ހިމަންދޫ ބަނދަރު ހެދުމުގެ އެއްބަސްވުމުގައި ސަރުކާރުން ސޮއި ކުރަނީ: އެ މަޝްރޫއު ސަރުކާރުން ހަވާލު ކޮށްފައިވަނީ އެމްޓީސީސީއާ --ފޮޓޯ/ޕްލޭނިން މިނިސްޓްރީ
01 އެޕްރީލް 2019 - 17:30
އއ. ހިމަންދޫ ބަނދަރު ހެދުމުގެ މަޝްރޫއު އެމްޓީސީސީއާ ސަރުކާރުން މިއަދު ހަވާލުކޮށްފި އެވެ.
ޕްލޭނިން މިނިސްޓްރީން ބުނިގޮތުގައި އެ މަޝްރޫއުގެ އެއްބަސްވުމުގައި އެމްޓީސީސީއާ އެކު ސަރުކާރުން މިއަދު ވަނީ ސޮއިކޮށްފަ އެވެ. އެ މިނިސްޓްރީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ މިނިސްޓްރީގެ ޕާމަނަން ސެކެޓްރީ ޒީނިއާ އަހުމަދު ހަމީދެވެ. އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޗީފް އޮޕަރޭޓިން އޮފިސަރު ޝާހިދު ހުސައިން މޫސާ އެވެ.
ޕްލޭނިން މިނިސްޓްރީން ބުނީ އެ މަޝްރޫއުގެ މަސައްކަތް ނިންމަން ކަނޑައަޅާފައިވަނީ 350 ދުވަހެވެ. އެ މަޝްރޫއުގެ ދަށުން 497 މީޓަރުގެ ބޭރު ތޮށްޓެއް ލުމާއި 372 މީޓަރުގެ އެއްގަމު ތޮށްޓެއް ލުމުގެ އިތުރުން 110 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ނެރު ބައްތި ޖެހުމާއި އެއްގަމު ތޮށްޓާ ޖެހިގެން ޕޭވްމަންޓް ހެދުމުގެ އިތުރުން ބަނދަރު ފުން ކުރުމާއި ލައިޓް ޖެހުން އަދި ރޭމްޕެއް ހެދުން ވެސް އެ މަޝްރޫއުގައި ހިމެނޭ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ޕްލޭނިން މިނިސްޓްރީން ބުނިގޮތުގައި އެ މަޝްރޫއަށް 43.6 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ihaaru.
01 April 2019
އެމްޓީސީސީ އަކީ ޤައުމަށް ޖެހިފަވާ ވަބާއެއްނުންބާ؟