ކޮންގްރެސް ޕާޓީގެ ޕްރިޔަންކާ ގާނދީ އުއްތަރަ ޕްރަދޭޝްގައި ކެމްޕޭން ކުރައްވަނީ. --ފޮޓޯ:އޭއެފްޕީ
20 މާޗް 2019 - 15:50
ނިއު ދިއްލީ (މާޗް 20) - އަންނަ މަހު އިންޑިއާގައި އޮންނަ އާއްމު އިންތިޚާބުގެ ކެމްޕޭނުގައި ބޮޑު ވަޒީރު ނަރެންދުރަ މޯދީ އަށް ކޮންގްރެސްގެ ލީޑަރު ރާހުލް ގާނދީގެ ކޮއްކޯފުޅު ޕްރިޔަންކާ ގާނދީ ބަހުގެ ހަމަލާތަކެއް ދެއްވައިފި އެވެ.
މޯދީގެ ބްލޮގަކަށް ޖަވާބު ދެއްވައި ޕްރިޔަންކާ ވިދާޅުވީ "ރައްޔިތުންނަކީ މޮޔައިން ކަމަށް" މޯދީ ދެކެވަޑައިގަންނަވާ ކަމަށެވެ. އަދި އެކަން ހުއްޓަވާލެއްވުމަށް ވަނީ އެދިވަޑައިގެންފަ އެވެ.
މޯދީގެ ބްލޮގުގައި ވިދާޅުވެފައި ވަނީ 2014 ވަނަ އަހަރުގެ އިންތިޚާބުގައި ރައްޔިތުން ވޯޓު ދިނީ ވަކި ދަރިކޮޅަކަށް ވުރެ ބޮޑަށް ތެދުވެރި ކަމާއި އަމާނާތްތެރި ކަމަށް ކަމަށެވެ.
މޯދީ ވިދާޅުވީ "އާއިލާ ފުރަތަމަ" ސިޔާސަތުގެ ރޫހަށް ވުރެ ބޮޑަށް "އިންޑިއާ ފުރަތަމަ" ސިޔާސަތު މާ ކާމިޔާބު ކަމަށެވެ. މީގެ އިތުރުން ކޮންގްރެސްގެ ވެރިކަމުގައި ގައުމުގެ މުއައްސަސާތަކުގެ ބާރު ކަނޑުވާލާފައިވާ ކަމަށް ވިދާޅުވެފައިވެ އެވެ.
ކޮންގްރެސް ޕާޓީގެ ޕްރިޔަންކާ ގާނދީ އުއްތަރަ ޕްރަދޭޝްގައި ބޯޓުގައި ކެމްޕޭން ކުރައްވަނީ. --ފޮޓޯ:އޭއެފްޕީ
މޯދީގެ ބްލޮގަށް ރައްދު ދެއްވައި، ތިން ދުވަހުގެ ބޯޓް ކެމްޕޭނެއްގައި އުއްތަރަ ޕްރަދޭޝްގައި އުޅުއްވަމުން ޕްރިޔަންކާ ވިދާޅުވީ ވޭތުވެދިޔަ ފަސް އަހަރު ބީޖޭޕީން ކުރަމުން ދިޔަ ކަމަކީ ގައުމުގައި މުހިންމު މުއައްސަސާތަކަށް ހަމަލާ ދިނުން ކަމަށެވެ. އަދި ރައްޔިތުންނަކީ މޮޔައިންގެ ބައެއް ކަމަށް މޯދީ ދެކެވަޑައިގަންނަވާ ގޮތް ބަދަލު ކުރުމަށް އެކަމަނާ ވަނީ އެދިވަޑައިގެންފަ އެވެ.
"ބައެއް މީހުންނަށް ބާރު ލިބުނީމާ ދެކަމެއް އޮޅުވާލާ. ފުރަތަމަ ކަމަކީ ރައްޔިތުންނަށް އޮޅުވާލުން. ދެ ވަނަ ކަމަކީ އެ މީހުންނާ ދެކޮޅަށް ވާހަކަ ދައްކާ މީހުންނަށް ބިރު ދެއްކުން. އަޅުގަނޑުމެން ބިރެއް ނުގަނޭ. އެ މީހުންނަށް އަހަރެމެންނަށް ފުރައްސާރަ ކުރެވިދާނެ،" ޕްރިޔަންކާ ވިދާޅުވި އެވެ.
މޯދީ ވިދާޅުވީ ކޮންގްރެސް އަކީ އެތެރޭގެ ޑިމޮކްރެސީއެއް ނެތް، ވަކި އާއިލާއެއް ވަށައިގެން އެނބުރޭ ޕާޓީއެއް ކަމަށެވެ. އަދި އެ އާއިލާގެ މީހަކު ނޫން މީހަކު ޕާޓީގެ ލީޑަރުކަން ހޯދަން އުޅެފި ނަމަ އެ މީހަކު ޕާޓީން ބޭރުކޮށްލާ ކަމަށް މޯދީ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
7773045
22 March 2019
އިންޑިޔާ ބޭނުމިއްޔާ ރާއްޖެ ހިފިދާނެ. މިއީ ޙަޤީޤަތް. އެކަމަކު ތަހުޒީބު ދުނިޔޭގައި މަދު ޤައުމު ތަކެއް ފިޔަވައި ޤައުމުތަކުން ޢަމަލު ކުރަނީ ބާރުގަދަ މީހާ ބަލިމީހާގެ މައްޗަށް ވެރިވެގަންނަ އުޞޫލަކުން ނޫން. އިޙުތިރާމާއި އެކު. މާރިޔާވެސް އެވިދާޅުވީ އެވާހަކަ.
ޔާނު
13 April 2019
ކަލޭ މޮޔަ ނުގޮވާ. މީހުންކައިރީ ބުނާކަށް ނުޖެހޭ ސިންގާއަށް ބަކަރިއެއް ކައިލެވިދާނޭ. އެއީ އެންމެނަށްވެސް އެނގޭކަމެއް. މާރިޔާ އެކުރިކަމަކީ އަހުރެެމެންނީ ތިޔަބައިމީހުންގެ އަޅުންނޭ. ކަލޭމެން ބޭނުންނަމަ ބޭނުންގޮތެއް ހެދިދާނޭ. ގައުމިއްޔަތުކަމުގެ ކަންފުޅެއް ނެތުމުން ދައްކާނީ އެކަހަަލަ ވާހަކަ. މިތާކައިރީ މިއޮތް ކޮންމެ ގައުމަކަށްވެސް އަހުރެމެން ހިފޭނެ. 8000 ސިފައިންނަށްކުރެވޭނީ ކޮންކަމެއް.
ވރްދ
21 March 2019
"އިންޑިޔާ ބޭނުމިއްޔާ ރާއްޖެ ހިފިދާނެ." - ދިވެހިރާއްޖޭގެ ޑިފެންސް މިނިސްޓަރ
ހަސަނުބެ
21 March 2019
އިންޑިޔާއާ ނުލާ ދިވެހިންނަކަށް ކެތެއް ނުކުރެވޭނެ.
މަސީހު މަހުރާ
20 March 2019
މޯދީ އަކީ ފިސާރި ކެރުންތެރި ބޭފުޅެއް އަހަރެންގެ ސަޕޯަޓު ހަމަ އެކަނި މޯދީ ޖީ އަށް
ރާއަތޮޅު
13 April 2019
އެއީ މުސްލިމުންނަށް ބޮޑު އަނިޔާވެރިއެއް.
ޒިޔާއްޓޭ
20 March 2019
މޯދީ ވިދާޅުވީ ކޮންގްރެސް އަކީ އެތެރޭގެ ޑިމޮކްރެސީއެއް ނެތް، ވަކި އާއިލާއެއް ވަށައިގެން އެނބުރޭ ޕާޓީއެއް ކަމަށެވެ. އަދި އެ އާއިލާގެ މީހަކު ނޫން މީހަކު ޕާޓީގެ ލީޑަރުކަން ހޯދަން އުޅެފި ނަމަ އެ މީހަކު ޕާޓީން ބޭރުކޮށްލާ ކަމަށް މޯދީ ވިދާޅުވި އެވެ. -- ހާދަ ހީވެއޭ އަންނި އަށް ޖަހާލި ވައްބަހެއް ހެން.
ޝޮކްތެރަޕީ
20 March 2019
އިންޑިޔާގެ ކިބައިން މި ޤައުމު ސަލާމައްކުރަން ޖެހޭ.
ބޮންދު
20 March 2019
ދެން ޗއަިނާ ކައިރިކުރަންވީ. އޭރުން ކަކުނި ސޫޕް ދިވެހިންނަށް ލިބޭނީ.
ޝައްމި
21 March 2019
ޗައިނާ ނޫޅެޔޭ މިތާ ސިފައިން ބަހައްޓައި ރާޑަރު ބަހައްޓައި އަތްގަދަ ކުރާކަށް