ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެސްއެމްއީ ޑިވެޕޮލްމެންޓް ފައިނޭންސް ކޯފަރޭޝަންގެ އޮފީސް ހުޅުވާދެއްވަނީ--ފޮޓޯ:ރައީސް އޮފީސް
18 މާޗް 2019 - 11:29
ވެލާނާ އެއާޕޯޓްގެ ޑިއުޓީ ފްރީގައި ދިވެހި އުފެއްދުންތައް ވިއްކުމަށް ހާއްސަ ޖާގައެއް ހަދައި، އެމްއޭސީއެލް މެދުވެރިކޮށް އެ ތަކެތި ވިއްކޭނެ ގޮތް ހަމަޖައްސާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އެސްއެމްއީ ބޭންކު އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، މިކަން ވަރަށް ކުޑަ އަގެއްގައި ހަމަޖެހުނީ އެއާޕޯޓް ކުންފުނީގެ ޗެއާމަން މުހައްމަދު އުމަރު މަނިކާއި ކުންފުނީގެ ބޯޑުގެ އެހީތެރިކަމާ އެކު ކަމަށެވެ.
އެއާޕޯޓުން އެފަދަ ޖާގައެއް ހަމަޖެހުމަކީ، ދިވެހި އުފެއްދުންތައް މާކެޓްކޮށް ރަނގަޅު އަގުގައި ވިއްކުމަށް ލިބުނު ވަރަށް ރަނގަޅު ފުރުސަތެއް ކަމަށާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި ސިނާއަތްތަކުން އުފައްދާ ތަކެތި، އެއާޕޯޓްގައި ވިއްކުމުގެ ކަންކަން އިންތިޒާމުކުރާނީ، އިކޮނޮމިކް މިނިސްޓްރީން އުފައްދާފައި އޮންނަ ބިޒިނަސް ސެންޓަ ކޯޕަރޭޝަނުން ކަމަށް ރައީސް ވިދާޅުވި އެވެ.
"މި ފަށައިގަތް އެސްއެމްއީ ބޭންކުގެ ހިދުމަތާއި ދަނޑުވެރި ނަފާ ލޯނުގެ ހިދުމަތަކީ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއަރައިގެން ދިޔުމަށް ލިބޭނެ ވަރަށް ބޮޑު ބާރަކަށް ވާނެކަން ޔަގީން."
ރައީސް ވަނީ ދިވެހި އާ އުފެއްދުންތަކަށް ހިތްވަރު ދިނުމުގެ ގޮތުން، ކުދި އަދި މެދުފަންތީގެ އުފެއްދުންތެރިކަމުގެ އެވޯޑެއް ދޭން ވެސް ނިންމަވާފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕިސް
19 March 2019
ޑިއުޓީ ފްރީގެ ދުވަސް ދިޔައީ ތި! ގުޑް ލަކް
މާރުކޭޓު
18 March 2019
ސާބަސް އިންޑިޔާގަވެސް ބައެއްރޭލުތަކައްއަރަންދާއިރު ކައިރީގަހުންނަ މަސްމާރުކޭޓުން މަސްޓުކުރިގަނެގެންވެސްދެވޭކަމައްވޭ