2009 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި މެސީ (ކ) ޔުނައިޓެޑްގެ ރޫނީ ކައިރިން ބޯޅަ ހިފައިގެންދާން މަސައްކަތްކުރަނީ.--
15 މާޗް 2019 - 16:56
ނިޔޯން، ސްވިޒަލެންޑް (މާޗް 15) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި މެންޗެސްޓާ ޔުނައިޓެޑާއި ބާސެލޯނާ ބައްދަލުކުރަން ޖެހިއްޖެ އެވެ.
އަނެއް ތިން މެޗުގައި ބައްދަލުކުރާނީ ޔުވެންޓަސް އާއި އަޔަކްސް، މެންޗެސްޓާ ސިޓީ އާއި ޓޮޓެންހަމް ހޮޓްސްޕާސް އަދި ލިވަޕޫލާއި ޕޯޓޯ އެވެ.
މިއީ 2011 ވަނަ އަހަރުގެ ފަހުން ޔުނައިޓެޑް ކުއާޓާ ފައިނަލުގައި ކުޅޭ ފުރަތަމަ ފަހަރެވެ. ބާސެލޯނާ އާއި ޔުނައިޓެޑް ވަނީ 2009 އާއި 2011 ވަނަ އަހަރުގެ ފައިނަލުގައި ކުޅެފަ އެވެ. އެ ދެ ފަހަރު ވެސް ޔުނައިޓެޑް އަތުން ބާސެލޯނާ މޮޅުވިއިރު، އެ ޓީމުގެ ކޯޗަކީ މެންޗެސްޓާ ސިޓީގައި މިހާރު ހުރި ކޯޗު ޕެޕް ގާޑިއޯލާ އެވެ.
އޮލެ ގުނަ ސޯލްޝެއާގެ ކޯޗުކަމުގައި ކުޅޭ ޔުނައިޓެޑް މި ފަހަރުގެ ކުއާޓާ އިން ފުރުސަތު ހޯދީ ދެ ވަނަ ބުރުގައި ހައިރާންކުރަނިވި ގޮތަކަށް ފްރާންސްގެ ގަދަބާރު ޕީއެސްޖީ ކަޓުވާލުމަށް ފަހު އެވެ. މި ފަހަރު ޗެމްޕިއަންސް ލީގަށް އަމާޒުހިފާފައިވާ ބާސެލޯނާ އިން ދެ ވަނަ ބުރުގައި ކުރިހޯދީ ފްރާންސްގެ އޮލިމްޕިކް ލިޔޯންގެ މައްޗަށެވެ.
ޔުވެންޓަސްއާ ވާދަކުރަން ޖެހުނު އަޔަކްސް އަކީ އެންމެ ފަހުން ތިން ފަހަރުގެ ޗެމްޕިއަން ރެއާލް މެޑްރިޑް ކަޓުވާލުމަށް ކުއާޓާ އިން ޖާގަ ހޯދި ޓީމެކެވެ. އަނެއްކޮޅުން ޔުވެންޓަސް އަންނަނީ ކްރިސްޓިއާނޯ ރޮނާލްޑޯއާ އެކު ތަފާތު ދައްކަމުންނެވެ. ޔުވެންޓަސް ދެ ވަނަ ބުރުގެ ފުރަތަމަ ލެގުން އެތުލެޓިކޯ މެޑްރިޑް އަތުން ބަލިވި ނަމަވެސް އަމިއްލަ ދަނޑުގައި ކުޅުނު ދެ ވަނަ ލެގުން ނަތީޖާ އަނބުރާލި އެވެ.
ލިވަޕޫލް ވަނީ މިދިޔަ ސީޒަނުގެ މުބާރާތުގެ ދެ ވަނަ ބުރުގައި ޕޯޓޯގެ މައްޗަށް ކުރި ހޯދައިފަ އެވެ. ޔާގެން ކްލޮޕްގެ ކޯޗުކަމުގައި ލިވަޕޫލުން ވަނީ ޔޫރަޕްގެ ނޮކައުޓު ބުރުގައި ފުރިހަމަ ރެކޯޑެއް ދަމަހައްޓައިފަ އެވެ. ދެ ވަނަ ބުރުގެ ދެ ވަނަ ލެގުގައި ބަޔާން އަތުން ފަސް ފަހަރު މި މުބާރާތް ކާމިޔާބުކުރި ލިވަޕޫލުން ވަނީ ފުރިހަމަ މޮޅެއް ހޯދައިފަ އެވެ.
މި ފަހަރުގެ ކުއާޓާ ފައިނަލުގައި ހަތަރު އިނގިރޭސި ޓީމު ކުޅޭއިރު މިއީ 2009 ވަނަ އަހަރަށް ފަހު ހަތަރު އިނގިރޭސި ޓީމު މި ހިސާބަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ. މިއީ މެންޗެސްޓާ ސިޓީއާ ދެކޮޅަށް ނުކުންނަ ޓޮޓެންހަމުން 2011 ވަނަ އަހަރަށް ފަހު މުބާރާތުގެ ކުއާޓާ ފައިނަލުގައި ކުޅޭ ފުރަތަމަ ފަހަރެވެ.
ސެމީ ފައިނަލުގައި ކުޅެން ޖެހެނީ ޔުވެންޓަސް އާއި އަޔަކްސް ތެެރެއިން މޮޅުވާ ޓީމަކާއި ސިޓީ އާއި ޓޮޓެންހަމް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމެކެވެ. އަދި އަނެއް ސެމީގައި ބައްދަލުކުރާނީ ޕޯޓޯ އާއި ލިވަޕޫލް ބައްދަލުކޮށްގެން މޮޅުވާ ޓީމަކާއި ބާސެލޯނާ އާއި ޔުނައިޓެޑް ކުޅެގެން މޮޅުވާ ޓީމެކެވެ.
މި ފަހަރުގެ ފައިނަލް މެޗު އޮންނާނީ އަންނަ ޖޫން މަހު އެއް ވަނަ ދުވަހު އެތުލެޓިކޯ މެޑްރިޑްގެ ސްޓޭޑިއަމް ވަންޑާ މެޓްރޮޕޮލިޓާނޯގަ އެވެ. ކުއާޓާގެ މެޗުތައް ފަށާނީ އަންނަ މަހު 9 ވަނަ ދުވަހު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުހައްމދު
16 March 2019
މިތާ ކޮމެންޓު ކުރާ ބައެއް މީހުންނަށް މާބޮޑަށް އެނގޭހެން ހީވޭ!
އަޙްމަދު ނާފިޒު
15 March 2019
ޢަސްލު ހަގީގަތަކީ ވޭތުވެދިޔަ 3 ސީސަންގަވެސް ރިއާލް މެޑްރިޑުން ވަނީ ތަށިގަނެފަކަން. ޜެފްރީ ގަނެފަކަން.
ނާފިޒާ
16 March 2019
ކަލޯ ޑޮކަށް ދައްކާ... ޢެބަ އުޅޭ ހަޖަމް ސިސްޓްމްގެ މައްސަލައެއް...
ޝަމްް
15 March 2019
އަސްލު ހަގީގަތަކީ 2009ވަނަ އަހަރުގެ ޗެމްޕިއަންސް ލީގަކީވެސް ބާރސާއިން ގަނެފައި އޮތް ޓްރޮފީއެއްކަން. އެމުބާރާތުގެ ފައިނަލުގައި ކުޅެން ޖެހޭނީ ޔުނައިޓެޑް-ޗެލްސީ. ނަމަވެސް ޗެލްސީ ސެމީއިން ކަޓުވާލީ ރެފްރީގެ އެހީއާއެކު. ވީޑިއޯތައް އަދި ކުޅިވަރު ޚަބަރުތަކުގައި މިހާރުވެސް އިންނާނެ ބާރސާ މޮޅުވީ " އާފްޓަރ ކޮންޓްރޮވަރޝަލް ޕަރފޮމެންސް ބައި ރެފްރީ" އޭ. ފުޓްބޯޅަ ތާރީޚުގެ އެންމެ ބޮޑު އެއް ރޮބަރީ. ޤަބޫލު ނުކުރެވެންޏާ ވީޑިއޯތައް ސަރޗްކޮށްލާ.
ބަނޑޭ
15 March 2019
އެންމެފަހުން ރެއާލުންނެގި ތިން ޓްރޮފީއަކީވެސް ރެެއާލުން ގަނެފަ އޮތް ޓޮރޮފީތަކެެއް، ގަބޫލް ނުކުރެވެންޏާ ސާޗްކޮށްލާ
ޝަމްް
15 March 2019
ގަބޫލުކުރަން. ސްޕެނިޝް ޓީމުތަކުން ތަށި ނަގާފައި ހުރީ މުޅީންހެން އެގޮތަށް. ތަށި ނުނެގުނު ނަމަވެސް، މީގެ ދެއަހަރުކުރިން ޕީއެސްޖީ އާ ދެކޮޅަށް ބާރސާއަށް ރެފްރީން ހެލްޕްވިކަމަށް ނިންމާ އެމީހުން އަދިވެސް އެބަތިބި ސަސްޕެންޝަނުގަ. މިކަމުގައި ކޮންމެވެސް ވަރަކަށް ޔުއެފާގެ ބައިވެރިވުން ނުވަތަ އިހުމާލު އޮތްކަމަށްވެސް ފާހަގަވޭ.
ޝަމްގެ ދޮންދަރި
16 March 2019
ޝަމްއަށް. ބާސާ އަދި ޕީއެސްޖީ މެޗުގައި ރެފްރީ ސަސްޕެންޑްކުރީ ސީދާ މެޑްރިޑްގެ ނުފޫޒުން. ކަލެޔަށް ހަޖަމްނުވަނީތަ ބާސާ ތާރީޚުގެ ތެރެއިން ޖާގަ ހޯދުމުން. އެ މެޗުގައި ސުވާލު އުފެދޭ އެންމެ ޕެނަލްޓީއެއް ރެފްރީދިނީ. އެކަމަކު މިހާރު އެކަހަލަ އެތައް ޕެނަލްޓީއެއްދޭ. ވީއޭއާރ ތަޢާރަފްކުރުމަށް ފަހުވެސް. ކީއްވެ ރެފްރީ ސަސްޕެންޑްނުކުރަނީ.
ރެފްރީ
16 March 2019
ދޮންކަލޯ ތިކިޔޭ އެއްޗެއް އިނގޭތަ. ބާސާ ޕީއެސްޖީ މެޗުގެ ރެފްރީވަނީ 2018 ވަނަ އަހަރު ރިއަލް މެޑްރިޑް އަދި ވިކްޓޯރުއާ ޕްލެޒަން ކުޅުނު މެޗުގެ ރެފްރީކަން ކޮށްފައި. އަދި ޔުއެފާއިން އޭނަ ސަސްޕެންޑްކުރި ކަމުގެ އެއްވެސް ރިޕޯރޓެއް އަހަންނަކަށް ނުފެނުނު. ޔުއެފާއިން މިކަން ކަށަވަރުވެސް ކޮށްދިން. މި ރެފްރީއަކީ މިހާރުވެސް ބުންޑަސް ލީގާގައި ރެފްރީކަންކުރަމުން އަންނަ މީހެއް.
ނިއުމާާ
15 March 2019
މަރުހަބާ ރަދީފް. ގުރު ދިމާވި ގޮތުން ބްރޯގެ 1ވަނަ ޓީމާއި 3ވަނަ ޓީމުވެސް ފައިނަލުގައި ކުޅުމުގެ ފުރުސަތު އެބައޮތް.
ބާސާ ފޭން
15 March 2019
އިންޝާ ﷲ މިފަހަރު ޗެމްޕިއަންސް ލީގުގެ ތަށި ނަގާނީ ބަސާ
ީމޭން
15 March 2019
މިބުރު އިނގޭނެތާ ލީގުގެ ފެންވަރު.......ބާސާއަށް ރަނގަޅު ޗެލެންޖެއް... ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަ
އެއްކަލަސޮރު
15 March 2019
ފައިނަލުގަ ކުޅޭނީ ސިޓީ ލިވަޕޫލް ނޫނީ ސިޓީ ބާސާ..
މޭން
15 March 2019
އެންމެ ފަހުންރޭ ކުޅުން ތަކުރާރު ކޮއްފިނަމަ ޔުވެންޓަސް ކުޅޭނެކަން ޔަގީން....