ލަންކާގެ ކުރީގެ ބާރުގަދަ ޑިފެންސް ސެކްރެޓަރީ ގޮތަބަޔާ. --ފޮޓޯ:އޭއެފްޕީ
17 މާޗް 2019 - 21:02
ކޮލަމްބޯ (މާޗް 17) - ސްރީ ލަންކާގައި އަންނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ކުރީގެ ބާރުގަދަ ޑިފެންސް ސެކްރެޓަރީ ގޮތަބަޔާ ރާޖަޕަކްސާ ތައްޔާރުވެވަޑައިގަންނަވަން ފައްޓަވައިފި އެވެ.
ރިޔާސީ ކެންޑިޑޭޓަކަށް ކޮލިފައިވެވަޑައިގަތުމަށްޓަކައި އޭނާ މިހާރު ވަނީ އެމެރިކާގެ ރައްވެހިކަން ދޫކޮށްލައްވަން ހުށަހަޅުއްވައިފަ އެވެ. ލަންކާގެ ބައެއް މީޑިއާތަކުން ބުނި ގޮތުގައި ރިޔާސީ ރޭހަށް ގޮތަބަޔާ ނުކުމެވަޑައިގަންނަވަނީ ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާގެ ސްރީ ލަންކާ ޕޮޑުޖަނާ ޕެރަމުނާ (އެސްއެލްޕީޕީ) ގެ ކެންޑިޑޭޓެއްގެ ގޮތުގަ އެވެ. ރިޔާސީ ކެންޑޭޓަކަށް ގޮތަބަޔާ ހަދަން އެއްބަސްވެފައި ވަނީ ރާޖަޕަކްސާގެ ގެކޮޅުގައި ބޭއްވި ބައްދަލުވުމަކަށް ފަހު ކަމަށް ޚަބަރުތައް ބުނެ އެވެ.
ބޭބޭފުޅު ރާޖަޕަކްސާގެ ވެރިކަމުގައި ޑިފެންސް މިނިސްޓްރީ ހިންގެވި އިރު ގޮތަބަޔާގެ މައްޗަށް ތުހުމަތުކޮށްފައިވާ އެތައް ޖަރީމާއެއްގެ ތަހުގީގު މިހާރު ވަނީ ފަށައިފަ އެވެ.
ގޮތަބަޔާގެ މައްޗަށް ތުހުމަތު ކޮށްފައިވާ ކަންކަމުގެ ތެރޭގައި ސަރުކާރުގެ ހަތިޔާރުތަކެއް އަމިއްލަ ކުންފުންޏަކަށް ޓްރާންސްފާ ކުރި މައްސަލައެއް ހިމެނެ އެވެ. އެކަމުގެ ސަބަބުން ސަރުކާރަށް 11.4 ބިލިއަން ރުޕީސް (76 މިލިއަން ޑޮލަރު) ގެ ގެއްލުން ލިބިފައިވާ ކަމަށް އޮފިޝަލުން ބުނެ އެވެ. ގޮތަބަޔާ އެކަން ކުރައްވާފައި ވަނީ އޭނާ ޑިފެންސް ސެކްރެޓަރީގެ މަގާމުގައި ހުންނެވި ދުވަސްވަރު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަން ނުވަވަނަ
18 March 2019
ވަރަށް ބޮޑު އައުލަބިއްޔަތަކުން ގޮތާ ހޮވޭނެ. ލަންކާ މީހުން އެތިބީ ޕަކްސް ބޭރުކުރެވުނު މޮޔަ ހީވެފެ. އެހެންނުވާނީ ތަރައްގީގެ އެއްވެސް ކަމެއް ހިނގަނީކީނޫން
ޖަމްބޯ
18 March 2019
ތިއީ ދެވަނަ ޔާމީން . ވެރިކަން ލިބިއްޖެނަމަ ވާނީ ލަންކާގެ ޔާމީން އަށް .
ފާނު
18 March 2019
މިލަންކާ މީހުންގެ ނަންތައް އިސްލާހު ކުރާނީ ކޮންދުވަހަކުން...