ފުވައްމުލަކު ރިންގް ރޯޑްގެ މަޝްރޫއުގެ އެއްބަސްވުމުގެ ސޮއި ކުރުމުގެ ރަސްމިއްޔާތު: އެ މަސައްކަތް އެމްޓީސީސީއާ ސަރުކާރުން ވަނީ ހަވާލު ކޮށްފައި --ފޮޓޯ/ޕްލޭނިން މިނިސްޓްރީ
01 އެޕްރީލް 2019 - 17:44
ފުވައްމުލަކު ރިންގް ރޯޑް ހެދުމުގެ މަޝްރޫއު ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.
ފުވައްމުލަކު ރިންގް ރޯޑް ހެދުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސަރުކާރުން އެމްޓީސީސީއާ އެކު ސޮއިކުރީ މިދިޔަ ބުދަ ދުވަހު އެވެ. ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީ ޒީނިއާ އަހުމަދު ހަމީދެވެ. އެމްޓީސީސީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ ހަސަން ޝާހު އެވެ.
އެމްޓީސީސީން ބުނިގޮތުގައި އެ މަޝްރޫއުގެ ދަށުން 24،00 ސްކުއާ މީޓަރުގެ ރިންގް ރޯޑެއް ހެދުމާ އެކު ލެޑް ބައްތި ޖެހުމާއި ފެން ހިންދާ ނިޒާމް ގާއިމް ކުރާނެ އެވެ.
އެ މަޝްރޫއުއަށް 32 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުވާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝަބްނަމް ހަމީދު
02 April 2019
މިއީ އަހަރުމެން ދައްކާ ވާހަކައަކީ، ޓެކުސް ނަގަނީ އާންމު ވިޔަފާރިވެރިންގެ އަތުން، ކޮންސްޓްރަކްޝަން ކުންފުނިތަކުން، އެކަމަކު އެފައިސާއިން ހިންގޭ ޕްރޮޖެކްޓް އެއްވެސް ބީލަމަކާއި ވާދަވެރިކަމަކާއި ނުލައި ދެވެނީ ސަރުކާރުގެ ކުންފުނިތަކަށް، ދެން ކީއްކުރާ އެސްއެމްއީ ބެންކެއްތޯ؟ ރައީސް ސޯލިހް ވައުދުވި ސަރުކާރުން ހިންގާ ޕްރޮޖެކްޓްތަށް ދެވޭނީ ދިވެހި ކުންފުނިތަކަށްކަމަށް، އެކަމަކު އެކަން ކުރާތަނެއް ނުފެނޭ
ތުއްތޮންބެ
02 April 2019
އިންތިހާބައް ހައެއްކަ ދުވަހައްވީމަ ތިކަހަލަ ލައްކަ މަގު ހަދަންސޮއިކުރާނެ.
ޖަމީލުބެ
02 April 2019
އެ ރިންގ ރޯޑުގެ ދިގުމިނަކީ ކޮބައިތޯ؟
މަ މިއު މަ
02 April 2019
ކޮބާހޭ ތީގެ ބޭނުމެއް؟ ހަމަ ތިމާވެށި ހަލާކު ކޮށްލުން ރަށުގެ ވަށައިގެން ނުޖެހޭ ބޮޑު މަގެއް ކޮށާފަ އޮންނާކަށް. މާލޭގަ އޮތޭ ކިޔާފަ. މާލޭ މިއީ މިސާލަކަށް ނަގަން އެންމެ ކަމު ނުދާ ތަން. އެ ރަށެއްގެ އެތެރެ ދަތުރު ތަކަށް ބޭނުންވާ ވަރަށް އެކަނި މަގު ހުންނަން ޖެހޭނީ، މުޅި ރަށް ވަށާ މަގު ހަދާކަށް ނުޖެހޭނެ
އަކްމެޑް
02 April 2019
ކެމްޕެއިނަށް ދައްކާ ދަޅަ.
.ރޯޑުހެދުން
02 April 2019
.ތީހަމަ ވައި ކެމްޕިއަން ވޯޓުލާ ދުވަހާ ޖެހޭއިރު މުޅި މި ގައުމު އޮންނާނީ މީހުނާ ހަވާލުކޮށް ހުސްވެފާ.
ކުކޫ
01 April 2019
ބަލަމާ ތޭ ވޭ އެއްތައް
ފުވަ
01 April 2019
ހާނ