އޭޑީކޭ އާއި ކޮލިޓޭޓް މެޑިކެއާއާ ދެމެދު އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތު. އޭޑީކޭ ހޮސްޕިޓަލް ދުނިޔޭގެ ފެންވަރަށް އެކްރެޑިޓް ކުރުމަށް ވަނީ އަމާޒު ހިފާފައި. - ފޮޓޯ: މިހާރު
30 އޯގަސްޓް 2016 - 17:45
އޭޑީކޭ ހޮސްޕިޓަލުން ދެމުން އަންނަ ހިދުމަތްތައް އެއް ފެންވަރެއްގައި ހިފެހެއްޓުމަށް އިންޑިއާގެ ކުންފުންޏަކާ ގުޅިގެން އެކްރެޑިޓް ކުރުމަށް ނިންމާފައިވާ ކަމަށް އެ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.
އެ ހޮސްޕިޓަލުގައި ބޭއްވި ރަސްމިއްޔާތެއްގައި އޭޑީކޭ އެކްރެޑިޓް ކުރަން އިންޑިއާގެ "ކޮލިޓޭޓް މެޑިކެއާ"އާ އެކު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. މިއީ ރާއްޖޭގައި ހޮސްޕިޓަލެއް އެކްރެޑިޓް ކުރަން ނިންމައި އަމަލީ ގޮތުން މަސައްކަތް ފެށި ފުރަތަމަ ފަހަރެވެ.
އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ނޫސްވެރިންނަށް ވިދާޅުވި ގޮތުގައި މިއީ އިންޑިއާގެ ނެޝަނަލް ބޯޑް އޮފް އެކްރެޑިޓޭޝަން ހޮސްޕިޓަލް އެންޑް ހެލްތު ކެއާ ފެސިލިޓީޒް (އެންއޭބީއެޗް)ގެ އެކްރެޑިޓޭޝަން އޭޑީކޭ އަށް ހޯދުމުގެ މަސައްކަތް ފެށުމަށް ވެވުނު އެއްބަސްވުމެކެވެ.
"މިއީ އަޅުގަނޑުމެން މި ކަމުގައި އަޅާ ފުރަތަމަ ފިޔަވަޅު،" އަފްއާލް ވިދާޅުވި އެވެ.
އަފްއާލް ވިދާޅުވީ އެކްރެޑިޓޭޝަން ސިސްޓަމެއް ރާއްޖޭގައި ގާއިމުކޮށްފައި ނެތަސް، ދާދި އަވަހަށް ރާއްޖޭގެ ހޮސްޕިޓަލްތަކުން އެކްރެޑިޓޭޝަން ސިސްޓަމެއް ތައާރަފް ކުރާނެ ކަމަށެވެ. އަދި އޭޑީކޭ އިން ވަންނަ ސިސްޓަމަކީ ބައިނަލްއަގުވާމީ ސިސްޓަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އެންއޭބީއެޗުން ވަނީ އިންޑިއާގެ ހޮސްޕިޓަލްތަކުގެ އިތުރުން ބައެއް އެހެން ގައުމުތަކުގެ ހޮސްޕިޓަލްތަކުގައި ވެސް އެކްރެޑިޓޭޝަން ސިސްޓަމްތައް ތައާރަފްކޮށްފަ އެވެ. އެންއޭބީއެޗުގެ ސެޓްފިކެޓް ފެންނަން ހުންނަ ހޮސްޕިޓަލްތަކަކީ ސަރުކާރުތަކުން ގަބޫލުކުރާ ހޮސްޕިޓަލްތަކެވެ.
އަފްއާލް ވިދާޅުވި ގޮތުގައި އޭޑީކޭ އެކްރެޑިޓްވުމަކީ ރާއްޖޭގޭ ސިއްހީ ނިޒާމަށް ލިބޭނެ ބޮޑު ކުރިއެރުމެކެވެ. އަދި ރާއްޖޭގެ ސިއްހީ ނިޒާމަށް ކުރާ އިތުބާރު ބޮޑުވާނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
މި އެއްބަސްވުމުގެ ދަށުން އޭޑީކޭ ފިޔަވައި ރާއްޖޭގެ އެހެން ހޮސްޕިޓަލްތަކުގެ މުވައްޒަފުން ވެސް ތަމްރީނު ކުރުމަށް މަސައްކަތް ކުރާނެ ކަމަށް އަފްއާލް ވިދާޅުވި އެވެ. އަދި އޭޑީކޭ އެކްރެޑިޓް ވިޔަސް، ސަރުކާރަށާއި އެހެނިހެން މީހުންނަށް ފައިދާ ލިބޭނެ ގޮތަކަށް މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އަފްއާލް ވިދާޅުވީ އެކްރެޑިޓޭޝަން ސިސްޓަމެއް ހޯދުމަށް އަށެއްކަ މަސްދުވަސް ނަގާނެ ކަމަށެވެ. އަދި ސެޓްފިކެޓެއް ލިބުނަސް، ކޮންމެ އަހަރަކު އެއް ފަހަރު އިންޑިއާގެ އެންއޭބީއެޗުން އޭޑީކޭގެ ފެންވަރު ބަލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ހޮސްޕިޓަލުގެ އެނދުތައް ގިނަވެ ދޭ ހިދުމަތްތައް އިތުރުވާ ވަރުން އެސެސް ކުރަންޖެހޭ ކަންތައްތައް އިތުރުވާނެ. މިއީ އެންމެ ފަހަރަކުން ނިމޭނެ ކަމެއް ނޫން. ދާއިމީކޮށް ވަރަށް ބޮޑު ކޮމިޓްމަންޓެއް ދީގެން ކުރަން ޖެހޭނެ ކަމެއް،" އަފްއާލް ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕެޕްރިކާ
31 August 2016
އިންޑިއާގެ އެކްރެޑިކްއަށް ފާޑުކިޔާމީހުންނަށް ބުނެލަން އޮތީ އެންއޭބީއެޗް އަކީ ދުނިޔޭގެ ފެންވަރުގެ އެކްރެޑިޓެކޭ. ސިންގަޕޯރ އާއި މެލޭޝިއާގެ ބައެއް ހޮސްޕިޓަލްތައް ވެސް އެކްރެޑިޓް ކޮށްފަ ހުންނަނީ އެންއޭބީއެޗް އިން. މައުލޫމާތު ނޭނގެންޔާ މައުލޫމާތު ހޯދުމަކީ އަމިއްލަ ޒިންމާއެއް ކަމަކަށް މިއުޅޭ ގިނަމީހުން ނުދަނޭ. ވާނުވާ ނޭނގި، ނޭނގޭ ކަންކަމަށްވެސް ފާޑުކިޔޭތޯ ބަލަނީ.
ކޮލަމާފުށި
31 August 2016
އޭގެކުރިން ތިޔަތަނުން ނަގާ އަގުތައް ކުޑަކުނރަންވީ..ވަކިން ޚައްސަކޮށް ރޫމްތަކުގެ އަގުތައް.
ގގ
31 August 2016
ކޮންމެ ދެމީހަކަށް ކޮލެޖެއް، ކޮންމެ ތިން މީހަކަށް ހޮސްޕިޓަލެއް، ކޮންމެ 10 މީހަކަށް ސިޔާސި ޕާރޓީއެއް!
އަލީ
31 August 2016
ރަގަޅުކަމެއް. އޭގެ ކުރިން ތިތަނުގެ ކިއުސިސްޓަމް ރަނގަޅުކޮށްދެއްވާ. މެމޯއެއްހަދަން އެހާގިނައިރު ކިއުގަތިބެންޖެހޭ. އަދިލެބްޓެސްޓްހަދަންދާތަނުގަ ކިއުނަމްބަރުނަގާގޮތަށް ނެތީމަ ވަރަށްއުނދަގޫ. ބާރުގަދަމީހާ އަވަހަށް ދާގޮތަށް މިހާރުއޮންނަނީ.
މުހައްމަދު
31 August 2016
ހޮސްޕިޓަލް ފެންވަރު ރަނގަޅު ނަގާ އެކްސްރޭ ކަމުނުދާ ވާހަކަ ލަންކާގެ ޑޮކްޓަުން ބުނަނީ. ދާދި ފަހުން ފަޔަށް ތަދުވެގެން އެކްސް ރޭ ނަގައިގެން ރަގަޅު ނުވެގެން އެންމެ ފަހުން ލަންކާ އަށް ދިޔައިމަ ލަންކާގެ ޑޮކްޓަރުން ރުޅިއައިސް ރަތައް. އެހެންތާ ވާނީ، މުޅިންވެސް އިންޑިޔާއިން ޑިސްކޮލިފައިޑް މުއައްޒިފުން ގެނެސް ތިބީ. މިއީ ހަޤީޤަތް. ތިއީ ބޮޑު ވިޔަފާރިގަނޑެއް ބަޔަކު ހިންގާ.
ކޮކާ
31 August 2016
އީންޑީޔާމީހުން ކުރާ އެކުރެޑީޓު އަހަރެމެން ގަބޫލެއްނުކުރާނަން..
ހަޔަރ
30 August 2016
އޭޑީކޭގެ ޚިދްމަތް ދުވަހުން ދުވަހަށް ތަރައްގީ ކުރަމުން ކުރިއަރަމުން ދާ ކަން އެއީ ފާހަގަ ކުރަން ޖެހޭނެ ކަމެކެވެ. އޭޑީކޭ އަށް ސަރުކާރުން ކޮށްދެވެން އޮތީ ކޮން ކަމެއްތޯ ބައްލަވާ އެފަދަ ކަންކަން އޭޑީކޭ އަށްވެސް ފަހި ކޮށްދީ އޭޑީކޭ މުޅިން ވެސް އަޕަރ ސްޓްރީމް އަށް ނެގޭ ތޯ ސަރުކާރުން މަަސައްކަތް ކޮށްދޭން ޖެހޭނެ ހެލްތް މިނިސްޓަރު ވެސް. އޭޑީކޭ އަށް ވެސް އެހީތެރި ކަމުގެ އަތެއް ސަރުކާރުން ދިށް ކޮށްލަންވީ ދިއްކޮށްލަންވީ ގިވް އިން ގިވް އިން ހެލްޕް.. އޯ ޓްރައި ޓު އަންޑަރސްޓޭންޑް ވަޓްސް ދޭ ނީޑް. ޓޭކް ދެމް ހަޔަރ..
ޓޫވެލް
30 August 2016
ދުނިޔޭގެ ފެންވަރަށް އޭޑީކޭ ގެންނަން އޭޑީކޭ އިން ކުރަމުން ގެންދާ މަސައްކަތް ތަަކަކީ އެއީ ބަލައިގަންނަން ޖެހޭނެ މަސައްކަތް ތަކެވެ. ފިނިވައިރޯޅި އެއް ޖެހިލާ ބޮލުގެ އިސްތަށި ގަނޑާއި ކުޅެލާ އެބުނަނީ އޭޑީކޭ ގެ ބިއުޓީ ބަލާލަން އޭޑީކޭ އަށް ހަވީރު ފިންނަށް ވަދެލަން ދާން އެވެ. މިހާރު އޭޑީކޭ އެވަނީ ކުރީގެ އޭޑީކޭ އިން މިހާރުގެ ޒަމާނީ އޭޑީކޭ އަކަށް ބަދަލުކޮށް އަދި ބަލި މީހުންނަށް ވަރަށް ކަމޭ ހިތާ ތަނަކަށް ވެފައެވެ. އޭޑީކޭ މިހާރު މާ ބޮޑަށް ރަނގަޅެވެ. މާބޮޑަށް ރަނގަޅެވެ އޯއޯއޯ، އޭޑީކޭ މާބޮޑަށް ރަނގަޅެވެ. އޯއޯއޯ އޯއޯއޯ އޭޑީކޭ މިހާރު މާ ބޮޑަށް ރަނގަޅެވެ.
ބޮޑުތިލަދުންމަތި
30 August 2016
ފުރަތަމަ ވައުދު ފުއްދިގެންނު ކަމެއްވާނީ. ކޮބާ ފޯކައިދޫގަ އަޅަން ބުނި ހޮސް ޕިޓަލު؟
ހަމްބެ
31 August 2016
އެއީ އޭޑީކޭ އިން ވީ ވައުދެއްތޯ.....
އުއްމީދު
30 August 2016
އޭޑީކޭ ދުނިޔޭގެ ފެންވަރަށް އެކްރެޑިޓް ކުރަން އެ ކުންފުނިން މަސައްކަތް ކޮށް އެކަން ކާމިޔާބު ކޮޮށް އަދި އޭޑީކޭ އިން ދެމުން ގެންދާ ސިއްޚީ ޚިދްމަތް ދުވަހުން ދުވަހަށް ތަރައްގީ ކުރަމުން ދާ ކަމީ އެއީ ދިވެހި މުޖުތަމައު އާއި އަދި ސަރުކާރުން ވެސް އެކަން ފާހަގަ ކުރަން ޖެހޭނެ ކަމެކެވެ. މީގެ ބިއުޓީ އަކީ އެކަން ކުރަނީ އެއީ ދިވެހި ކުންފުންނަކުން ކަމަށްވާއިރު އެކުންފުނީގެ ވިޔަފާރި ތައް ކުރިއަރައިފިނަމަ އެއީ އެންމެހާ ދިވެހިންނަށް އޭގެއިން މަންފާ ލިބިގެން ދާނެ ކަމެކެވެ. އޭޑީކޭ އިން ހުޅުމާލޭން ބިމެއް ގަނެގެން އެތަނުގައި ވެސް ހޮސްޕިޓަލެއް އަދި މާލެ ވިލިގިލިން ވެސް ބިމެއް ސަރުކާރު އަތުން ގަނެގެން އެތަނުގައި ވެސް ހޮސްޕިޓަލެއް އަދި ތިލަފުށީގައި ކްލިނިކް އެއް ގާއިމް ކޮށްދެއްްވާނެ ކަމަށް މަމެން ޕިންކް ކުދިން ވަރަށް އުއްމީދު ކުރަމެވެ.