ޖޭޕީގެ ހަފުލާއެއްގައި ގާސިމް ވާހަކަފުޅު ދައްކަވަނީ.
07 އެޕްރީލް 2019 - 02:06
އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ކެންޑިޑޭޓުންނަށް ކާމިޔާބު ކޮށްދިނުމުގައި އެ ޕާޓީގެ ކައުންސިލުން ކުރި މަސައްކަތެއް ނެތް ކަމަށް ވިދާޅުވެ، ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ބަހުގެ ހަމަލާތަކެއް ދެއްވައިފި އެވެ.
މަޖިލިހުގެ އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން، ޖޭޕީ އަށް ލިބުނީ އެންމެ ހަތް ގޮނޑި އެވެ. އެކަމަކު، އެ ޕާޓީން 40 އަށް ވުރެ ގިނަ ދާއިރާ އަށް ކެންޑިޑޭޓުން ނެރެފައިވެ އެވެ. ޖޭޕީގެ ކެންޑިޑޭޓުންގެ ތެރެއިން ކާމީޔާބީ ލިބިވަޑައިގެންނެވި ބައެއް ބޭފުޅުންނަކީ ގާސިމްގެ އިތުރުން، ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިނާއި ތިމަރަފުށި ގޮނޑި ކާމިޔާބު ކުރެއްވި، ކިނބިދޫ ދާއިރާގެ މިހާރުގެ މެމްބަރު އަބްދުﷲ ރިޔާޒާއި ދަނގެތި ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމެވެ.
ޓޫރިޒަމް މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީގެ ރައީސް އަލީ ވަހީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެ ޕާޓީ އަށް ލިބުނު ބޮޑު ނާކާމިޔާބީގެ ސަބަބަކީ މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ބޮޑު ތަނުން ރައްޔިތުން ނޫނެކޭ ބުނި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ބައިއަތު ހިފުން ކަމަށެވެ.
JP ah libunu bodu naakaamiyaabee akee rayyithun 23 Septemberga boduthanun noonekey buni Raees Yameenah bai athu hifumun libunu naakaamiyaabeh. Kandufeyrey meehun JP hisoar kurumun JPge candidatunnah gellunve JP salaamatheh nuvi. Ehenas rayyithun qaum salaamaiy kohdheefi. Ibratheh
— Ali Waheed (@ali20waheed) April 6, 2019
އަލީ ވަހީދު މިރޭ ކުރެއްވި ޓުވީޓު.
"ކަނޑުފޭރޭ މީހުން ޖޭޕީ ހިސޯރު ކުރުމުން ޖޭޕީގެ ކެންޑިޑޭޓުންނަށް ގެއްލުންވެ، ޖޭޕީ ސަލާމަތެއް ނުވި، އެހެނަސް، ރައްޔިތުން ގައުމު ސަލާމަތްކޮށްދީފި. އިބުރަތެއް،" އެމްޑީޕީ އަށް މި އިންތިޚާބުން ލިބުނު ތާރީޚީ ކާމިޔާބީ ފާހަގަކުރަން ކުރީގެ އަޑި ޕާކް ސަރަހައްދުގައި ބޭއްވި ހަރަކާތުގައި ވެސް ބައިވެރިވެވަޑައިގެންނެވި އަލީ ވަހީދު ވިދާޅުވި އެވެ.
ޖޭޕީގެ ކައުންސިލް މެމްބަރުންނަށް ރައްދު ދެއްވައި، ވަޓްސްއެޕް ގްރޫޕްގައި ގާސިމް ވިދާޅުވީ، 2009 ގައި ވެސް އެ ޕާޓީން ޓިކެޓު ދީގެން އެއްވެސް ބަޔަކާ ބައިވެރިވެ ނުވެ، 30 މީހުންނަށް ޚާރަދުކޮށްގެން ހޮވިވަޑައިގަތީ އެމަނިކުފާނު އެކަނި ކަމަށެވެ. އަދި ބަޔަކު ކިތަންމެ ވާހަކައެއް ދެއްކިޔަސް، ނުސިހޭނެ ކަމަށް ވިދާޅުވެ، ކައުންސިލް މެމްބަރުންނަށް އެމަނިކުފާނު ފާޑު ވިދާޅުވި އެވެ. އޭރު ޖޭޕީ އަށް ގިނަ ގޮނޑިތައް ކާމިޔާބު ނުވީ "ކޮން ވަގަކު" ހުރީމަތޯ އެމަނިކުފާނު ސުވާލު ކުރެއްވި އެވެ.
"މި އިންތިޚާ ކާމިޔާބު ކުރަން ކޮށްދެއްވި ކަމެއް އެބައޮތްތޯ؟ ކަމެއް ކޮށް ނުދީ ތިބެގެން ފާޑުފާޑުގެ ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތް،" ރައްޔިތުންގެ މަޖިލިހުގެ ރައީސްކަން ކުރައްވާ ގާސިމް ވިދާޅުވި އެވެ.
ގާސިމް ތުހުމަތު ކުރެއްވި ގޮތުގައި، އިންތިޚާބުގެ ވޯޓުލުން ފެށުމަށް ދެ ދުވަހަށް ވުމުން "ރުފިޔާ އޮއްސާލީ ވާރޭ ވެހޭ ހެން" ނެވެ.
"އަނެއްކޮޅުން އަހަރުމެންގެ ތެރެއިން ޖޭޕީ އަށާއި ގާސިމަށް ބަވަމުން ދިޔައީ އަހަރުމެންގެ ތެރެއިން ނޫންބާ؟ މިހާރު ވެސް ތިޔަ ބަވަނީ ގާސިމަށް ނޫންތޯ؟ މާ އަޑުގަދަކުރައްވާނެ ކަމެއް ނެތް، ތިޔަބޭފުޅުންނަށް ފެންނަ ގޮތަކަށް ކަންކަން ކޮށްލައްވާ،" ގާސިމް ފޮނުއްވި މެސެޖުގައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މުހައްމަދު ޗަކޭ
10 April 2019
ޢެމް.ޑީ.ޕީ އިން ވީ ދާއިރާ ތަކައް ކުރިމަތިނުލާން ، އެމް.ޑީ.ޕީ އިން ވީ ގާސިމް އައް ކެންޕޭން ވެސް ކޮއްދޭން ނުވިތާނގަ ގޮނޑި ތައްވެސް ވީ ތަބަކަކައް ލާފަ ޖޭ.ޕީ އައް ދޭން... މި ހުރިހާ ޕާޓީ ތަކަކުން ވެސް އެމް.ޑީ.ޕީ އިން ކުރިމަތިލާފިއްޔާ ހާދަ ބިރުގަނެޔޭ ދޯ.
ރިޝްވަތު
08 April 2019
ރިޝްވަތެއްނުޖަހަމޭ ކިޔާފަ ޖަލުތަކުގަ ތިބިގައިދީން ގެނެސްދީ ހެދީ އާޒިމު
ސުދާ
08 April 2019
ސިޔާސީ މައިދާނުގަ ހުރި އެންމެ ނުވިސްނޭ މީހަކީ ގާސިމް. ޢަލީ ވަހީދަށް ޕާޓީ ރައިސް ކަމާ ޓޫރިޒަމް މިނިސްޓަރުކަން ދިނުމަކީ އޭގެ މިސާލެއް
ރަށުމީހާ
08 April 2019
ކާމިޔާބުގާ ހިތްތިރިކޮއްފާ ނާކާމިޔާބުގާ ހިތްވަރުގަދަކުރަން ހަނދާންކުރާތި. ވަރަށްސަލާމް.
ނަޖްވާ
08 April 2019
ޤާސިމޫ ކައެގެ ފެންވަރު ނިކަން ވަޒަން ކޮށްބަ ދެންވެސް! ކިރިޔަކިރަޔާ ކައެ ހޮވިފަ ތިހިރީ އެއޮތް ހުރިހާ ޚަރަދެއް ކުރީމަވެސް! ކައެ ދެން ސިޔާސީ ކަންކަމުން އެކަހެރިވެފަ، ވިޔަފާރިއާގެން އުޅެބަލަ އަޅެފަހެ!
ހުދަންބަރު
08 April 2019
މައްސަލަޔަކީ ގާސިމު އަންނިދެކެ ހަސަދަވުން . ހަސަދަވެރިންނަށް އަބަދުވެސް ލިބޭނީ ލަނޑު.
ކައެގެ
08 April 2019
ކައެތީ ރަނގަޅައް ދިވެހިބަސްނޭގޭ ބަންގާޅީއެއްތަ؟. ލަދު
އެސް
08 April 2019
ސާބަސް ގާސިމް ، އެމްޑީޕީގެ އެޖެންޓް އަލީ ވަހީދުމެން ގޮވައިގެން ކާމިޔާބެއް ނުލިބޭނެ
މުސްރިފާން
07 April 2019
ބަލިވީމާ ބުނާނެ ކައުންސިލުން ބޭނުން ކަމެއް ކުރާށޭ، މޮޅުވީމާ އަވަހަށް އައިސް ތާޖުއަޅާލާނެ.
އިބްރާޒް
07 April 2019
6 އެޕޮރީލް 2019 އަކީ ދިވެހިރާއްޖެ ދުއްކަޅުދުވަހެއް !؟
ޒައިދު
08 April 2019
ކަލެއަށް ކަޅު . އަހަރެމެނަށް ރަން ދުވަހެއް.
dhanbi
07 April 2019
ރޭގެ ކާމިޔާބީގެ ކްރެޑިޓް ދެއްވީ ރައްޔިތުންނަށް. ރައީސް ނަޝީދުވެސް ރަޢީސް ޞާލިޙު ވެސް ކެމްޕެއިނުގައި އެތަށް ތަކުލީފު ތަކެއް އުފުއްލެވި އިރުވެސް އަމިއްލަ ނަފްސަށް އެއްވެސް ކްރެޑިޓެއް ނުނަންގަވާ. ސީ ދަ ޑިފެރެންސް.
ބަނަޕަ
08 April 2019
މީހުން ހެއްލުމުގެ އުކުޅު ހުރި ސިސްޓަމެޓިކް ބައެއް އެއީ. ތިކަން ޤަބޫލު.
dhanbi
07 April 2019
ލީޑަރޝިޕް ހުރުމަކީ ނާކާމިޔާބު ވުމުން ކައިރީގަ ތިބޭ ބަޔަކަށް އެއްޗެހި ކިޔާ ބްލޭމް ކުރުމުގެ ބަދަލުގައި ނާކާމިޔާބުގެ ޒިންމާ އަމިއްލައަށް އުފުލާ ކުރިޔަށް އޮތްތަނަށް ހިތްވަރުކުރުމަށް ޓީމަށް ހިތްވަރު ދިނުން. އަދި ކާމިޔާބު ވެއްޖެނަމަ އަމިއްލައަށް ކްރެޑިޓް ނެގުމުގެ ބަދަލުގައި ކްރެޑިޓް ޓީމަށް ދިނުން. 2013 ގެ ރިޔާސީ އިންތިޚާބުގެ ނާކާމިޔާބީގެ ޒިންމާ ޕާޓީގެ ލީޑަރުގެ ހައިސިއްޔަތުން ރައީސް ނަޝީދު ހަމަ އެރޭ ނެންގެވި. އެއްވެސް މީހަކު ބްލޭމެއް ނުކުރަށްވާ.