ބީޖޭޕީގެ މެނިފެސްޓޯ ނެރުމުގެ ރަސްމިއްޔާތުގައި ބޮޑު ވަޒީރު މޯދީ (ވ). --ފޮޓޯ:އޭއެފްޕީ
09 އެޕްރީލް 2019 - 15:51
ނިއު ދިއްލީ (އެޕްރީލް 9) - އިންޑިއާ އަށް ބޭނުންވާ ތަރައްގީ ގެނެސްދިނުމަށް ކުރިއަށް އޮތް ފަސް އަހަރު ދުވަހު ތެރޭ 1.4 ޓްރިލިއަން ޑޮލަރު ހޭދަކުރައްވާނެ ކަމަށް ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެ އެވެ.
މޯދީގެ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އިން ވަނީ އެ ގައުމުގެ ދަނޑުވެރިންނަށް 300 ބިލިއަން ޑޮލަރު ހޭދަކުރާނެ ކަމަށް ވެސް ވައުދުވެފަ އެވެ. ބީޖޭޕީން އާއްމު ކުރި މެނިފެސްޓޯގައި އެންމެ މުހިންމު ބައެއްގެ ގޮތުގައި ވަނީ ހިންދޫންގެ ވޯޓު ހޯދާނެ ގޮތްތައް ހިމަނައިފަ އެވެ. އޭގެ ތެރޭގައި ކަޝްމީރުގެ މީހުންނަށް ގާނޫނު އަސާސީގައި ދީފައި އޮންނަ "ޚާއްސަ ހާލަތު" އުވާލުމާއި އަޔޯދިޔާގައި 1992 ވަނަ އަހަރު ހިންދޫން ތަޅާލި މިސްކިތް ހުރި ތަނުގައި ބޮޑު ފައްޅިއެއް އެޅުން ހިމެނެ އެވެ.
އިދިކޮޅު ކޮންގްރެސް ޕާޓީން ހުށަހެޅި މެނިފެސްޓޯ އަށް ރައްދު ދިނުމުގެ ގޮތުން މޯދީ ވިދާޅުވީ އިންތިޚާބު ކާމިޔާބު ކުރެވިއްޖެ ނަމަ އިންޑިއާގެ ތަރައްގީ އަށް ހޭދަކުރާ 1.4 ޓްރިލިއަން ޑޮލަރުގެ ތެރޭން 50 ސިޓީގައި މެޓްރޯ ޓްރޭން ގާއިމް ކުރާނެ ކަމަށެވެ. ކޮންމެ ދަނޑުވެރިއަކަށް 6،000 ރުޕީސް (86 ޑޮލަރު) ދޭނެ ކަމަށް ވެސް ބުނެފައިވެ އެވެ. ދަރަނިވެރިވެގެން އިންޑިއާގެ އެތައް ދަނޑުވެރިންނެއް ވޭތުވެދިޔަ ދުވަސްތަކުގައި ވަނީ އަމިއްލަ އަށް މަރުވެފަ އެވެ.
އިންޑިއާ ބަދަލު ކުރުމަށް މޯދީ ވަނީ 75 ކަމެއް ހުށަހަޅުއްވައިފަ އެވެ. އިނގިރޭސިންގެ އަތުން މިނިވަންވިތާ 75 އަހަރު ފުރުން 2022 ވަނަ އަހަރު ފާހަގަކުރާ އިރު އެ ލަނޑުދަނޑިތައް ހާސިލް ކުރަން ބޭނުންވާ ކަމަށް މޯދީ ވިދާޅުވި އެވެ.
ކޮންގްރެސް ޕާޓީން ވަނީ އިންޑިއާގެ އެންމެ ފަގީރު 250 މިލިއަން މީހުންނަށް އަހަރަކު 72،000 ރުޕީސް (1،045 ޑޮލަރު) ދޭނެ ކަމަށް ވައުދުވެފަ އެވެ.
ކޮންގްރެސް ޕާޓީން ބުނެފައި ވަނީ ބީޖޭޕީން 2014 ވަނަ އަހަރު ވެރިކަމަށް އަންނަން ވައުދުވެފައި ވަނީ އަހަރަކު 20 މިލިއަން ވަޒީފާ އުފައްދަން ކަމަށާއި އެކަމަކު ގައުމުން އަހަރަކު ވަނީ 4.7 މިލިއަން ވަޒީފާ ގެއްލިފައި ކަމަށެވެ.
"ޒުވާނުންގެ ކުރިމަގު ވަނީ ބަނަވެފައި،" ކޮންގްރެސް ޕާޓީން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޯހަލާކުމިތުރު
09 April 2019
ކޮބާ މަރޭމިތުރު. ތިބޭޅާ ޤައުމުގެ ކެމްޕެއިން ކަންތަކަށް ކޮމަންޓެއް ޅެމެއް އެއްޗެއް ނުލިޔަންތަ؟ އަހަރެމެން ދިވެހިންގެ ކަންކަމަށް ކޮންމެ ޚަބަރަކަށް 100 ކޮމަންޓު ޖަހާނެ. މިހާރުވެސް މޮދީ އެބުނީ ބާބްރީ މަސްޖިދު ހުރި ތާނގައި ފައްޅިއެއް އަޅާނަމޯ. ކޮބާ. އެއްޗެކޭ ބުނެބަލަ. ތީ ރާހުލް ގާންދީ ފިކުރުފެ ސޮރެއްތަ؟
ރަދީފް
10 April 2019
މަރޭމިތުރު އެއީ އިންޑިޔާއަށް މަރުދޭމީހެއް.އޭނަ ނުކުރާނެ އިންޑިޔާގެ އެއްވެސް ކަމަކަށް ނެގެޓިވް ކޮމެންޓެއް.އޭނަ އެއީ ބީޖޭޕީގެ ތަރުޖަމާނުގެ ފްރެންޑެއްގެ ތިމާގެ މީހެއްގެ ފްރެންޑެއް.ވ.ވެދުން
ރަދީފް
09 April 2019
ފަގީރުންގެ ހާލަތު ރަނގަޅުކޮށް ، ގިނަ ބަޔަކަށް ފާޙާނާގެ ހިދްމަތްލިބޭނެ ގޮތް ތިޔަ 5 އަހަރުގެ ޕްލޭނުން ލިބިގެންދާނަކަމަށް އުއްމީދުކުރަން.އަދި ގެރިތަކުގެ އަދަދުވެސް އިތުރުވެ ގަމާރުންގެ އަދަދު އިންޑިޔާއިން މަދުވާނެކަމަށް ދެކެން.#ބީޖޭޕީއެޖެންޑާ
ފިރޫ
09 April 2019
އިންޑިޔާ އަށް އިހްތިރާމް ކުރޭ. ގުޅިގެން އުޅެން އެކި ގަބީލާތަކަށް ދުނިޔެ ލައްވާފައިވަނީ.