ކަޅުވަކަރު މިސްކިތް. އެ މިސްކިތް ބަހައްޓާނެ ބަޔަކު ހޯދަން މިއަދު ވަނީ އިއުލާނުކޮށްފައި. ފައިލް ފޮޓޯ/މިހާރު
08 އެޕްރީލް 2019 - 13:38
މަރާމާތުކޮށް، ދިގު މުއްދަތަކަށް ދެމިހުންނާނެހެން މަރާމާތުކޮށްފައިވާ ތާރީހީ ކަޅުވަކަރު މިސްކިތް ބެހެއްޓުމުގެ މަސައްކަތް ކުރާނެ ބަޔަކު ހޯދަން މިއަދު އިއުލާނުކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން މިއަދު ކުރި އިއުލާނުގައި ބުނީ ކަޅުވަކަރު މިސްކިތް ބެހެއްޓުމުގެ މަސައްކަތަށް ޝަރުތު ހަމަވާ ފަރާތެއް ހޯދާނީ ވާދަވެރި ބީލަމުގެ އުސޫލުން ކަމަށެވެ. ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 22 އާ ހަމައަށެވެ.
ބީލަންތައް ހުޅުވާނީ އަންނަ މަހުގެ 8 ގަ އެވެ.
އިއުލާނުގައިވާ ގޮތުން، ކަޅުވަކަރު މިސްކިތް ބަހައްޓަން ބީލަން ހުށަހަޅާ ފަރާތްތަކުން ސެކިއުރިޓީގެ ގޮތުގައި 15،000ރ. ދައްކަންޖެހޭނެ އެވެ.
ކުރީގެ ސަރުކާރުން ރޫޅާލާފައިވާ ކަޅުވަކަރު މިސްކިތް އަލުން ރާވައި ބެހެއްޓުމަކީ މި ސަރުކާރުގެ ވައުދެކެވެ. ސަލްޓަން ޕާކުގައި ކުރިން ހުރި އެ މިސްކިތް އެ ޕާކް ތެރޭގައި އަލުން ބަހައްޓަން ވަޒީރުންގެ މަޖިލީހުން ކުރިން ވަނީ ނިންމައިފަ އެވެ. އެގޮތުން ނިންމާފައި ވަނީ ކުރިން ދިރާގު ހިންގި ބިމުގައި މިސްކިތް ބަހައްޓާށެވެ.
ހެރިޓޭޖް މިނިސްޓްރީން ކުރިން ބުނެފައިވާ ގޮތުގައި ކަޅުވަކަރު މިސްކިތް އަލުން ބެހެއްޓުމަށް ފަހު އެ މިސްކިތް ބޭނުންކުރާނީ ނަމާދު ގެއެއްގެ ގޮތުގައި ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޅިޔަންބޭ
09 April 2019
ތިތަން ބަހައްޓަން އެމްޑީޕީގެ އެކްޓިވިސްޓުންނާ ހަވާލުކޮއްލާ.. ވަރައް ފައްކާވާނެ
ޑުރެކިއުލާ
09 April 2019
މާސިންގާ މިނިސްޓްރީއެއް ހަދައިގެން ތަން ފުރެންދެން މުވައްޒަފުންލައިގެން ކުޑަކުޑަ ލަކުޑި މިސްކިތަކުން ސަލާމަތްނުވެގެން އުޅެނީ.
ސޭޓޫ
09 April 2019
މަވެސް ބަހައްޓަފާނަން.... މިގޭ ދޮރުމަތީގަ!
މަރިޔަމް ނަޝްފާ
08 April 2019
ޔުމްނާ ކުރަން ތިނޫން ކަމެއް ނެތީތަ؟ މަގޭ ޖީބުން މުސާރަ ހައްގު ވާނެބާ؟
ޑރ.ފަޒުނާ.ސ.ހިތަދޫ/ސ.އެފުރިކާ
08 April 2019
ތިޔަ މިސްކިތުގެ ތާރީޚު ބައެއްމީހުން ސިފަކުރާގޮތުގައި ތިޔަ މިސްކިތް އަސްލު ބިނާކޮށްފައިވަނީ މާލެ އަކުނޫން، މާލެގެ ރައްޔަތުން ބުދުދީންތަކަށް އުޅުނު ޒަމާނުގައި އައްޑޫމީދު ދަންނަކަލޭގެ ފާނު އެތަޅު ހިތަދޫ ފަޅުވުމުގެ ސަވަބުން ހިިިތަދޫގައި އިމާރަތްކުރި ބިނާއެއް ނަމަވެސް މާލެ މީހުން އިސްލާމްދީންގަބޫލުކޮށް އޭގެފަހުންބއަތުޖެހުނު ތަނަކުން އަތުޖެހުނު އެއްޗެއް މަލެއަށް ގެންދިޔަ ދިއުމުގައި ތިމިސްކިތްވެސް، މިކަމުގެ ހެކި ތިޔަ މިސްކިތްމާލޭގައި ނުހުންނަންއުޅުން
ނިހާނޫ
08 April 2019
ނެގި މީހުން ލައްވާ ކުރުވާ، މިހާރު ކަމެއް ނެތިފަ ތިބޭނެ
ހަސަން ނުވަވަނަ
08 April 2019
ގުޖްރާތުގަ ރަނގަޅުވާނެ ހަމަ އެއްގައުމެއްތާ
އާދަމް ބާއީ
08 April 2019
ގުޖުރާތު، ޓެމިލްނާޑޫ، ބޮންބޭ މިހުރީ ހުސްހަމަ ރަނގަޅު ތަންތަން.
ހިގޮ
08 April 2019
ހިރިގާ މިސްކިތް އެބަހުރި މާލޭގަ ބައިވަރު/ދެން މިހާ ކައީރީގަ މިސްކިތް ހުންނައިރު އަދި މިހާ ޖާގަ މާލެ ގަ ނެއް އިރު އަދި ތިމިސްކިތުގަ ވެސް އެހާ ޖާގަ ނެއް އިރު އަޅުގަޑަކައް ތިކަމުގެ ބޭނުމެއް ނުފެނު
ޚަލީލްބޭ
09 April 2019
ހަމަ ތެދެއް، ހުޅުމާލޭގަ ބެހެއްޓި ނަމަވެސް މާ ރަނގަޅުވީސް. އަޑުއެހިން މާލޭ ބޮޑުން ބޭނުން ނުވީ އޯ ހުޅުމާލޭގަ ބަހައްޓަން. ފުދޭވަރަކައް ބޯރަނގަޅައް ކޮއްލާ ކަމެއްމީ، ނަމާދައް ދާ މީހުން ޕާކުކޮއްލާން މިތަންކޮޅުވެސް ނުބޭއްވިކަން.
ބަބުރުލް ސަލީމް
08 April 2019
މަޖުލީސް ދިނީމާ ކަންކަންވާލެއްވެސް ކިހާ ފާސްޓް.
ވަހީދު
08 April 2019
ވިސްނާ ފިކުރު ކުރާ ބަޔަކަށް އެއްޗެއް ވިސްނޭނެ މިިމިސްކިތާ ހުރެ ބަޔަކު ގަންނަ އަންދާނުން. ކުޑަކުޑަ މިސްކިތެއް ރާވާނެ ގޮތެއް ނޭނގިގެން ސަރުކާރުން އުޅޭ ހާލު، މީގެ ކުރިން ވެސް ސަރުކާރެއް އޮތް. ބޮޑެތި މަޝްރޫޢުތައް ނިންމާ ޚަބަރު ރައްޔިތުންނަށް ލިބެނީ، ފަށާކަމެއް މަސައްކަތެއް ކުރާކަމެއް އެވަރަކުން ޚަބަރަށް ނާރުވާ.
ތަވީދު.
08 April 2019
އޭރު އެންގޭކަށްވެސް ނޯވެ. ދުއިސައްތަ ރުފިޔާ އަށް ކުރެވޭވަރުގެ މަސައްކަތެއްވެސް ވެރިންނަށް ބައިޅާގޮތަށް ދެ މިލިއަން ރުފިޔާ އަށް މަސައްކަތް ހަވާލުކުރަނީ. އެހެންވެ މީހަކަށް ނާންގާ ސިއްރު ސިއްރުން ކޮށް ނިންމާލަނީ. މިހާރު އެކުރަނީ ހާމަކަން ބޮޑުކޮށް ދެފުށް ފެންނަގޮތަށް ތަފާތަކީ އެއީ.
ނެކްސްޓް
08 April 2019
ނޫނޭވާ ނިމިދިޔަ ސަރުކާރުވަރު ކުޅަދާނަ ބަޔަކު ނޫޅޭނެ. ޕްރޮޖެކް ލާރިގަޑު އެތައްގުނައެއް ބޮޑުކޮށް ނަގާފަ ސިފައިން ލައްވާ މަސައްކަތް ކުރުވާފަ ހުރީ.
ނައިފަރޭ
09 April 2019
ކުރީސަރުކާރަކީ ބަލަ ހަމަ މިސަރުކާރެއްނޫންތޭ؟ ޔާމީނައް ވާނުވާ ނާންގާ ފަންޔެއް ލިއްޔޯ، އެފަނި ހަމަ އެކަކައް ކަހަރު ވަކެކޭވެސް އަންގާނުލާ ކާނެކަން ޔަގީން ވާތީޔޯ އެތަނައްލީ. އެފަނި ރައްޔިތުން ދަވާލާފަ ކަންކުރި ގޮތުގެ ފޮނި ވާހަކަ ކިޔާދީފަ، އެކަމައް އެ ރައްޔިތުން އައްޖަހާފަ، ނަގާގޮޑިޔައް ލީނުންތިޔަ. މިވީގޮތެއް ނޭނގުނު. އަތްޖަހަން ތިބިމީހުން ނޫން އެންމެން ހަމަ ގަމާރީ. މިއޮތީވާ ގައުމެއް ކަލޭނޭ. އިބޫ ނަގާ އެއްލާ ލާ ދުވަހުވެސް ތިބޭނެ އަތްޖަހަން.
ޕްރިވިއަސް
09 April 2019
ޢައްޑޫ ކޮންވެންޝަން ސެންޓަރ ސިފައިން ނިންމި ވާހަކަތޯ؟