ހުޅުމާލޭގައި ހަދަމުން އަންނަ ބަސް ސްޓޮޕެއް. --- ފޮޓޯ: މިހާރު
23 މާޗް 2019 - 11:12
ހުޅުމާލޭގައި އެކި ސަރަހައްދުތަކުގައި ޒަމާނީ ފެންވަރުގެ ބަސް ސްޓޭންޑުތަކެއް ހަދަން ފަށައިފި އެވެ.
އެޗްޑީސީގެ އޮފިޝަލަކު މިއަދު ވިދާޅުވީ އަލަށް ހަދަމުން އަންނަ ބަސް ސްޓޭންޑުތަކަކީ ޖާގައިގެ ގޮތުން ވަރަށް ތަނަވަސް ތަންތަން ކަމަށެވެ. އެގޮތުން ފަސޭހަ އިން އިށީނދެވޭ ގޮތަށް ހަމަޖެހިފައިވާ އިރު، ވާރެ އާއި އަވިން ހިޔާވެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހުޅުމާލޭގައި މިހާރު ހުރި ބަސް ސްޓޭންޑުތަކުގައި ތިބޭ މީހުންނަށް ހިޔާވެވޭނެ ގޮތެއް ނުހުރެ އެވެ. އަދި އެތަންތަނުގައި އިށީނދެގެން ތިބެވެނީ ވެސް މަދު ބަޔަކަށެވެ.
"ވީހާވެސް އަވަހަށް ބަސް ސްޓޭންޑުތައް ނިންމާލަން މަސައްކަތް މި ކުރަނީ،" އޮފިޝަލް ވިދާޅުވި އެވެ.
އެޗްޑީސީން އެންމެ ފުރަތަމަ ހަދަނީ އެންމެ ގިނައިން ބަހަށް އަރަން މީހުން ދާ ހިސާބުތަކުގަ އެވެ. އޭގެ އިތުރުން، ޗައިނާގެ ފްލެޓުތައް ކައިރީގަ އާއި ސިފައިންނާއި ފުލުހުންނަށް ހަދާ ފްލެޓްތައް ކައިރީގައި ވެސް ބަސް ސްޓޭންޑް ހެދުމުގެ މަސައްކަތް އެޗްޑީސީން އަންނަނީ ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަރޭމިތުރު
24 March 2019
ބަސް ދުއްވަންޏާ ތިބެވޭގޮތެއް އޮންނަންވާނޭ! ބަސް ސުޓޭންޑުތަކެއް އެތަނަކު ހުންނަންވާނޭ!................ ރަނަގޅުކަމެއް! ޒަމާނީ ވަސީލަތެއް. ބަސްދަތުރުގެ ފުރިހަމަ މާނައިގައިވާކަމެއް! ވާރެއާއި ވިއްސާރައިގައި ބަސްބޭނުންވާއިރު މަގުމަތީގައި ތިބެންޖެހޭ ޖެހުމައް އައި އިތުރު އުފަލެއް! ޝުކުރިއްޔާ
މަރޭމިތުރު
24 March 2019
ބަސް ދުއްވަންޏާ ތިބެވޭގޮތެއް އޮންނަންވާނޭ! ބަސް ސުޓޭންޑުތަކެއް އެތަނަކު ހުންނަންވާނޭ!................ ރަނަގޅުކަމެއް! ޒަމާނީ ވަސީލަތެއް. ބަސްދަތުރުގެ ފުރިހަމަ މާނައިގައިވާކަމެއް! ވާރެއާއި ވިއްސާރައިގައި ބަސްބޭނުންވާއިރު މަގުމަތީގައި ތިބެންޖެހޭ ޖެހުމައް އައި އިތުރު އުފަލެއް! ޝުކުރިއްޔާ
ވަހީދު
24 March 2019
ނިމިދިޔަ ސަރުކާރުގައި ބޮޑެތި މަޝްރޫޢު ތަކުގެ ވާހަކަ ވެސް މިގޮތަށް ނުގެނެސްދޭ. އެތައް އެއަޕޯޓެއް ހަދައި، ބަޔަކަށް ނުވެސް އެނގޭ.
ޖޮންގޯ
23 March 2019
ބަސް ދަތުރުގެ އަގު ހޮޔޮކޮށްދެއްވާ! 10ރުފިޔާ އަކީ ބޮޑު އަދަދެއް ޕަބްލިކް ޓްރާސްޕޯޓަކަށް!
ގޯގޯ
23 March 2019
ތިޔަތާގައި ބަސް ޝެޑިއުލްވެސް ހަރުކޮށްދޭތި.
hawwa
23 March 2019
އަހަރުމެންގެ ރަށު މިސްކިތުގައި އާ ގަޑިއެއް ބަހައްޓަނީ. މިވެސް ޚަބަރެއް.
އިބްރާ
23 March 2019
މިސަރުކާރަށް އުމްރާނީގޮތުން ކުރެވޭނެ އެންމެ ބޮޑެތި ކަންތަކުގެ ތެރެއިން ކަމެއް. އަނެއްކާ އިބޫގެ ވައުދަކީ ތޯއްޗެއް!
އަލީ!
23 March 2019
މައްސަލައަކީ ޒަމާނީ ފެންވަރަށް ހެދިޔަސް ދިވެހިން ނާތަހުޒީބުކަމުން ތިޔަތަނަށްވެސް ކުނި އަޅާފަ އޮންނާނީ. ސުޕާރީ ހުސްޕެކެޓާ ހުސް ފުޅިއާ ދަޅާ.
ނާނީ
23 March 2019
މިއީ ވަރަށް ބޮޑު ފަސޭހައަކަށް ވެގެންދާނެ
ޝާދީޝުދާ
23 March 2019
މިއީ ދައުލަތުގެ ފައިސާ އެއްތަނަކަށް އަޅަން ރައްޔިތުން ލޮލުގަ އަނދުން އަޅުވަން އަނބުރާ ގޭސްގަނޑުގަނޑު. މިހާރު ނުޖެހޭ ބަޖެޓުގެ ދެބައިކުޅަ އެއްބައި ހުޅުމާލެއަށޭ ކިޔާފަ މަޖިލީހުގަވެސް ބަހުސްކުރާކަށް. އެހެންތާ ވާނީ، ޒާތެއްގެ ކުންފުންޏަކުން ލޯނުނަގައިގެން ހަދާތަނެއް ވިއްޔަ. މިހާރު އެއޮތީ ބިލިއަނުން ދަރަނިވެފަ. ދެން ގައުމީ ކަމަކަށް ހަދާފަ ހުރިހާ ރައްޔިތުން ވެގެން ގަނޑުކޮށް ދަރަނި ދައްކާލީމަ ނިމުނީ، ހެހެހެ.