އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އެސްއެމްއީ ބޭންކް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަނީ--ފޮޓޯ: ހުސައިން ވަހީދު/މިހާރު
18 މާޗް 2019 - 12:17
ވަރަށް އަވަހަށް އެސްއެމްއީ ޕޮލިސީއެއް އެކުލަވާލާނެ ކަމަށާއި އެ ޕޮލިސީގެ ތެރެއިން އެސްއެމްއީތަކަށް ސަރުކާރުގެ ޕްރޮޖެކްޓްތަކުގައި ފަސޭހައިން ބައިވެރިވުމުގެ ފުރުސަތު ލިބޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.
އެސްއެމްއީ ބޭންކް ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ފައްޔާޒު ވިދާޅުވީ އަލަށް ފަށާ ވިޔަފާރިތަކަށް ސަރުކާރު ޕްރޮޖެކްޓްތަކުގައި ބައިވެރިވެވޭނެ ފުރުސަތު މިހާރު ނެތް ނަމަވެސް އެ ފުރުސަތު ފަހިކޮށްދޭނެ ކަމަށެވެ.
ފައްޔާޒު ވިދާޅުވި ގޮތުގައި އެސްއެމްއީތަކަށް ލޯނު ދިނުމަށް ފަހު ނިންމާލާނީއެއް ނޫނެވެ. އެކުންފުނިތައް ހިންގަން ބޭނުންވާ ފަންނީ އެހީތެރިކަން ވެސް ބިޒްނަސް ސެންޓަރުތަކުން ލިބޭނެ ކަމަށް ވިދާޅުވި އެވެ.
އެސްއެމްއީ ބޭންކު ހުޅުވުމުގެ ރަސްމިއްޔާތަށް ރައީސް އިބްރާހިމު މުހައްމަދު ސޯލިހާއި ފައްޔާޒު އިސްމާއިލް ވަޑައިގަންނަވަނީ --ފޮޓޯ:ހުސައިން ވަހީދު/މިހާރު
"ރަނގަޅު ޕްރޮޖެކްޓްތަކާ އެކު ފަށާ ވިޔަފާރިތައް ފެއިލްވެދިޔަ ނުދިނުން. ފެއިލްވިޔަ ނުދީ އަމިއްލަ ޒާތުގައި ބޮޑުވެގެން ގޮސް އިންޑިޕެންޑެންޓް ވުން،" އެސްއެމްއީތަކާ މެދު ކުރަައްވާ އުއްމީދާ ބެހޭ ގޮތުން ފައްޔާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ އިތުރުން އާންމު ވިޔަފާރިތަކަށް ޓެކްސް ނިޒާމުގެ ތެރެއިން ދިމާވާ އުނދަގޫތަކަށް ހައްލެއް ގެންނަން ފިނޭންސް މިނިސްޓްރީއާ ކަމާ ގުޅޭ އިދާރާތަކާ އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ޓެކްސް ނިޒާމަށް ގެންނަން ބޭނުންވާ ބަދަލުތައް އަންނަ ހަފްތާގެ ތެރޭގައި ރައީސަށް ހުށަހަޅުއްވާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
18 March 2019
ޔާމީން ސަރުކާރުގައި އޭނާގެ އަހުލުވެރިން، އެސް.އެމް.އީ އަދި ގެޓްސެޓް ފަދަ ލޯނުތައް ނަގައިގެން ސަރުކާރު ޕްރޮޖެކްޓް ތަކުގައި ހާމަކަން ބޮޑުކޮށް އަދި އިންތިިހާ އަށް އަގުބޮޑުކޮށް ވަނީ ވަރަށް ފަސޭހައިން ބައިވެރިވެފައި. މީ މިހާރު ރާއްޖޭގައި ކުރިއަރަމުން އަންނަ މަހުޖަނުން. ދެން މިފަހަރު، ކުދި ވިޔަފާރިތައް ސަރުކާރު ޕްރޮޖެކްޓް ތަކުގައި މިބުނާ ފަސޭހައިން ބައިވެރި ވެގެން އޭގައި ފުރިހަމަ ނަޒާހަތްތެރި ކަމެއް ވާނެ ކަމަށް އާދައިގެ ރައްޔިތު މީހުން ނިންމަންވީތަ؟
18 March 2019
ހިތާމައަކީ މިބުނާ ލޯނު ތަކާއި، ކުރިއެރުން ލިބުމުގެ ޝަރުތު ފެށެނީ މަޖިލިސް މެމްބަރުންނާއި އެމީހުންގެ ގާތް ދެތިން މީހަކާއި އެބައެއްގެ އާއިލާ އަދި ރައްޓެހިންގެ ހަމައިން ކަމަށް ވުން. ދިވެހިން ހޭލަންވެއްޖެ! ދިރިއުޅުުމުގެ ހަޤީޤީ ފޮނި ރަހަ އަދި އިންސާްފް ލިބެން ޖެހެނީ ސިޔާސީ ކަންކަން ހިންގަން ޚަރަދުކުރާ މަދު ވިޔަފާރި ވެރިންނަކަށް ނޫން!