ލިބުނީ. މީއަވަހަށް ކަންކަން ކުރަންވީ ސަރުކާރެއް. އެބޭނުމުގައި ރައްޔިތުން ހޮވި ސަރުކާރެއް.
ކަންނަން ނޫރޭ
12 March 2019
ޔާމީންގެ ސަރުކާރުގެ ފުރަތަމަ 3 މަހާއި ނޫނީ ނަޝީދުގެ ސަރުކާރުގެ ފުރަތަމަ 3 މަހާއި މިސަރުކާރުގެ ފުރަތަމަ 3 މަސް އަޅާ ކިޔާލަބަލަ. އެއިރުން އެނގޭނެ އިބްރާހިމް މުޙައްމަދު ޞާލިޙުގެ ސްލޯ މިންވަރު. ހީވެސް ނުކުރަން ކަހަނބު ސްޕީޑްގެ މީހެއް ކަމަށް، ކުރިން އެނގުނު ނަމަ ވޯޓު ވެސް ނުދޭނަން.
ވަހީދު
12 March 2019
ސާހިދު މެން ދަތުރުކުރުން ނޫން ކަމެއް ނުކުރޭ. ރާއްޖެއަށް އިންވެސްޓްމެންޓަށް އަންނަތަނެއް ނުފެނޭ. ސޮރީ އިންޑީއާ ދެއްތޯ؟
ޒައިން
12 March 2019
ތިޔަ ބުނާ މޮޅު ޔާމީނުގެ ވެރިކަމުގެ ފަހު 3 އަހަރުގަ ނޫނީ އެބުނާ ބޮޑު ކަޓު ނެގި އެއްވެސް މެގަ އިންވެސްޓްމަންޓެއް ރާއްޖެއަށް (ސޮރީ ހަމައެކަނި މާލެއަށް) އައިތޯ؟ ބުރިޖާ ދަރުމަވަންތަ ހޮސްޕިޓަލާ އެއަރޕޯޓު މަޝްރޫޢާ ހިޔާ މަޝްރޫޢާ އެނބޫދޫ ފަޅު މަޝްރޫޢާ ކޮރަލް ބޮލިވަރޑް ފުލެޓުވެސ ްއެއި ވެރިކަން ނިމެން ގާތްވެފަ ފަހު 3 އަދި 2 އަހަރުގަ ފެށިކަންކަން.. ފިނިފެންމާ ސައީދުމެން އިންވެޓްމަންޓް ފޯރަމު ހަދައިން އެތަށް މިތަނަށް ދަތުރުކޯސް ހޮލިޑޭހެދި..
ޝެއިޚް އަބްދުﷲ
12 March 2019
ޔާމީނަށް ވެސް ދިނީ ގާތް ގަނޑަކަށް 29 ބިލިޔަން ރުފިޔާގެ ބަގެޓެއް. ރައީސް ނަޝީދަށް ވެސް އެވަރުގެ ބަޖެޓެއް ދިން. ރައީސް މައުމޫނަށް ވެސް 27 ބިލިޔަން ރުފިޔާގެ ބަޖެޓެއް ދިން. އެކަމަކު ޔާމީންގެ ސަރުކާރުން ހިންގި މަޝްރޫއުތައް މާގިނަވެފައި ބިޔަ. އިންވެސްޓަރުން ވެސް މާގިނަ އަދި ބިޔަ މަޝްރޫއުތައް ގެނައި. ފާފު އަތޮޅު މަޝްރޫއު ހިންގުނު ނަމަ، އެކަން މާ ބޮޑަށް ވެސް ފާހަގަ ވީސް. ޔާމީން ސަރުކާރުގައި ކޮރަޕްޝަން އެހެން ސަރުކާރުތަކަށް ވުރެ މަތި ނޫން ކަމަށް ދެކެން