މަޖިލީހުގެ ޖަލްސާއެއް: އަންނަ ހަފުތާގައި މަޖިލީހުގެ ޖަލްސާއެއް ބާއްވަން ވަނީ ނިންމާފައި --ފޮޓޯ/މިހާރު
08 އެޕްރީލް 2019 - 17:34
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އަންނަ ހަފުތާގައި ބާއްވަން ނިންމައިފި އެވެ.
މަޖިލީހުގެ އިދާރާ އިން ބުނީ އަންނަ ހަފުތާގެ ހޯމަ ދުވަހު މަޖިލީހުގެ ޖަލްސާއެއް ބާއްވަން ނިންމާފައިވާ ކަމަށެވެ. އެގޮތަށް ނިންމީ މަޖިލީހުގެ ޕާލިމެންޓްރީ ގްރޫޕްތަކުގެ ލީޑަރުންނާ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް މަޝްވަރާ ކުރެއްވުމަށް ފަހު ކަމަށް މަޖިލީހުގެ އިދާރާ އިން ބުންޏެވެ. އެކަމަކު އެ ޖަލްސާގެ އެޖެންޑާ އަދި އާންމެއް ނުކުރެ އެވެ.
މަޖިލީހުގެ ޖަލްސާއެއް އަންނަ ހަފުތާގައި ބާއްވަން ނިންމިއިރު، މިއީ މިހާރު ހިނގަމުންދާ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފަހު ދައުރެވެ. މިދިޔަ ހޮނިހިރު ދުވަހު އަލަށް އިންތިޚާބުވި މެމްބަރުން އަންނަ މަހު ހުވާ ކުރާ ގޮތަށް މަޖިލީހުން މިހާރު ވަނީ ހަމަޖައްސައިފަ އެވެ.
މިހާރު ހިނގަމުންދާ މަޖިލީހުގެ ދައުރު ހަމަވުމާ ގާތަށް ގޮސްފައިވާއިރު، ސަރުކާރުން ހުށަހެޅި މުހިންމު ގިނަ ބިލްތަކެއް މަޖިލީހުގެ ކޮމެޓީ މަރުހަލާގައި އަދިވެސް އެބަހުއްޓެވެ. އެގޮތުން ރިޔާސީ ކޮމިޝަންތަކަށް ބާރު ދިނުމުގެ ބިލާއި ގާނޫނީ ޚިދުމަތުގެ ބިލް ފަދަ ބިލްތައް ހިމެނެ އެވެ. އެ ބިލްތައް ފާސް ނުވާތީ އެކަމުގެ ކަންބޮޑުވުން ސަރުކާރުން ވަނީ ފާޅުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަރޭމިތުރު
09 April 2019
ބަލާނެ ބައެއްނެތް ތަސްވީރުތަކެއްގެ ކޮން ބޭނުމެއްތޯއޮތީ! ހިލާ މިގައުމައް ބޭނުންނެތޭ ބުނުމުން ދިއުންނޫންތޯ ދެންއޮތީ!........................ ހަމަ ވަރަށް ސފުކޮށް މިދަންނަވަނީ ތިއިން ބަޔަކު ދެކޭ ހިތެއްވެސް ނެތް.
ދޫވެހި
09 April 2019
އަދިވެސް މަ ބޮޑޭ ހެދެންވެގެން ރިޔާސަތަށް އެރޭތޯ ދޯ ސާބަސް ތީތި ކަނޑައޭ.....
މީވީގޮތޭ
08 April 2019
ހަމަ އެންމެ ދުވަހަކަށްވެސް އަހަރެން އެގޮޑީގައި އަރާ އިންނަ ހާދަ ހިތްވެއެވެ. ބޭރުކުރި މަޖްލިސް ގޮވައިގެން ވިޔަސް އެތަނުގައި ހާދަ އިންނަ ހިތެއްވެއެވެ.
މުހައްމާފުތާ
08 April 2019
ހޭވި ހަޑި ދެން ނަހާވާނެ ކަމަށް ހީކުރަން.
ނަޑެއްލާ
08 April 2019
ނިހާނު ، އަދުރޭ އަދި ޙަލީލު ތިޔަ ޖަލްސާ އަށް ދާން ލަދެއް ނުގަންނާނެބާ! މިބައިގަޑު ރައްޔިތުން ނަށް ހަރާން ކޯރު ވީމާ ރައްޔިތުން ރައްޔިތުންގެ ބާރު ދައްކާލީ. މިއީ އަދި ރައްޔިތުން ދައްކާލި ކުޑަކުޑަ ބާރެއް. އަދި ކަންތައްތައް ކުރިއަށް އޮތީ. ސަހަރޯއޭ ހިތައް އަރާނެ. ރައްޔިތުން ކުލި ބަލަން ތިބޭތި!
އޮޅުވާލި ވޯޓު
08 April 2019
މޑޕ މީހުން ހާދަ މޭކަރައޭ ކޮންކަމަކާ ބިރުގަންނަނީ ޔާމީންގެ ނަން އިވުނަސް ތިބެނީ ސިހިސިހި. ޔަގީންކަމެނެތީ ވޯޓު ފޭރިގެން ގެނައި ސަރުކާރެއްވީމަ ވެއްޓިދާނެތީ. މަޖުލިހުގެ ވޯޓުވެސް މަކަރާ ހީލަތުން މޮޅުވެގެން ތިތިބީ.
ޖަޒީރާމީހާ
08 April 2019
ސިއްސައިގެންގޮއްސަ ފަސްދޮޅަސް އެތައް ގޮނޑިއެއް އެނެގީ. ތިބުނާ ޔާމީނުގެ ސައިޒު އެއޮތީ ފެންނަން.
ކަޒީރާމީހާ
09 April 2019
ފަސްދޮޅަސް އެތައް ގޮނޑި ލިބުނީ ހަމަ މަކަރުން. އެނޫން ގޮތަކަށް ނުލިބޭނެ.
ކަޅުކަޅު ދޮނޭ
08 April 2019
ޔާމީނު ހޭކިފޫ ހާކަން ނުވިސްނާތި.. މިހާރު ތިޕޮރްގުރާމް ނިމިއްޖެ.. އަރެމެންގެ މީކާއީލްމެނާ ތިމަޖިލީސް ހަވާލުކޮށްފަ ތިބޭފުޅުން އެއްކައިރިއަށް ޖެހި ވަޑައިގަންނަވާ.. އެޖެންޑާ19 ތިތާ ފަތުރާލަން ޖާގަދީ...
ހޭކެނޑޭ
08 April 2019
ނަމަނަމަ ގޯހެއް ހަދަން ހިތުނިޔަތް ގަނެގެން ޖަލްސާއެއް ނުބާއްވާތި! ރައްޔިތުންގެ ބަސް ރައްޔިތުން އެ އޮތީ އިއްވާފަ. އަމިއްލަ އަށް އަތުން ފައިން ގޯސް ހަދަން ނޫލުއްވާތި!
ހިގޮ
08 April 2019
މޮޔަފުޅު ވީ ތޯ ރައްޔިތުންގެ ރުފިޔާ އިތުރައް އިސްރާފް ނުކުރޭ ރައްޔަތުން އޮތީ އެހެން ބަޔަކާ ހަވާލު ކޮއްފަ
ބަކަރިބޯ
08 April 2019
ކޮންމެވެސް ނުބައެއް ހަދަން އެއުޅެނީ.