25 މާޗް 2019 - 11:39
މި އަހަރު ބާއްވާ ސާކް ފިލްމު ފިލްމު ފެސްޓިވަލްގައި ރާއްޖޭން ފިލްމުތައް ބައިވެރިކުރަން ނެޝަނަލް ސެންޓަ ފޮ ދި އާޓްސް (އެންސީއޭ) އިން ހުޅުވާލައިފި އެވެ.
އެތަނުން ބުނީ މެއި މަހުގެ 7-12 އަށް ސްރީ ލަންކާގައި ބާއްވާ ސާކް ފިލްމު ފެސްޓިވަލްގައި ދެ ފީޗާ ފިލްމާއި ކުރު ދެ ފިލްމާއި އެއް މާސްޓަ ފިލްމު ބައިވެރި ކުރުމުގެ ފުރުސަތު ލިބިފައިވާ ކަމަށާއި ފިލްމުތައް ހުށަހެޅުމުގެ ސުންގަޑި އަންނަ މަހުގެ 3 އާ ހަމައަށް ހުޅުވާލައިފައިވާ ކަމަށެވެ.
ފެސްޓިވަލްގައި ބައިވެރި ކުރާ ފިލްމުތަކުގެ ޑައިރެކްޓަރުންނާއި އެހެނިހެން އާޓިސްޓުންގެ ތެރެއިން ގިނަވެގެން ހަތަރު މީހަކަށް ބައިވެރިވުމުމުގެ ފުރުސަތު އޮންނާނެ އެވެ.
ދިވެހި ފިލްމުތައް އެންމެ އާންމުކޮށް ވާދަކުރާ ސާކް ފިލްމު ފެސްޓިވަލްގައި މިދިޔަ އަހަރު ފީޗާ ފިލްމު ކެޓަގަރީގައި ރާއްޖޭން ބައިވެރިކޮށްފައި ވަނީ އަބްދުލް ފައްތާހުގެ ވަދާއީ ޑައިރެކްޝަން "ހައްދު" އާއި ފާތުމަތު ނަހުލާގެ ބިރުވެރި ފިލްމު "4426" އެވެ. އަދި ކުރު ފިލްމުގައި ވާދަ ކުރީ އޭސީސީގެ "ބިތުފަންގި" އާއި އަލީ ޝާމިންގެ "ސްޓޭޓަސް" އެވެ.
އެކަމަކު މިދިޔަ އަހަރު ފެސްޓިވަލް ނިންމައިލަން ޖެހުނީ ރާއްޖެ އަށް އެއްވެސް ކާމިޔާބީއެއް ނުލިބެ އެވެ.
އެކަމަކު މި ފެސްޓިލްގެ ޝަރަފުވެރި މަގާމުތަކެއް ދިވެހި ފިލްމުތަކާއި ފަންނާނުންތަކެއް ހޯދާފައިވެ އެވެ. އެގޮތުން ބަތަލާ އައިޝަތު ރިޝްމީ "ވިޝްކާ" އިން 2017 ގައި އެންމެ މޮޅި ބަތަލާގެ މަގާމު ހޯދި އިރު 2014 ގައި "އިނގިލި" އިން އެކްޓަރު އިސްމާއީލް (ކޮޕީ އިއްސެ) ވަނީ އެންމެ މޮޅު އެކްޓަރުގެ އެވޯޑް ހޯދައިފަ އެވެ.
SAARC fIlm festival gai raajje mifaharu hus athaa
The most trusted news source in the Maldives
Mihaaru
މިދިޔަ އަހަރު ރާއްޖޭން ފެސްޓިވަލްގައި 4 ފިލްމު ބައިވެރި ކުރި.
ފިލްމު އިނގިލި (2014) އާއި އިންސާނާ (2015) އަކީ ސާކް ފިލްމު ފެސްޓިވަލްގައި ބްރޯންޒް މެޑެލް ހޯދި ފިލްމުތަކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy