ރިޕޯޓް / ހދ. ހަނިމާދޫ

ހަނިމާދޫ ކައުންސިލަށް ފައިސާ ގިނަވީތަ؟

ހދ. ހަނިމާދޫ: އެރަށު ކައުންސިލުން މި އަހަރުގެ ބޮޑު އީދަށް ކުރަން އުޅޭ ހޭދައާ މެދު ވަނީ ސުވާލު އުފެދިފައި -- ފޮޓޯ/ ފޭސްބުކް

ހދ. ހަނިމާދޫ ކައުންސިލުން ބޭނުންވީ ބޮޑު އީދަށް ރަށު ތެރެ ޗާލުކޮށްލާށެވެ. ނުހެދި ހުރި މަގުފާރުތައް ރާނައި، ކުލަލާށެވެ. އަދި ރަށުގެ އެކި ތަންތަނުގައި މޮނިއުމަންޓްތައް ބަހައްޓައި، އީދަށް މިއުޒިކް ބޭންޑުތައް ރަށަށް ގެންދާށެވެ. އެކަމަށް ކައުންސިލްގެ ބަޖެޓުން ނުވަ ލައްކަ ރުފިޔާ ހޭދަކުރަން ނިންމުމުން ގިނަ ބަޔަކަށް ލިބުނީ ހައިރާން ކަމެވެ.

ދެން އުފެއްދީ ސުވާލެވެ. ރައްޔިތުންގެ ފައިސާއިން މިހާ ބޮޑު ހަރަދެއް، އެކަހަލަ ކަންކަމަށް، ކައުންސިލަށް ކުރެވިދާނެ ހެއްޔެވެ؟ އަނެއް ބަޔަކު ކުރާ ސުވާލަކީ ހަނިމާދޫ ކައުންސިލްގައި ހުރި ފައިސާ މާ ގިނައީ ހެއްޔެވެ؟

އެއް ބަޔަކު ދެކޭ ގޮތުގައި ރައްޔިތުން ހިތްހަމަޖެހޭ ކަމަކަށް، ރައްޔިތުންގެ ފައިސާއިން ކައުންސިލަށް ހަރަދު ކުރެވިދާނެ އެވެ. އީދު ކުޅިވަރަށް ހަރަދު ކުރުމަކީ ކުރިއްސުރެ ރާއްޖޭގައި އޮންނަ ސަގާފަތެކެވެ. އެކަމަކު އަނެއް ބަޔަކު ދެކޭ ގޮތުގައި، ރައްޔިތުންނަށް މާ ފައިދާ ބޮޑު ކަންކަން ހުއްޓާ، މޮނިއުމަންޓުތައް ބަހައްޓައި، ނުވަތަ މިއުޒިކް ބޭންޑުތައް ރަށަށް ގެންދަން މިލިއަނެއްހާ ރުފިޔާ ހޭދަކުރުމަކީ ބޭކާރު ކަމެކެވެ. އެއީ ރައްޔިތުންގެ ފައިސާއަށް ވެވޭ ހިޔާނާތެއް ކަމަށް ބައެއް މީހުން ދެކެ އެވެ.

ކައުންސިލްތަކުން ތަރައްގީގެ ޕްލޭނާއި ފައިސާ ހަރަދު ކުރާނެ ގޮތް ކިޔައިދިނުމަށް އެލްޖީއޭން ހއ. ދިއްދޫގައި ބޭއްވި މަސައްކަތު ބައްދަލުވުމެއް: އިތުރު ތަމްރީން ބޭނުންވޭ ފޮޓޯ: އެލްޖީއޭ

ހަނިމާދޫ ކައުންސިލުން އީދު ކުޅިވަރަށް ހޭދަ ކުރަން އެންމެ ފުރަތަމަ ނިންމީ، އެ ރަށުގައި ކުނި ނައްތާލަން ކަނޑައެޅި ބަޖެޓުން ބާކީވާ 875،000 ރުފިޔާ އިންނެވެ. އެކަމަކު އެ ފައިސާ ހަރަދުނުކޮށް މަޑުޖައްސާލަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން އެންގި އެވެ. އެ އެންގުމާ އެކު ކައުންސިލުން ދެން ހަމަޖެއްސީ އެހެން ކަމަކަށް ހުރި ފައިސާ އިން އެ ހޭދަކުރުމަށެވެ. ނަމަވެސް އެއީ ކުރިން ކޮން ކަމަކަށް ކަނޑައަޅާފައި ހުރި ފައިސާއެއް ކަމެއް ނޭނގެ އެވެ.

ހަނިމާދޫ ކައުންސިލްގެ ކުރީގެ ރައީސް އާދަމް އިބްރާހިމް ވިދާޅުވި ގޮތުގައި އެ ރަށުގައި އީދު ކުޅިވަރު ކުޅެ، އެކަމަށް ހަރަދުކުރަން އެންމެ ފުރަތަމަ އިސްނެގީ އެ ރަށުގެ އަމިއްލަ ޖަމިއްޔާއަކުންނެވެ. އެއީ ރައްޔިތުންގެ އަތުން ޗަންދާ ނަގައިގެންނާއި އެކި މަސައްކަތްކޮށްގެން ފައިސާ ހޯދައިގެންނެވެ.

"ޖަމިއްޔާއިން އީދު ފާހަގަކުރުމަށް ހިންގާ ހަރަކާތަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކައުންސިލުގައި އެދުނު. އަދި އަޅުގަނޑުމެން އެއްބަސްވިން އެހީތެރިކަން ފޯރުކޮށްދޭން،" އާދަމް ވިދާޅުވި އެވެ.

އެއީ ކުރިން ހަމަ އެކަމަށް ބަޖެޓުގައި ހިމަނާފައިވާ ފައިސާ ނަމަ ކައުންސިލަށް ހަރަދު ކުރެވިދާނެ. މިހާރު ބަލަންވީ އެއީ ބަޖެޓުގައި ކުރިން ހިމަނާފައިވާ ފައިސާތޯ-- އެލްޖީއޭ

ނަމަވެސް އެކަމަށް ނުވަ ލައްކަ ރުފިޔާ ހަރަދުކޮށް، އީދު ކުޅިވަރުގެ ހުރިހާ ކަމަކާ ފަހުން ހަވާލުވީ ކައުންސިލުންނެވެ. އެކަމާ ހިޔާލު ތަފާތު ވެގެން އޭނާ ވަނީ ކައުންސިލްގެ ރައީސްގެ މަގާމުން ވެސް އިސްތިއުފާ ދެއްވާފަ އެވެ.

ހަރަދުތައް ކުރުމުގައި ކައުންސިލްގެ ދައުރު

ރަށު އޮފީސްތަކާއި ކަތީބުންގެ މަގާމު އުވާލައި، ކައުންސިލްތައް އުފެއްދީ ރައްޔިތުންނަށް ބޭނުންވާ ހުރިހާ ހިދުމަތެއް ދެނެގަނެ، ފަސޭހައިން ފޯރުކޮށްދިނުމަށެވެ. އެކަމަކު ކައުންސިލްތަކަށް ހަރަދުކުރެވޭނީ ބަޖެޓްގައި ކަނޑައަޅާފައިވާ ކަންކަމަށެވެ.

ކައުންސިލްތަކުގެ ބެލެނިވެރިޔާ، ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ބުނިގޮތުގައި މާލިއްޔަތު ގާނޫނާ ހިލާފު ނުވާ ގޮތުގެ މަތިން ކޮންމެ ހަރަދެއް ވެސް ކައުންސިލްތަކަށް ކުރެވިދާނެ އެވެ. އެކަމަކު މާލިއްޔަތު ގާނޫނުގައި ބުނާ ގޮތުން ކައުންސިލްތަކުން ކުރަން ޖެހޭ ހަރަދުތައް ކޮންމެ އަހަރެއްގެ ބަޖެޓުގައި ހިމަނާފައި އޮންނަން ޖެހޭނެ އެވެ.

ކައުންސިލްތަކުގެ ބަޖެޓް ބޭރުން ހަރަދު ކުރެވޭނީ ކުއްލިއަކަށް ދިމާވާ ގުދުރަތީ ހާދިސާއަކުން އަރައިގަނެ، ރައްޔިތުންނަށް އެހީވާން ނުވަތަ ކޮންމެހެން ނުކޮށް ނުވާނެ ހަރަދެއް ކުރުމަށެވެ.

އެލްޖީއޭ ހިންގެވުމާ ހަވާލުވެ ހުންނެވި އާދަމް ޝަރީފް ވިދާޅުވީ ހަނިމާދޫ ކައުންސިލުން އީދުގައި ކުރާނެ ހަރަދުތަކާއި އެކަމަށް ހޭދަވާނެ ފައިސާގެ މިންވަރު ބަޖެޓުގައި ކުރިން ހިމަނާފައިވާ ނަމަ އެ ހަރަދު ކުރެވިދާނެ ކަމަށެވެ. އެކަމަކު ކުއްލިއަކަށް ކައުންސިލްގެ ބައްދަލުވުމެއްގައި ފާސްކޮށްގެން ނުވަ ލައްކަ ރުފިޔާ އީދު ކުޅިވަރަށް ހޭދަނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ތަރައްގީގެ ޕްލޭނާއި ފައިސާ ހަރަދު ކުރާނެ ގޮތް ދަސްކޮށްދޭން އެލްޖީއޭ އިން ގދ. ތިނަދޫގައި ބޭއްވި މަސައްކަތު ބައްދަލުވުމެއް: ކައުންސިލްތަކުން ވެސް ހޭދަކުރަން ޖެހޭނީ ވިސްނުންތެރިކަމާ އެކު - ފޮޓޯ: އެލްޖީއޭ

"އެއީ ކުރިން ހަމަ އެކަމަށް ބަޖެޓުގައި ހިމަނާފައިވާ ފައިސާ ނަމަ ކައުންސިލަށް ހަރަދު ކުރެވިދާނެ. މިހާރު ބަލަންވީ އެއީ ބަޖެޓުގައި ކުރިން ހިމަނާފައިވާ ފައިސާތޯ،" ޝަރީފް ވިދާޅުވި އެވެ.

ހަނިމާދޫ ކައުންސިލުގެ ނިންމުމާ މެދު އެހެން ބައެއް ކައުންސިލްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަލީ މުހައްމަދު ވިދާޅުވީ އީދު ކުޅިވަރަށް ކައުންސިލްގެ ބަޖެޓުން ހޭދަކުރަން ނުވަ ލައްކައެއްހާ ރުފިޔާ އަކީ ބޮޑު އަދަދެއް ކަމަށެވެ. އެ ފައިސާ ރައްޔިތުންނަށް ފައިދާ ހުރި އެހެން ކަމަކަށް ބޭނުން ކުރެވިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކުޅުދުއްފުށީ ކައުންސިލްގައި އެގޮތަށް ހަރަދު ކުރާނެ ނުވަ ލައްކަ ރުފިޔާ ހުރި ނަމަ އަޅުގަނޑުމެން ބިމެއްގައި ގެ އަޅައި އެތަން ކުއްޔަށް ދޫކުރާނީ. އޭރުން އެ ކުރާ ހަރަދެއް ފެންނަން ހުންނާނެތާ،

"އީދު ނިމުމުން އެކަން އެ ދިޔައީ. އެކަމަކު މިގޮތަށް ކުރާ ހަރަދު ޖެހޭނެ ފެންނަން ހުންނަ އެއްޗަކަށް ވާން،" އަލީ ވިދާޅުވި އެވެ.

ހދ. އަތޮޅާއި ހއ. އަތޮޅުގައި އެއާޕޯޓެއް އޮންނަ ހަމައެކަނި ރަށަކީ ހަނިމާދު އެވެ. އެހެންވެ، އިގްތިސޯދީ ގޮތުން އަތޮޅުގެ އެހެން ރަށްރަށަށް ވުރެ އެ ރަށް އުޅެނީ މާ ކުރީގަ އެވެ. ބައެއް ކައުންސިލަރުން ދެކެވަޑައިގަންނަވާ ގޮތުގައި "ނުވަ ލައްކަ ރުފިޔާއަކީ އެ ރަށު ކައުންސިލަށް އެއްވެސް އެއްޗެއް ނޫނެ"ވެ. އެކަމަކު އެހާ ގިނަ ފައިސާ އީދު ކުޅިވަރަށް ހަރަދު ކުރުމުގެ ބަދަލުގައި ކައުންސިލަށް ފައިސާ ލިބޭނެ އެހެން މަގެއް ތަނަވަސްކުރުން ބުއްދިވެރި ކަމަށް ކައުންސިލަރުން ވިދާޅުވެ އެވެ.

"ކުޅުދުއްފުށީ ކައުންސިލްގައި އެގޮތަށް ހަރަދު ކުރާނެ ނުވަ ލައްކަ ރުފިޔާ ހުރި ނަމަ އަޅުގަނޑުމެން ބިމެއްގައި ގެ އަޅައި އެތަން ކުއްޔަށް ދޫކުރާނީ. އޭރުން އެ ކުރާ ހަރަދެއް ފެންނަން ހުންނާނެތާ،" އަލީ ވިދާޅުވި އެވެ.

އެލްޖީއޭ އިން ބުނީ ކައުންސިލަރުންނާއި އިދާރީ މުވައްޒަފުންނަށް މުސާރަ ދީފައި އެހެން ކަމަކަށް ހަރަދު ކުރަން ކައުންސިލްތަކުގެ ބަޖެޓުގައި ބާކީ އޮންނަނީ މަދު އެއްޗެކެވެ. އެހެންވެ، އެ ފައިސާއިން ހަރަދުު ކުރަން ޖެހޭނީ ރައްޔިތުންނަށް އެންމެ ފައިދާ ކުރަނިވި ގޮތަކަށް ކަމަށް އެލްޖީއޭ އިން ބުނެ އެވެ.

ރަށުގައި މޮނިއުމަންޓްތައް ބެހެއްޓިދާނެ އެވެ. ކައުންސިލްތަކުގެ ހަރަދުގައި އީދުކުޅިވަރު ވެސް ކުޅެވިދާނެ އެވެ. އަދި ރައްޔިތުން ހިތްހަމަޖައްސައިދޭން އެހެން ކަންކަން ވެސް ހިންގިދާނެ އެކަމަކު ރައްޔިތުންގެ ފައިސާ ހޭދަކުރަން ޖެހޭނީ ރަނގަޅަށެވެ. އޭގެ ފައިދާ ދެމިގެންދާނެ ގޮތަކަށެވެ.

21 ކޮމެންޓް, 43 ރިއެކްޝަންސް

icon happy icon happy 21%
icon sad icon sad 2%
icon angry icon angry 77%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހަޖޫޖެހުން

29 August 2016

މީސް މީހުންގެ ނަން ބޭނުން ކޮއްގެން ޠޯރިޤު ކޮމެންޓު ކުރުމުން މިފަދަ ދަނޑިވަޅެއްގަ މަޖަލަކަށް ވުރެން ދޭދޭ ފަރުދުންގެ މެދުގަ މަސްލަހަތު ގެއްލި ރަށުގެ ފިތުނަ އުފެދިގެން ހިނގައިދާނެ! މީ ބައިބައި ވާންވީ ވަގުތެއްނޫން!

The name is already taken The name is available. Register?

ސާއްބަ

29 August 2016

ކީއްކުރާނީ. އަދިވެސް ކޯޑިނޭޓަރ ހަމަ އެގްރިމެންޓްތަކުގަ ސޮއި ކުރުމުގަ. ކައުންސިލް އިން އޭސީސީ އާ ޗެލެންޖް ކުރުމުގަ. އަންހެންވެރިން ޑާންސް ޕްރެކްޓިސްގަ. ހުރިހާ ލަދުވެތި ކަމެއް މިކަމާ ވިސްނާ ރައްޔިތު މީހާ އަށް.

The name is already taken The name is available. Register?

މޮޔަ

29 August 2016

ތީދެން ބޮޑު ވަރު ދޯ.. .މިސަރުކާރު މީހުން މީ ކުޅިވަރަށް ގޮސް ހުސްވެފަ ތިބިބައެއް ދޯ..ތަރައްގީ އަކީ ހަމައެކަނި މުނިފޫހިފިލުވުން ކަމެއް ނޭނގެ ....

The name is already taken The name is available. Register?

ކެރޭނެ

29 August 2016

ނުރުހޭ މީހުން ފުއްޕަ ފުއްޕަ ތިބެން ޖެހޭނި، މިކަން ކޮށްފަ ހުއްޓާނި، މިކަމާ ދެކޮޅު ހަދަނި ރަށުގަ އުޅޭ ރޯނު އެދުރުން ތަކެއް

The name is already taken The name is available. Register?

ޢީދުނަޔާ

29 August 2016

ދެން ކޮށްފަ ބަހައްޓާ. ކޯޓުން ޗިޓު އައީމަ ތި ގަޓު ނުހުންނާތީ މައްސަލަ އަކީ.

The name is already taken The name is available. Register?

ތުއްތޮންބެ

29 August 2016

ހަނީމާދޫގައި ވަރަށް އެކުވެރި ބަޔަކު ދިރިއުޅޭ ގާތްކަން ބަހައްޓަންޖެހޭ ރަށެކެވެ. އެރަށުގެ މެހެމާންދާރީ ތަޖުރިބާކުރި މީހެއްގެ ހައިސިއްޔަތުން އެރަށުގައި ކައުންސިލް ބޭނުންވާ ފެންވަރެއްގެ މޮނިއުމެންޓްއެއް ހިލޭ ހަދައިދޭން ގަސްތުކުރަމެވެ. އެހެންކަމުން ރައްޔިތުންގެ ގިނަބަޔަކު ނުރުހޭނަމަ ދެން އެވާހަކަ ނުދައްކާށެވެ. ދެން ހުރި ކަންކަން ވެސް ތިޔަރަށުގެ މީސްމީހުންނާ ގުޅިލައިގެން ވެދާނެއެވެ. އިރާދަކުރެއްވިއްޔާ އީދުބަންދުގެ ކުރިން ހަނިމާދޫއަށްވެސް ޒިޔާރަތްކޮށްލާނަމެވެ. މިފަހަރު ތިޔަރަށުގަވެސް އީދު ފާހަގަކުރެވެންވާނެއެވެ.

The name is already taken The name is available. Register?

ޝަމީމް

29 August 2016

އާދަމް ބޮންޑުގެ ވާހަކައަށް މަވެސް ތާއީދު. ނާޗަރަންގީ ނުކުޅެވެސް އީދު ފާހަގަ ކުރެވިދާނެ. އީދު ފާހަގަ ނުކުރެވިގެން އުޅޭއިރި ހީވަނީ ދެފަޔަށް ހިނިއަރިއިގެން އުޅޭހެން. ނާތަހުޒީބު ކަމުގެވެސް އިިންތިހާ. ފަސް ކުޅަނދު މަދޭކިޔަނީ ހަމަ ކިޔަންވެގެން، މާލޭ މީހުން އުޅޭގޮތަށޯލަ އުޅެންވަނީ. ވަﷲ އައުލަމް.

The name is already taken The name is available. Register?

ކައުންސެލަރު

29 August 2016

ހަސަންބެ ތިބުނީ ރަނގަޅަށް. "ހާހަކުން ކައުންސިލެއްނޫނީ" ހައްތަހާވެސް ތިބީ އެކަހަލަމީހުން ތިބި ތަންތަން

The name is already taken The name is available. Register?

ކުޅުދުއްފުށީ މީހާ

29 August 2016

ކުޅުދުއްފުށީ ކައުންސިލްގެ ރައީސް މީހާ "ކުޅުދުއްފުށީ ކައުންސިލްގައި އެގޮތަށް ހަރަދު ކުރާނެ ނުވަ ލައްކަ ރުފިޔާ ހުރި ނަމަ އަޅުގަނޑުމެން ބިމެއްގައި ގެ އަޅައި އެތަން ކުއްޔަށް ދޫކުރާނީ. އޭރުން އެ ކުރާ ހަރަދެއް ފެންނަން ހުންނާނެތާ،" މިހެން ވިދާޅުވާން ލަދުގަންނަންވާނެ. ކޮންމެ އަހަރަކު ކުޅުދުއްފުށީ ކައުންސިލުން ކުޅިވަރަށާއި މިޔުޒިކަށް ކިހާފައިސާއެއް ބޭކާރުކުރަންތޯ.

The name is already taken The name is available. Register?

ގަޅިބެ

29 August 2016

މީހަކު ހަމަ އަވަދިވެދާނެ..

The name is already taken The name is available. Register?

ރާ

29 August 2016

މާލޭ މީހުންގެ އުފަލަށް ހެޔޮދޯ ލާރި އޮސްސިއަސް... ހަމަ އެހެން ބަޔަކް ކަމެއްކުރަން އުޅޭ އިރަށް މި ފެންނަނީ... މާލޭ މީހުންގެ އުފަލަށް މިލިޔަނުން ލާރި ހޭދަ ކުރާއިރު އެހެން ބަޔަކް ގައުމުގަ އުޅޭހެންވެސް ހީނުވޭ....

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454